Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުލިންގާޑް ހޯދަން މަސައްކަތްކުރުން

ލިންގާޑަށް ޔޫރަޕުގެ ބޮޑެތި ކުލަބުތަކުން ފާރަލަނީ

ލިންގާޑް ހޯދަން ޕީއެސްޖީ، ރެއާލް އަދި އިންޓައިން މަސައްކަތްކުރޭ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 12 އެޕްރީލު 2021 | ހޯމަ 13:26
ވެސްޓް ހޭމަށް ކުޅެމުން އަންނަ އިންގްލެންޑުގެ މިޑްފީލްޑަރު ޖެސޭ ލިންގާޑް

ވެސްޓް ހޭމަށް ކުޅެމުން އަންނަ އިންގްލެންޑުގެ މިޑްފީލްޑަރު ޖެސޭ ލިންގާޑް

ވެސްޓް ހޭމް ޔުނައިޓެޑަށް ކުޅެމުން އަންނަ އިންގްލެންޑުގެ މިޑްފީލްޑަރު ޖެސޭ ލިންގާޑަށް ޔޫރަޕުގެ ބޮޑެތި ކުލަބުތަކުން ފާރަލަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އައި އުމުރުން 28 އަހަރުގެ ލިންގާޑް ވެސްޓް ހޭމާ ގުޅުނީ މިދިޔަ ފިނި މޫސުމުގެ ޓްރާންސްފާ ބާޒާރުގައި ލޯނު އެއްބަސްވުމެއްގެ ދަށުން، މި ސީޒަނުގެ ނިޔަލަށެވެ.

ވެސްޓް ހޭމަށް ބަދަލުވުމަށްފަހު ކެރިއަރުގައި އައު ތަޖުރިބާއެއް ކުރަން ކެތްމަދުވެފައިވާ ކަމަށް ލިންގާޑް ބުނިއިރު، އޭނާ އަންނަނީ އެ ޓީމުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން މިހާތަނަށް ވެސްޓް ހޭމަށް ކުޅެދުން ނުވަ މެޗުގައި އޭނާ ވަނީ އަށް ލަނޑު ޖަހާފައެވެ. އަދި ވެސްޓް ހޭމުން އެންމެ ފަހުން ކުޅުނު ހަތަރު މެޗުގައިވެސް ލިންގާޑް ވަނީ ލަނޑު ޖަހާފައެވެ. އަދި މީގެ އިތުރުން މި ފަހަކަށް އައިސް ދައްކަމުން އަންނަ މޮޅު ކުޅުމާއެކު، އޭނާ ވަނީ އިންގްލެންޑުގެ ޤައުމީ ފުޓްބޯޅަ ޓީމުގެ ޖާގައެއްވެސް އަލުން ހޯދާފައެވެ.

އެއާއެކު ލިންގާޑަށް ޔޫރަޕުގެ ބޮޑެތި ކުލަބުތަކުން ފާރަލާން ފެށިއިރު، ޕީއެސްޖީ އާއި، ރެއާލް މެޑްރިޑް އަދި އިންޓަ މިލާނުން ލިންގާޑް ހޯދަން މަސައްކަތްކުރަމުން އަންނަ ކަމަށް މަޝްހޫރު ކުޅިވަރު ނޫސް "އީއެސްޕީއެން" އިން ވަނީ ރިޕޯޓުކޮށްފައެވެ. ލިންގާޑަށް ޔޫރަޕުގެ ބޮޑެތި ކުލަބުތަކުން ފާރަލަމުން އަންނައިރު، އޭނާގެ ލޯނު އެއްބަސްވުން ދާއިމީކުރުމަށް ވެސްޓް ހޭމުން އަންނަނީ މަސައްކަތްކުރަމުންނެވެ. މި ސީޒަން ނިމުމުން ލިންގާޑުގެ ލޯނު އެއްބަސްވުން ހަމަވާއިރު، އޭނާ ޔުނައިޓެޑާއެކު ހަދާފައިވާ އެއްބަސްވުމުގައި އަދި ބާކީ އެއް އަހަރު އެބައޮތެވެ.

ލޯނު އުސޫލުން ވެސްޓް ހޭމަށް ބަދަލުވެ، އެ ޓީމުގައި ލިންގާޑް ތަފާތު މޮޅު ކުޅުމެއް ދައްކަމުން އައި ނަމަވެސް، މީގެ ކުރިން ޔުނައިޓެޑުގައި އޭނާއަށް އެންމެ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. އެގޮތުން ވެސްޓް ހޭމަށް ބަދަލުވުމުގެ ކުރިން ޔުނައިޓެޑުގެ ފުރަތަމަ އެގާރައިން ލިންގާޑަށް ފުރުޞަތު ލިބުން މަދުވިއިރު، މި ސީޒަނުގައި އޭނާ ޔުނައިޓެޑަށް ކުޅެދިނީ އެންމެ ތިން މެޗެވެ. ނަމަވެސް މީގެ ކުރިން އޭނާ ވަނީ ޔުނައިޓެޑާއެކު އެފްއޭ ކަޕާއި، އިނގިރޭސި ލީގު ކަޕާއި، އެފްއޭ ކޮމިއުނިޓީ ޝީލްޑުގެ އިތުރުން ޔުއެފާ ޔޫރޮޕާ ލީގު ކާމިޔާބުކޮށްފައެވެ.

ޖެސޭ ލިންގާޑް

އިތުރަށް ކިޔާލަން

03 ޖޫން 2023

ލިންގާޑް ހިމެނޭހެން ހަ ކުޅުންތެރިން ނޮޓިންހަމް ފޮރެސްޓުން ދޫކޮށްލައިފި

03 ޖޫން 2023
ލިންގާޑް ހިމެނޭހެން ހަ ކުޅުންތެރިން ނޮޓިންހަމް ފޮރެސްޓުން ދޫކޮށްލައިފި
25 ޖެނުއަރީ 2022

ލިންގާޑް ހޯދަން ނިއުކާސަލުން މަސައްކަތްކުރަނީ

25 ޖެނުއަރީ 2022
ލިންގާޑް ހޯދަން ނިއުކާސަލުން މަސައްކަތްކުރަނީ
18 ސެޕްޓެމްބަރު 2021

ޔުނައިޓެޑުގައި ލިންގާޑް މަޑުކުރާނެ: މޮއިސް

18 ސެޕްޓެމްބަރު 2021
ޔުނައިޓެޑުގައި ލިންގާޑް މަޑުކުރާނެ: މޮއިސް
14 ސެޕްޓެމްބަރު 2021

ލިންގާޑް ހޯދަން ލެސްޓާއިން ޝައުގުވެރިވޭ

14 ސެޕްޓެމްބަރު 2021
ލިންގާޑް ހޯދަން ލެސްޓާއިން ޝައުގުވެރިވޭ
29 މެއި 2018

ޔޫރަޕުގެ އެހެން އެއްވެސް ޓީމަކަށް މެސީ ނުކުޅޭނެ

29 މެއި 2018
ޔޫރަޕުގެ އެހެން އެއްވެސް ޓީމަކަށް މެސީ ނުކުޅޭނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު