Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާއިން އިޒްރޭލަށް ބިލިއަން ޑޮލަރުގެ ހަތިޔާރު

ފަލަސްތީނުގައި ގަތުލުއާއްމު ހިންގަމުންދާ އިޒްރޭލަށް އިތުރު 20 ބިލިއަން ޑޮލަރުގެ ހަތިޔާރު ދޭން އެމެރިކާ އިން ނިންމައިފި

ފާޑުކިޔާ ފަރާތްތަކުން ބުނަނީ، މަސްރަހް ފިނިކުރުމުގެ ބަދަލުގައި އެމެރިކާ އިން ގެންދަނީ އަލިފާންގަނޑަށް ތެޔޮ އަޅަމުން ކަމުގައެވެ.

ރާއްޖެ އެމްވީ | 14 އޯގަސްޓު 2024 | ބުދަ 11:23
ވިއްކުމަށް ހުއްދަ ދިން ހަތިޔާރުގެ ތެރޭގައި ހަނގުރާމަމަތީ ޖެޓް މަތިންދާބޯޓުތަކާއި މިސައިލް ހިމެނޭ

ވިއްކުމަށް ހުއްދަ ދިން ހަތިޔާރުގެ ތެރޭގައި ހަނގުރާމަމަތީ ޖެޓް މަތިންދާބޯޓުތަކާއި މިސައިލް ހިމެނޭ

އެމެރިކާ އިން އިޒްރޭލަށް އިތުރު 20 ބިލިއަން ޑޮލަރުގެ ނުރައްކާތެރި ހަތިޔާރު ފޮނުވުމަށް ނިންމައިފިއެވެ.

އެތައް ބިލިއަން ޑޮލަރުގެ އިތުރު ހަތިޔާރު އިޒްރޭލަށް ދިނުމަށް އެމެރިކާ އިން ނިންމި އިރު، އިޒްރޭލް ސިފައިން ޣައްޒާ އާއި ހިފާފައިވާ ހުޅަނގު އައްސޭރީގައި ބައިނަލްއަގްވާމީ ގާނޫނުތަކަށް ބެލުމެއް ނެތި ކޮންމެ ދުވަހަކު ފަލަސްތީންގެ ކުށެއް ނެތް އެތައް ބަޔަކު ގެންދަނީ ބޮންއަޅާ، ބަޑިޖަހާ މަރަމުންނެވެ. އޭގެ އިތުރުން ބަރު ހަތިޔާރު ބޭނުން ކޮށްގެން ފަލަސްތީންގެ އަވަށްތައް ގެންދަނީ ސުންނާފަތި ކުރަމުންނެވެ.

ސްޓޭޓް ޑިޕާޓްމަންޓުން އަންގާރަ ދުވަހު ބުނެފައިވަނީ، ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކަން 20 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކުމުގެ ހުއްދަ ދެއްވާފާއިވާ ކަމަށެވެ. މީގެ ތެރޭގައި ހަނގުރާމަމަތީ ޖެޓް މަތިންދާބޯޓުތަކާއި މިސައިލް ހިމެނެއެވެ.

"އިޒްރޭލުގެ ސަލާމަތާއި ރައްކާތެރިކަމަށް އެމެރިކާ އިން ވަނީ ޔަގީންކަން ދީފައި، އަދި އިޒްރޭލުގެ ދިފާއީ ޤާބިލްކަން ވަރުގަދަކޮށް ތަރައްޤީކޮށް ދެމެހެއްޓުމަށް އެހީތެރިވުމަކީ އެމެރިކާގެ ޤައުމީ މަސްލަހަތުތަކަށް ވަރަށް މުހިންމު ކަމެއް،" ސްޓޭޓް ޑިޕާޓްމަންޓުން ބުންޏެވެ.

މި ފަހަރު އިޒްރޭލަށް ފޯރުކޮށްދޭ ހަތިޔާރުގެ ތެރޭގައި ހިމެނެނީ ބޮއިންގ ކުންފުނިން އުފައްދާ އެފް-15 ހަނގުރާމަމަތީ ޖެޓް އާއި އެޑްވާންސްޑް މީޑިއަމް-ރޭންޖް އެއަރ-ޓު-އެއަރ މިސައިލް އާއި، 120 އެމްއެމް ގެ ޓޭންކު ވަޒަނާއި ބާރުގަދަ މޯޓަރުތަކާއި ހަނގުރާމަމަތީ އުޅަނދުފަހަރެވެ.

މި ހަތިޔާރުތަކުގެ ތެރެއިން ބައެއް ހަތިޔާރު، ޚާއްޞަކޮށް 50 ށް ވުރެ ގިނަ ހަނގުރާމަމަތީ ޖެޓް، ފޯރުކޮށްދިނުމަށް އަހަރުތަކެއް ނަގާފާނެ ކަމަށް ބެލެވިފައި ވިޔަސް، އޯޑަރުގައި ހިމެނޭ 33،000 ޓޭންކު ވަޒަނާއި 50،000 މޯޓަރު ވަޒަން ފަދަ އެހެނިހެން އާލާތްތައް އަވަހަށް ފޯރުކޮށްދޭނެ ކަމަށް ބެލެވެއެވެ.

"މި ޓޭންކު ޝެލްތަކުން އިސްރާއީލަށް މިހާރުގެ އަދި ކުރިމަގުގެ އަދާވާތްތެރިންގެ ނުރައްކާތަކާ ކުރިމަތިލުމުގެ ޤާބިލުކަން އިތުރުވެ، އެ ޤައުމުގެ ގައުމީ ދިފާއު ވަރުގަދަވެ، އަދި ސަރަޙައްދުން އަންނަ ނުރައްކާތަކަށް ހުރަސްއެޅޭނެ،" އެމެރިކާއިން ބުނެފައިވެއެވެ.

އެމެރިކާއިން އިތުރު އަސްކަރީ އެހީ އިޒްރޭލަށް ދިނުމަށް އިއުލާން މިކުރީ ހަމާސް އަދި ހިޒްބުﷲ ގެ އިސް ދެ އޮފިޝަލުން އަވަހާރަކޮށްލުމާ ގުޅިގެން، އީރާނާއި ލެބަނަންގެ ހިޒްބުﷲ އިން އިޒްރޭލުގެ ކިބައިން ބަދަލު ހިފާނެކަމަށް ބުނުމުގެ ސަބަބުން ސަރަޙައްދީ ހަނގުރާމައެއް ފެށިދާނެކަމުގެ ކަންބޮޑުވުން އުފެދިފައިވާ ދަނޑިވަޅެއްގައެވެ.

ބައިޑެން ގެ ސަރުކާރުން އިޒްރޭލަށް ހަތިޔާރު ފޮނުވުން ހުއްޓާލުމަށް ފާޑުކިޔާ ފަރާތްތަކުން އަންނަނީ ގޮވާލަމުންނެވެ. ފާޑުކިޔާ ފަރާތްތަކުން ދެކޭ ގޮތުގައި އިޒްރޭލުން ފަލަސްތީން ސުންނާފަތި ކުރުމުގައި އެމެރިކާގެ ހަތިޔާރު ބޭނުން ކުރަމުން ގެންދިއުމުން އިޒްރޭލުން ހިންގާ މިފަދަ ޖަރީމާތަކުގައި އެމެރިކާ ބައިވެރިވެއެވެ.

އިސްރާއީލުގެ ސިފައިން ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފުވަމުންދާކަމަށާއި އަނިޔާވެރި ލާއިންސާނީ ޢަމަލުތައް ފަލަސްތީން ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ކަމަށް ބުނެ އެތައް ރިޕޯޓުތަކުގައި އެވާހަކަތައް ހާމަކޮށްފައިވީ ނަމަވެސް އިޒްރޭލަށް ހަތިޔާރު ފޮނުވުން ހުއްޓިފައެއް ނުވެއެވެ. އިންސާނީ ޙައްޤުތަކަށް އަރައިގަނެ ލާއިންސާނީ ބޮޑެތި އަނިޔާތައް ކުރާކަމަށް ތުހުމަތުކުރެވޭ ފަރާތްތަކަށް އެމެރިކާ އިން އެހީތެރިކަން ދިނުމަކީ އެމެރިކާގެ ގާނޫނުން މަނާ ކުރާ ކަމެއް ކަމުގައި ވިޔަސް މިގާނޫނުން އިޒްރޭލް އިސްތިސްނާ ކުރާކަން ފާޑު ކިޔާފަރާތްތަކުން ވަނީ ފާހަގަ ކޮށްފައެވެ.

އިޒްރޭލަށް އެމެރިކާ އިން ހަތިޔާރު ފޮނުވުމަށް ނިންމާފައިވާއިރު އަނެއްކޮޅުން އަންގާރަ ދުވަހު އދ. ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއްގައި ވާހަކަދައްކަމުން، އެމެރިކާގެ ސަފީރު ލިންޑާ ތޯމަސް-ގްރީންފީލްޑް ވިދާޅުވީ އެމެރިކާގެ މަޤްޞަދަކީ މެދުއިރުމަތީގެ "ހޫނުމިން ދަށްކުރުން" ކަމުގައެވެ.

ފަލަސްތީނުގެ އިންސާނީ ޙައްޤުތަކަށް މަސައްކަތް ކުރާ ފަރާތެއް ކަމުގައިވާ ޠާރިޤް ޚަލީލް، އަލްޖަޒީރާއަށް ވިދާޅުވި ގޮތުގައި އެމެރިކާއިން އިޒްރޭލަށް ހަތިޔާރު ފޯކޮށްނުދީ ހިފެހެއްޓުމުގެ ތެރެއިން ޣައްޒާގެ ހަނގުރާމަ ހުއްޓުވަން އިޒްރޭލަށް މަޖުބޫރުކުރެވޭނެ ބާރު އެމެރިކާގެ އަތުގައި އޮއްވާ އޭގެ ބަދަލުގައި އެމެރިކާ އިން ނިންމީ އިތުރު ހަތިޔާރު އިޒްރޭލަށް ދިނުމަށް ކަމުގައެވެ.

މިކަމާ ބެހޭ ގޮތުން އެމެރިކަން-އިސްލާމިކް ރިލޭޝަންސް ކައުންސިލް (ކެއަރ) ގެ ޑެޕިއުޓީ ޑިރެކްޓަރ އެޑްވަޑް އަޙްމަދު މިޗެލް ނެރުއްވި ބަޔާނެއްގައި ވިދާޅުވި ގޮތުގައި އެމެރިކާއިން މިހާރު އެ ގެންދަނީ "މުޅި ސަރަޙައްދުގެ އެތައް މިލިއަން މީހުންނަށް އަސަރުކުރާނެ އަލިފާންގަނޑަކަށް ތެޔޮއެޅުމުގެ" މަސައްކަތް ކުރަމުންނެވެ.

އިތުރަށް ކިޔާލަން

05 އެޕްރީލު 2017

މޫސަލްގައި އދ. އިން ކޭމްޕްތައް އިތުރުކޮށްދެނީ

05 އެޕްރީލު 2017
މޫސަލްގައި އދ. އިން  ކޭމްޕްތައް އިތުރުކޮށްދެނީ
15 މާރިޗު 2017

މެޑިޓަރޭނިއަން ކަނޑު ހުރަސްކުރަނިކޮށް މަރުވި މީހުންގެ އަދަދު އަނެއްކާ ވެސް އިތުރު

15 މާރިޗު 2017
މެޑިޓަރޭނިއަން ކަނޑު  ހުރަސްކުރަނިކޮށް މަރުވި މީހުންގެ އަދަދު އަނެއްކާ ވެސް އިތުރު
10 މާރިޗު 2017

އެމެރިކާއިން ސީރިޔާއަށް އިތުރު 400 ސިފައިން ފޮނުވަނީ

10 މާރިޗު 2017
އެމެރިކާއިން ސީރިޔާއަށް އިތުރު 400 ސިފައިން ފޮނުވަނީ
22 ފެބުރުއަރީ 2017

އެމްބެސެޑަރ ޗާކިން އަވަހާރަވެފައިވާ ގޮތް ދެނަގަތުމަށްޓަކައި އިތުރު ޓެސްޓުތަކެއް ހަދަން ޖެހޭ: މެޑިކަލް އެގްޒެމިނަރުން

22 ފެބުރުއަރީ 2017
އެމްބެސެޑަރ ޗާކިން އަވަހާރަވެފައިވާ ގޮތް ދެނަގަތުމަށްޓަކައި އިތުރު ޓެސްޓުތަކެއް ހަދަން ޖެހޭ: މެޑިކަލް އެގްޒެމިނަރުން
20 ފެބުރުއަރީ 2017

މޫސަލް މިނިވަން ކުރުމަށް ކުރާ ހަނގުރާމައިގައި އިތުރު އަވަށްތަކެއް މިނިވަންކޮށްފި

20 ފެބުރުއަރީ 2017
މޫސަލް މިނިވަން ކުރުމަށް ކުރާ ހަނގުރާމައިގައި އިތުރު އަވަށްތަކެއް މިނިވަންކޮށްފި
18 ފެބުރުއަރީ 2017

ކިމް ޖޮންގ ނަމްގެ މަރުގެ މައްސަލައިގައި އިތުރު ފިރެހެނަކު ހައްޔަރުކޮށްފި

18 ފެބުރުއަރީ 2017
  ކިމް ޖޮންގ ނަމްގެ މަރުގެ މައްސަލައިގައި އިތުރު ފިރެހެނަކު ހައްޔަރުކޮށްފި
11 ފެބުރުއަރީ 2017

ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.

11 ފެބުރުއަރީ 2017
ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.
08 ފެބުރުއަރީ 2017

އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި

08 ފެބުރުއަރީ 2017
އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި
25 ޖެނުއަރީ 2017

ހުޅަނގު އައްސޭރީގައި އިތުރު ގެތަށް އިޒްރޭލުން ނިންމުމުން އެކަމަށް އދ. އިން ފާޑުކިޔައިފި

25 ޖެނުއަރީ 2017
ހުޅަނގު އައްސޭރީގައި އިތުރު ގެތަށް އިޒްރޭލުން ނިންމުމުން އެކަމަށް އދ. އިން ފާޑުކިޔައިފި
04 ޖެނުއަރީ 2017

އިންޑިއާ ކޯލް މައިނެއް ވެއްޓި 13 މީހަކު މަރުވެ އިތުރު ބަޔަކު ހޯދަނީ!

04 ޖެނުއަރީ 2017
އިންޑިއާ ކޯލް މައިނެއް ވެއްޓި 13 މީހަކު މަރުވެ އިތުރު ބަޔަކު ހޯދަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު