Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުލިންގާޑް ހޯދަން މަސައްކަތްކުރުން

ލިންގާޑް ހޯދަން ނިއުކާސަލުން މަސައްކަތްކުރަނީ

ލިންގާޑް ހޯދަން މަސައްކަތްކުރަނީ ލޯނު އެއްބަސްވުމެއްގެ ދަށުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 25 ޖެނުއަރީ 2022 | އަންގާރަ 14:59
ޔުނައިޓެޑަށް ކުޅެމުން އަންނަ އިންގްލެންޑުގެ މިޑްފީލްޑަރު ޖެސޭ ލިންގާޑް

ޔުނައިޓެޑަށް ކުޅެމުން އަންނަ އިންގްލެންޑުގެ މިޑްފީލްޑަރު ޖެސޭ ލިންގާޑް

މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ އިންގްލެންޑުގެ މިޑްފީލްޑަރު ޖެސޭ ލިންގާޑް ހޯދަން ނިއުކާސަލް ޔުނައިޓެޑުން މަސައްކަތްކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އުމުރުން 29 އަހަރުގެ ލިންގާޑް ޔުނައިޓެޑާއެކު މިހާރު ހަދާފައި އޮތް އެއްބަސްވުން މި ސީޒަން ނިމުމުން ހަމަވާނެއެވެ. އެއާއެކު ލިންގާޑުގެ އެއްބަސްވުން އާކުރުމުގެ މަޝްވަރާތައް ޔުނައިޓެޑުން ފެށި ނަމަވެސް، އިނގިރޭސި މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ޔުނައިޓެޑުން ފުރުސަތު ލިބުން މަދުވުމާއެކު، ކުލަބު ބަދަލުކުރަން ލިންގާޑް ބޭނުންވެއެވެ. އެހެންކަމުން ޔުނައިޓެޑުގެ އެއްބަސްވުން އާކުރަން އޭނާ ދެކޮޅު ހަދާފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

އެއާއެކު ލިންގާޑް ހޯދަން އިނގިރޭސި ގިނަ ކުލަބުތަކުން މަސައްކަތްކުރަމުން އަންނައިރު، ރިޕޯޓުތައް ބުނާ ގޮތުން ލިންގާޑް ހޯދަން ނިއުކާސަލުން މިހާރު ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ. އަދި މި ފަހަރުގެ ޓްރާންސްފާ ބާޒާރު ބަންދުވުމުގެ ކުރިން ލިންގާޑް ހޯދަން ނިއުކާސަލުން ބޭނުންވާ ކަމަށާއި، އަދި ޔުނައިޓެޑާއެކު ލިންގާޑް މިހާރު ހަދާފައި އޮތް އެއްބަސްވުން މި ސީޒަން ނިމުމުން ހަމަވާނެތީ، އޭނާ ގެންދަން ނިއުކާސަލުން މަސައްކަތްކުރަނީ ލޯނު އެއްބަސްވުމެއްގެ ދަށުން ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

މި ވަގުތު ދުނިޔޭގެ އެންމެ މުއްސަނދި ކުލަބުގެ ގޮތުގައި އޮތް ނިއުކާސަލަށް މި ޓްރާންސްފާ ބާޒާރުގައި 200 މިލިޔަން ޕައުންޑް ޚަރަދުކުރެވޭއިރު، އެ ޓީމުން ދާދި ފަހުން ވަނީ ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑަށް ކުޅެމުން އައި އިންގްލެންޑުގެ ޑިފެންޑަރު ކިއެރަން ޓްރިޕިއާގެ ސޮއި ހޯދާފައެވެ. މިއީ ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުޙައްމަދު ބިން ސަލްމާނުގެ ހިއްސާއާއެކު ސައުދީގެ ޕަބްލިކް އިންވެސްޓްމަންޓް ފަންޑް (ޕީއައިއެފް) އިން ނިއުކާސަލް ގަތް ފަހުން އެ ޓީމުން ކުރި ފުރަތަމަ ޓްރާންސްފާއެވެ.

ލިންގާޑް ހޯދަން ނިއުކާސަލުން މަސައްކަތްކުރަމުން އަންނައިރު، މިދިޔަ އަހަރުގެ ފިނި މޫސުމުގެ ޓްރާންސްފާ ބާޒާރުގައި އޭނާ ވަނީ ލޯނު އެއްބަސްވުމެއްގެ ދަށުން ވެސްޓް ހޭމް ޔުނައިޓެޑަށް ބަދަލުވެ، އެ ޓީމުގައި ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން ވެސްޓް ހޭމަށް ކުޅެދިން 16 މެޗުގައި ލިންގާޑް ވަނީ ނުވަ ލަނޑު ޖަހާފައެވެ.

އޭގެ ފަހުން މި ސީޒަނަށް ލިންގާޑް އަލުން ޔުނައިޓެޑާ ގުޅުނު ނަމަވެސް، މި ފަހަކަށް އައިސް ޔުނައިޓެޑުގެ ފުރަތަމަ އެގާރައިން ލިންގާޑަށް ފުރުސަތު ލިބުން ވަނީ މަދުވެފައެވެ. އެކަމަކު އޭނާ ވަނީ މިހާތަނަށް އެ ޓީމަށް ކުޅެދިން 224 މެޗުގައި 35 ލަނޑު ޖަހާފައެވެ. އަދި މީގެ ކުރިން އޭނާ ވަނީ ޔުނައިޓެޑާއެކު އެފްއޭ ކަޕާއި، އިނގިރޭސި ލީގު ކަޕާއި، އެފްއޭ ކޮމިއުނިޓީ ޝީލްޑުގެ އިތުރުން ޔުއެފާ ޔޫރޮޕާ ލީގު ކާމިޔާބުކޮށްފައެވެ.

ޖެސޭ ލިންގާޑްނިއުކާސަލް ޔުނައިޓެޑް

އިތުރަށް ކިޔާލަން

29 ސެޕްޓެމްބަރު 2025

ފަހަތުން އަރައި އާސެނަލް އިން ނިއުކާސަލް ބަލިކޮށްފި

29 ސެޕްޓެމްބަރު 2025
ފަހަތުން އަރައި އާސެނަލް އިން ނިއުކާސަލް ބަލިކޮށްފި
05 އޯގަސްޓު 2025

ސެސްކޯ ހޯދުމަށް ނިއުކާސަލް އިން 90 މިލިއަން ޔޫރޯ ހުށަހަޅައިފި

05 އޯގަސްޓު 2025
ސެސްކޯ ހޯދުމަށް ނިއުކާސަލް އިން 90 މިލިއަން ޔޫރޯ ހުށަހަޅައިފި
16 ޖުލައި 2025

އިސާކް ހޯދަން ލިވަޕޫލް އިން މަސައްކަތް ކުރަނީ

16 ޖުލައި 2025
އިސާކް ހޯދަން ލިވަޕޫލް އިން މަސައްކަތް ކުރަނީ
05 ޑިސެމްބަރު 2024

ނިއުކާސަލް އިން ލިވަޕޫލާ އެއްވަރު ކޮށްފި

05 ޑިސެމްބަރު 2024
ނިއުކާސަލް އިން ލިވަޕޫލާ އެއްވަރު ކޮށްފި
03 ނޮވެމްބަރު 2024

ނިއުކާސަލް އަތުން ބަލިވެ، އާސެނަލް ހަތަރަކަށް

03 ނޮވެމްބަރު 2024
ނިއުކާސަލް އަތުން ބަލިވެ، އާސެނަލް ހަތަރަކަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު