Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޑެމްބެލޭ ހޯދަން މަސައްކަތްކުރުން

ޔުވެންޓަސްއިން ޑެމްބެލޭއަށް ފާރަލަނީ

ޔުވެންޓަސްއިން ޑެމްބެލޭ ގެންދާނީ އޭނާގެ އެއްބަސްވުން ހަމަވުމުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 13 އެޕްރީލު 2021 | އަންގާރަ 14:14
ބާސާއަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް އޮސްމާނޭ ޑެމްބެލޭ

ބާސާއަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް އޮސްމާނޭ ޑެމްބެލޭ

ބާސެލޯނާއަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް އޮސްމާނޭ ޑެމްބެލޭ ހޯދަން ޔުވެންޓަސްއިން މަސައްކަތްކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އުމުރުން 23 އަހަރުގެ ޑެމްބެލޭ 2017 ވަނަ އަހަރު ބާސާއާ ގުޅުނީ ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމުންޑް ދޫކޮށް 147 މިލިޔަން ޔޫރޯގެ އަގަކަށެވެ. އަދި ބާސާއާއެކު ޑެމްބެލޭ ފަސް އަހަރުގެ އެއްބަސްވުމެއް ހެދިއިރު، އެ އެއްބަސްވުން އަންނަ އަހަރުގެ ޖޫން މަހު ހަމަވާނެއެވެ.

ރިޕޯޓުތައް ބުނާ ގޮތުން ޑެމްބެލޭ ހޯދަން ޔުވެންޓަސްއިން މަސައްކަތްކުރަމުން އަންނައިރު، އެ ޓީމުން ޑެމްބެލޭ ގެންދާނީ އޭނާގެ އެއްބަސްވުން ހަމަވުމުން އަންނަ އަހަރުއެވެ. އެހެންކަމުން ޑެމްބެލޭގެ ޓްރާންސްފާއާ ގުޅޭ ކަންކަން ވަރަށް ގާތުން ޔުވެންޓަސްއިން ބަލަމުން އަންނަ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

އަންނަ އަހަރު ޑެމްބެލޭގެ އެއްބަސްވުމުގެ މުއްދަތު ހަމަވާއިރު، ރިޕޯޓުތައް ބުނާ ގޮތުން އަންނަ އަހަރުގެ ހޫނު މޫސުމުގައި ޑެމްބެލޭއަށް ހިލޭ ކުލަބު ބަދަލު ކުރެވޭނެތީ، ބާސާއިން މިހާރު އަންނަނީ ޑެމްބެލޭގެ އެއްބަސްވުން އާކުރުމާމެދު މަޝްވަރާކުރަމުންނެވެ. އެކަމަކު އަވަސް އަރުވާލައިގެން އެއްބަސްވުން އާކުރުމުގެ ބަދަލުގައި، އެއްބަސްވުން އާކުރާނީ މި ސީޒަނުގައި އޭނާ ދައްކާ ކުޅުމަށް ބެލުމަށްފަހު ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް ދާދި ފަހުން ދިން އިންޓަވިއުއެއްގައި ޑެމްބެލޭ ވަނީ އެއްބަސްވުމާ ގުޅޭ އެއްވެސް މަޝްވަރާއެއް އަދި މިހާތަނަށް ކޮށްފައިނުވާ ކަމަށް ބުނެފައެވެ.

ޑެމްބެލޭގެ އެއްބަސްވުން އާކުރަން ބާސާއިން މަޝްވަރާކުރަމުން އަންނައިރު، އޭނާ ހޯދަން ޔުވެންޓަސްގެ އިތުރުން މެންޗެސްޓާ ޔުނައިޓެޑުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން މީގެ ކުރިން ޑެމްބެލޭގެ ޓްރާންސްފާއާ ގުޅޭ ގޮތުން ޔުނައިޓެޑުން ބާސާއާއެކު މަޝްވަރާކުރި ކަމަށް މީޑިއާތަކުން ރިޕޯޓުކުރި ނަމަވެސް، ބާސާއިން ވަނީ އެކަން ދޮގުކޮށްފައެވެ.

ޑެމްބެލޭއަކީ އޭނާ ބާސާއަށް ގެނައިރު ދުނިޔޭގައި ހުރި އެންމެ ހުނަރުވެރި އެއް ފޯވާޑެވެ. އެކަމަކު އަނިޔާގެ ސަބަބުން އެއް ފެންވަރެއްގައި ހިފަހައްޓާލެވޭ ގޮތް ނުވެއެވެ. މިދިޔަ ސީޒަނުގައި އަނިޔާގެ އެތައް މައްސަލައެއް ދިމާވިއެވެ. އަނިޔާއިން ރަނގަޅުވެ، މި ސީޒަނުގައި ރޮނާލްޑް ކޫމަންގެ އިރުޝާދުގެ ދަށުން ޑެމްބެލޭ އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން މިހާތަނަށް މި ސީޒަނުގައި ބާސާއަށް 37 މެޗު ކުޅެދީފައިވާއިރު، އޭނާ ވަނީ 10 ލަނޑު ޖަހާފައެވެ.

އަދި ބާސާއަށް މިހާތަނަށް ކުޅެދިން 111 މެޗުގައި 29 ލަނޑު ޖަހާފައިވާ ޑެމްބެލޭ ވަނީ ބާސާއާއެކު ސްޕެނިޝް ލީގު ދެ ފަހަރު އަދި ސްޕެނިޝް ކަޕް އެއް ފަހަރު ކާމިޔާބުކޮށްފައެވެ.

އޮސްމާނޭ ޑެމްބެލޭބާސެލޯނާޔުވެންޓަސް

ކޮމެންޓް

އިތުރަށް ކިޔާލަން

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

30 ނޮވެމްބަރު 2025
ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް

ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް

27 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

25 މާރިޗު
ޑިއުޓީ ފްރީން ވަގަށް ސިނގިރޭޓު އެތެރެކުރަން އުޅުނު ދެ މީހުން ޝަރުތުތަކާއި އެކު ދޫކޮށްލައިފި
20251 އަހަރު ކުރިން
ރާއްޖެ

ޑިއުޓީ ފްރީން ވަގަށް ސިނގިރޭޓު އެތެރެކުރަން އުޅުނު ދެ މީހުން ޝަރުތުތަކާއި އެކު ދޫކޮށްލައިފި

ޑްރޯން ޕައިލެޓެއް ނެތިގެން، ނޫނީ އެމްއާރްއައި މެޝިނަށް ނުވަދެވިގެން އުޅޭކަށް ދެން ނުޖެހޭނެ!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޑްރޯން ޕައިލެޓެއް ނެތިގެން، ނޫނީ އެމްއާރްއައި މެޝިނަށް ނުވަދެވިގެން އުޅޭކަށް ދެން ނުޖެހޭނެ!

މާޓިނޭޒްއާހުރެ ޕެނަލްޓީގެ ގަވާއިދަށް ބަދަލު ގެންނަނީ
20233 އަހަރު ކުރިން
ކުޅިވަރު

މާޓިނޭޒްއާހުރެ ޕެނަލްޓީގެ ގަވާއިދަށް ބަދަލު ގެންނަނީ

ރައީސް ޔާމީންގެ ޑައިމަންޑް ޖެހި ގަޑި، ރޮއިޓާސް ރިޕޯޓަރުންގެ ސަމާލުކަމަށް
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ ޑައިމަންޑް ޖެހި ގަޑި، ރޮއިޓާސް ރިޕޯޓަރުންގެ ސަމާލުކަމަށް

އުމުރުން އެންމެ 5 އަހަރުގައި ގުރުއާން ހިތުދަސްކުރި އަޝްހަމްގެ ވާހަކަ- އެންމެ ޝައުގުވެރިވަނީ ގުރުއާން މާނައާއިއެކު ދަސްކުރުމަށް
20215 އަހަރު ކުރިން
ރިޕޯޓު

އުމުރުން އެންމެ 5 އަހަރުގައި ގުރުއާން ހިތުދަސްކުރި އަޝްހަމްގެ ވާހަކަ- އެންމެ ޝައުގުވެރިވަނީ ގުރުއާން މާނައާއިއެކު ދަސްކުރުމަށް

އުފަން ރަށަށް އައިޝާ ވަޑައިގެންނެވުމުން މަންމަގެ ލޮލުން ކަރުނަ!
20197 އަހަރު ކުރިން
ރިޕޯޓު

އުފަން ރަށަށް އައިޝާ ވަޑައިގެންނެވުމުން މަންމަގެ ލޮލުން ކަރުނަ!

ތިން ދުވަހުން ދޮންވެލަން ބޭނުންތަ؟
20188 އަހަރު ކުރިން
ސިއްހަތު

ތިން ދުވަހުން ދޮންވެލަން ބޭނުންތަ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު