Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ކުޅިވަރު ޤައުމީ މަޖިލިސް

ވަޒީރު ބޭނުންފުޅުވެގެން، މުއުމިނާ ވަކި ކުރިކަން އޮތީ މާކުރިން އަންގާފައި

ޑިސެމްބަރު މަހުގެ ހަތް ވަނަ ދުވަހު ވަޒީރު ރާފިޢުގެ ބިއުރޯ އިން ގުޅުއްވައި، ކުޅިވަރު ޤައުމީ މަޖިލީހުން މުއުމިނާ ވަކިކުރަން ވަޒީރު ނިންމާފައިވާ ކަމަށް މުއުމިނާ އަށް އެންގި އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 24 އޯގަސްޓު 2024 | ހޮނިހިރު 07:19
ކުޅިވަރު ވަޒީރު ރާފިއު އަދި މޫމިނާ

ކުޅިވަރު ވަޒީރު ރާފިއު އަދި މޫމިނާ

ކުޅިވަރާ ބެހޭ ޤައުމީ މަޖިލީހަށް ޙާޟިރު ނުވާތާ އަށް މަސް ދުވަސް ވެފައިވާ ކަމަށް ބުނާ ވާހަކަ އަކީ ދޮގެއް ކަމަށާއި ކުޅިވަރު ޤައުމީ މަޖިލީހުން ވަކި ކުރަން ވަޒީރު ނިންމާފައިވާ ވާހަކަ ކުރިން އަންގާފައި އޮތް ކަމަށް މުއުމިނާ އާދަމް ވިދާޅުވެއްޖެ އެވެ.

ކުޅިވަރުގެ ޤައުމީ މަޖިލީހަށް މުއުމިނާ އައްޔަން ކޮށްފައި ވަނީ 2019 ވަނަ އަހަރުގެ ޖޫން މަހުގެ 19 ވަނަ ދުވަހު އެވެ. ކުޅިވަރު ޤައުމީ މަޖިލީހަށް މުއުމިނާ އައްޔަން ކޮށްފައި ވަނީ އޭރުގެ ކުޅިވަރު ވަޒީރު އަޙުމަދު މަޚްލޫފް އެވެ. އޭގެ ފަހުން ކުޅިވަރާ ބެހޭ ޤައުމީ މަޖިލީހުގެ ރައީސާ ކަމަށް މޫމިނާ އައްޔަން ކޮށްފައި ވަނީ 2023 ވަނަ އަހަރުގެ ޖޫން މަހުގެ 18 ވަނަ ދުވަހު އެވެ.

އެހެން ނަމަވެސް، އައު ސަރުކާރާ އެކު މުއުމިނާ ވަނީ ކުޅިވަރުގެ ޤައުމީ މަޖިލީހުން ވަކިކޮށްފަ އެވެ. އެކަން ރިޕޯޓުކޮށް، އޮންލައިން ނޫހެއް ކަމަށްވާ "ދިޔަރެސް"ގައި ބުނެފައި ވަނީ ކުޅިވަރު ޤައުމީ މަޖިލީހުން މުއުމިނާ ވަކިކޮށްފައި ވަނީ ޙާޟިރު ނުވާތާ އަށް މަސް ދުވަސްވީ ފަހުން ކަމަށެވެ. ނަމަވެސް މުއުމިނާ ވަނީ އެ ވާހަކަތައް ދޮގު ކުރައްވައިފަ އެވެ.

އެކަމާ ގުޅިގެން "ރާއްޖެ އެމްވީ" އަށް މުއުމިނާ ވިދާޅުވީ އައު ސަރުކާރާ އެކު ވެސް، ކުޅިވަރު ޤައުމީ މަޖިލީހުގައި މަސައްކަތް ކޮށްފައިވާނެ ކަމަށެވެ. އެގޮތުން 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން، ޑިސެމްބަރު މަހަށް އެކި އެކި މަސައްކަތް ކޮށްފައިވާނެ ކަމަށް ވިދާޅުވި އެވެ. އެގޮތުން މުއުމިނާ އަކީ ކައުންސިލްގެ ރައީސްކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ، މިހާރުގެ ކުޅިވަރު ވަޒީރު ޢަބްދުﷲ ރާފިޢު މަގާމާ ހަވާލުވީ ފަހުން ވެސް މަސައްކަތް ކޮށްފައިވާނެ ކަމަށެވެ.

އެގޮތުން ކޮމިޝަނަރ އޮފް ސްޕޯޓްސްގެ މަޤާމަށް ބޭފުޅަކު އައްޔަން ކުރުމާ ހަމައަށް ކޮށްފައިވާ މަސައްކަތްތަކާއި، ކުޅިވަރު ކުޅޭ ސަރަހައްދު ތަކުގައި މެޑިކަލް ރިކުއާމެންޓް ފެސިލިޓީސް ޤާއިމު ކުރުމުގެ މަސައްކަތް ކޮށްފައިވާނެ ކަމަށް މުއުމިނާ ވިދާޅުވި އެވެ. މެޑިކަލް ރިކުއާމެންޓް ފެސިލިޓީސް ޤާއިމު ކުރުމުގެ މަސައްކަތުގެ ތެރެއިން ވަޒީރު ރާފިޢުއާ ދެކެވިފައިވާ ބައެއް ވާހަކަތަކުގެ ސްކްރީންޝޮޓް ވެސް މުއުމިނާ ވަނީ ޙިއްސާ ކުރައްވައިފަ އެވެ.

މުއުމިނާ ވިދާޅުވީ އޭގެ ފަހުން ޑިސެމްބަރު މަހުގެ ހަތް ވަނަ ދުވަހު ވަޒީރު ރާފިޢުގެ ބިއުރޯ އިން ގުޅުއްވައި، ކުޅިވަރު ޤައުމީ މަޖިލީހުން މުއުމިނާ ވަކިކުރަން ވަޒީރު ނިންމާފައިވާ ކަމަށް އެންގި ކަމަށެވެ. އެއީ ކައުންސިލްގެ ރައީސް ކަމަށް އެހެން ބޭފުޅަކު އައްޔަން ކުރައްވަން ވަޒީރު ބޭނުންފުޅުވާތީ ކަމަށް ވިދާޅުވެފައިވާ ކަމަށް ވެސް މުއުމިނާ ވިދާޅުވި އެވެ. ވަޒީރުގެ ބިއުރޯ އިން އަބަދު ވެސް ކުޅިވަރުގެ ޤައުމީ މަޖިލީހުގެ ކަންކަމުގައި ގުޅުއްވާއިރު، ކުޅިވަރު ޤައުމީ މަޖިލީހުން ވަކިކޮށްފައިވާކަން ބިއުރޯ އިން އެންގުމުން، ކުޅިވަރު ޤައުމީ މަޖިލީހުން ވަކި ކުރެއްވީ ކަމަށް ދެކޭ ކަމަށް މުއުމިނާ ވިދާޅުވި އެވެ.

އެގޮތަށް އެންގުމާއެކު، މުއުމިނާ ވަނީ ކުޅިވަރު ޤައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕުގައި މެސެޖެއް ލިޔުއްވައިފަ އެވެ. އެގޮތުން ކުޅިވަރު ޤައުމީ މަޖިލީހުން މުއުމިނާ ވަކިކޮށްފައިވާއިރު، ޤައުމީ މަޖިލީހުގެ މެމްބަރުންގެ ފަރާތުން ލިބުނު އެހީތެރިކަމާއި، އެއްބާރުލުމަށް މުއުމިނާ ވަނީ ޝުކުރު ވެސް އަދާ ކޮށްފަ އެވެ. މުއުމިނާގެ އެ މެސެޖަށް ކުޅިވަރު ޤައުމީ މަޖިލީހުގެ މެމްބަރުން އަދި އިދާރީ ބޭފުޅުން ރިޕްލައި ކުރައްވައި، މުއުމިނާގެ ޚިދުމަތަށް ޝުކުރު އަދާ ކޮށްފައި ވެސް ވެއެވެ.

އޭގެ ފަހުން ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު ކުޅިވަރު ވަޒީރު ރާފިޢު މުއުމިނާ އަށް ގުޅުއްވި އެވެ. އެހެންކަމުން، އޭގެ ފަހުން ކުޅިވަރު ޤައުމީ މަޖިލީހުން ވަކި ކުރައްވާފައިވާތީ، މަޖިލީހަށް ވަޑައިގަންނަވަން ޖެހޭ ސަބަބެއް އޮތް ކަމަަށް ޤަބޫލު ނުކުރެވޭ ކަމަށް މުއުމިނާ ވަނީ ވިދާޅުވެފަ އެވެ.

އެހެން ނަމަވެސް ކުޅިވަރުގެ ޤައުމީ މަޖިލީހަށް މުއުމިނާ ޙާޟިރު ނުވާ ކަމަށް ބުނާއިރު، ކައުންސިލްގެ ބައްދަލުވުންތައް ބޭއްވުމާއި، ކަންކަން ކުރުމަކީ ރައީސަކަށް ހުންނަ މީހެއް ޒިންމާ ކަމަށް މުއުމިނާ ވިދާޅުވި އެވެ. އެހެންކަމުން ކައުންސިލްގެ ބައްދަލުވުންތައް ރައީސް ނުބާއްވާ ނަމަ، އެކަން ނައިބު ރައީސް ބައްލަވާނެ ކަމަށް ޤަބޫލު ކުރެވޭ ކަމުގައި މުއުމިނާ ވިދާޅުވި އެވެ. އަދި ކައުންސިލްގެ އިދާރީ ކަންކަން ބަލަހައްޓާ ފަރާތްތަކުން ވެސް، އެކަމުގައި ރައީސާ ގުޅުއްވައި، ސުވާލި ކުރައްވާނެ ކަމަށާއި، ވަޒީރު ވެސް އެކަން ބައްލަވަން ވާނެ ކަމަށް ވެސް މުއުމިނާ ވިދާޅުވި އެވެ. އެހެން ނަމަވެސް، މި ފާއިތުވެ ދިޔަ ދުވަސްތަކުގައި އެފަދަ އެއްވެސް ސުވާލެއް އަމާޒު ނުވާއިރު، ބަރާބަރަށް ކައުންސިލްގެ ބައްދަލުވުންތައް ބާއްވަމުން ދިޔަ ކަމަށް މުއުމިނާ ފާހަގަ ކުރެއްވި އެވެ.

މީގެ އިތުރުން މި ފާއިތުވި މުއްދަތުގައި ކުޅިވަރާ ބެހޭ ޤައުމީ މަޖިލީހުން އެސޯސިއޭޝަންތަކަށް ފޮނުވަމުން ގެންދިޔަ ސިޓީތަކުގައި، ރައީސާގެ ޙައިސިއްޔަތުން ސޮއި ކޮށްފައި ވަނީ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ އައިޝަތު ސަމާހް އެވެ. އެހެންކަމުން އެ ފާއިތުވި މުއްދަތުގައި މުއުމިނާ ހުންނެވީ ކުޅިވަރާ ބެހޭ ޤައުމީ މަޖިލީހުން ވަކި ކޮށްފައިކަން އެނގޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެހެން ނަމަވެސް، އޭގެ އެތައް ދުވަހެއް ފަހުން މި ހިނގާ އޯގަސްޓު މަހުގެ ތެރޭގައި މުއުމިނާ އަށް ވަނީ ލިޔުމުން އެކަން އަންގައިފަ އެވެ. ވަޒީރު ރާފިޢު ސޮއި ކުރައްވާ ފޮނުވި އެ ސިޓީ މޫމިނާ އަށް ލިބިފައި ވަނީ އޯގަސްޓު މަހުގެ 20 ވަނަ ދުވަހު އެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ވަކިން ހާއްސަކޮށް މޯހަން ބާގަން މެޗަށް ތައްޔާރެއް ނުވަން، ޓީމަށް އިތުބާރު އެބައޮތް: މާޒިޔާ ކޯޗު

ވަކިން ހާއްސަކޮށް މޯހަން ބާގަން މެޗަށް ތައްޔާރެއް ނުވަން، ޓީމަށް އިތުބާރު އެބައޮތް: މާޒިޔާ ކޯޗު

19 އެޕްރީލު 2017
ބަހަށް ދިން ހަމަލާއާއެކު ޑޯޓްމަންޑު ޗެމްޕިއަންސް ލީގުން ވަކިވަނީ!

ބަހަށް ދިން ހަމަލާއާއެކު ޑޯޓްމަންޑު ޗެމްޕިއަންސް ލީގުން ވަކިވަނީ!

15 އެޕްރީލު 2017
އާޖެންޓީނާގެ ކޯޗު އެޑްގާޑޯ ބައުޒާ މަގާމުން ވަކިކޮށްފި

އާޖެންޓީނާގެ ކޯޗު އެޑްގާޑޯ ބައުޒާ މަގާމުން ވަކިކޮށްފި

11 އެޕްރީލު 2017
ނައިބު ރައީސް ކަމުގެ މަގާމުން އިއްޒަތު ވަހީދު ވަކިކޮށްފި

ނައިބު ރައީސް ކަމުގެ މަގާމުން އިއްޒަތު ވަހީދު ވަކިކޮށްފި

03 އެޕްރީލު 2017
މިއާމީ އޯޕެން ޓެނިސް މުބާރާތުން މުރޭ ވަކިވެއްޖެ

މިއާމީ އޯޕެން ޓެނިސް މުބާރާތުން މުރޭ ވަކިވެއްޖެ

19 މާރިޗު 2017

އަހަރުތަކުން މިއަދު

20 މާރިޗު
ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ
20242 އަހަރު ކުރިން
މީހުން

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!
20233 އަހަރު ކުރިން
ރިޕޯޓު

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި
20224 އަހަރު ކުރިން
ރާއްޖެ

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!
20215 އަހަރު ކުރިން
ރިޕޯޓު

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
20197 އަހަރު ކުރިން
ރާއްޖެ

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު