Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުލިންގާޑް ހޯދަން މަސައްކަތްކުރުން

ލިންގާޑް ހޯދަން ލެސްޓާއިން ޝައުގުވެރިވޭ

ޔުނައިޓެޑުގައި ލިންގާޑަށް ފުރުސަތު ލިބުން ވަނީ މަދުވެފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 14 ސެޕްޓެމްބަރު 2021 | އަންގާރަ 14:07
މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ އިންގްލެންޑުގެ މިޑްފީލްޑަރު ޖެސޭ ލިންގާޑް

މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ އިންގްލެންޑުގެ މިޑްފީލްޑަރު ޖެސޭ ލިންގާޑް

މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ އިންގްލެންޑުގެ މިޑްފީލްޑަރު ޖެސޭ ލިންގާޑް ހޯދަން ލެސްޓާ ސިޓީން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އުމުރުން 28 އަހަރުގެ ލިންގާޑް ޔުނައިޓެޑާއެކު މިހާރު ހަދާފައި އޮތް އެއްބަސްވުން މި ސީޒަން ނިމުމުން ހަމަވާނެއެވެ. އެއާއެކު ލިންގާޑުގެ އެއްބަސްވުން އާކުރުމުގެ މަޝްވަރާތައް ޔުނައިޓެޑުން ފެށި ނަމަވެސް، އިނގިރޭސި މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ޔުނައިޓެޑުން ފުރުސަތު ލިބުން މަދުވުމާއެކު، ކުލަބު ބަދަލުކުރަން ލިންގާޑް ބޭނުންވެއެވެ. އެހެންކަމުން ޔުނައިޓެޑުގެ އެއްބަސްވުން އާކުރަން އޭނާ ދެކޮޅު ހަދާފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

އެއާއެކު ލިންގާޑް ހޯދަން އިނގިރޭސި ގިނަ ކުލަބުތަކުން މަސައްކަތްކުރަމުން އަންނައިރު، ރިޕޯޓުތައް ބުނާ ގޮތުން ލިންގާޑް ހޯދަން ލެސްޓާއިން މިހާރު ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ. އަދި ލެސްޓާއިން ލިންގާޑް ގެންނަން ބޭނުންވަނީ އެ ޓީމުގެ މެދުތެރެއަށް ކުޅެމުން އަންނަ ޖޭމްސް މެޑިސަންގެ ބަދަލެއްގެ ގޮތުގައި ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ޔުނައިޓެޑުގައި ލިންގާޑަށް ފުރުސަތު ލިބުން މަދުވި ނަމަވެސް، މިދިޔަ ފިނި މޫސުމުގެ ޓްރާންސްފާ ބާޒާރުގައި ލޯނު އެއްބަސްވުމެއްގެ ދަށުން ވެސްޓް ހޭމް ޔުނައިޓެޑަށް ބަދަލުވެ، އެ ޓީމުގައި ލިންގާޑް ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން ވެސްޓް ހޭމަށް ކުޅެދިން 16 މެޗުގައި އޭނާ ވަނީ ނުވަ ލަނޑު ޖަހާފައެވެ. އެއާއެކު ލިންގާޑް އަލުން އަނބުރާ ގެންދަން ވެސްޓް ހޭމުންވެސް މަސައްކަތްކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ފަހަކަށް އައިސް ޔުނައިޓެޑުގެ ފުރަތަމަ އެގާރައިން ލިންގާޑަށް ފުރުސަތު ލިބުން މަދުވި ނަމަވެސް، އޭނާ ވަނީ މިހާތަނަށް އެ ޓީމަށް ކުޅެދިން 212 މެޗުގައި 34 ލަނޑު ޖަހާފައެވެ. އަދި މީގެ ކުރިން އޭނާ ވަނީ ޔުނައިޓެޑާއެކު އެފްއޭ ކަޕާއި، އިނގިރޭސި ލީގު ކަޕާއި، އެފްއޭ ކޮމިއުނިޓީ ޝީލްޑުގެ އިތުރުން ޔުއެފާ ޔޫރޮޕާ ލީގު ކާމިޔާބުކޮށްފައެވެ.

ޖެސޭ ލިންގާޑްލެސްޓަރ ސިޓީމެންޗެސްޓަރ ޔުނައިޓެޑް

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް
25 ނޮވެމްބަރު 2025

އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ

25 ނޮވެމްބަރު 2025
އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ
21 އޮކްޓޯބަރު 2025

ޔުނައިޓެޑާ ހަވާލުވީ ފަހުން އަމޯރިމް އަށް ލިބުނު އެންމެ ބޮޑު މޮޅަކީ، ލިވަޕޫލް އަތުން ލިބުނު މޮޅު

21 އޮކްޓޯބަރު 2025
ޔުނައިޓެޑާ ހަވާލުވީ ފަހުން އަމޯރިމް އަށް ލިބުނު އެންމެ ބޮޑު މޮޅަކީ، ލިވަޕޫލް އަތުން ލިބުނު މޮޅު
20 އޮކްޓޯބަރު 2025

ފަހު ވަގުތު ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފި

20 އޮކްޓޯބަރު 2025
ފަހު ވަގުތު ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފި
18 އޮކްޓޯބަރު 2025

ފެނާންޑޭސް ބުނީ ޔުނައިޓެޑުގައި ކޮންމެ ކޯޗަކު ހުރި ނަމަވެސް، ގޮންޖެހުން ބޮޑު ވާނެ ކަމަށް

18 އޮކްޓޯބަރު 2025
ފެނާންޑޭސް ބުނީ ޔުނައިޓެޑުގައި ކޮންމެ ކޯޗަކު ހުރި ނަމަވެސް، ގޮންޖެހުން ބޮޑު ވާނެ ކަމަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު