Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ފްލެޓު ތަކުގެ މައްސަލަ

ފްލެޓް ވެސް، ހައުސިންގ މިނިސްޓްރީ ވެސް ފްލެޓް ލިބުނު މީހުންނަށް ވީ ބޮޑު ބޮލުގެ ރިހުމަކަށް

ފްލެޓްގެ މައްސަލައިގައި ވާނުވާ އޮޅުން ފިލުވަން ފްލެޓް ލިބުނު މީހުން ކޮށްފައިވާ މަސައްކަތްތަކަކީ ކުޑަ ކަމެއް ނޫނެވެ. ކަމާބެހޭ އޮފީސްތަކަށް އަބަދާ އަބަދު ދިއުމާއި، ބައްދަލު ކުރުމާއި، ފޯނުން ގުޅުމާއި، ސިޓީ ފޮނުވުމާއި، ޕެޓިޝަން ހުށަހެޅުމާއި، މިހެން ގޮސް އެމީހުން މިކަމުގައި ނުއުފުލާ ތަކުލީފެއް ނެތެވެ. އެހެން ނަމަވެސް ނަތީޖާ ސުމެކެވެ.

ރާއްޖެ އެމްވީ | 24 އޯގަސްޓު 2024 | ހޮނިހިރު 12:05
ހައުސިންގ މިނިސްޓަރ ޑރ އަލީ ހައިދަރު އަޙްމަދު

ހައުސިންގ މިނިސްޓަރ ޑރ އަލީ ހައިދަރު އަޙްމަދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ދޫކުރި 4000 ފްލެޓްގެ ކަންކަން ޑރ. މުއިއްޒުގެ ސަރުކާރުން އޮޅުންބޮޅުން ކުރަމުން ގޮސް ފްލެޓް ލިބުނު މީހުންނަށް މިހާރު ފްލެޓް އާ ބެހޭ ގޮތުން ކަމެއް ސާފުކުރަން ދާނެ ތަނެއް ހަދާނެ ގޮތެއް ނެތް ކަމަށް އެމީހުން ބުނަން ފަށައިފިއެވެ.

މިކަމުގައި ގޮތް ހުސްވެފައިވާ މީހަކު މި ނޫހާ ވާހަކަދައްކަމުން ބުނީ މިހާރު ހައުސިންގ މިނިސްޓްރީ އަށް ދެވެނު، ގުޅުނު އަދަދެއް ބުނަންވެސް ނޭގޭ ކަމަށެވެ.

"އަޅުގަނޑުމެން އުއްމީދު ކޮށްގެން ތިބީ ކެމްޕޭންގައި މުއިއްޒު ވިދާޅުވި ގޮތައް ފްލެޓާ މެދު އަމަލު ކުރައްވާނެ ކަމަށް، ހީވެސް ނުކުރަން މިހާ ދޮގު ހަދާނެ ކަމަކަށް،" ފްލެޓްގެ މައްސަލައިގައި މާޔޫސްވެފައި ހުރި އެ މީހާ ބުންޏެވެ.

ފްލެޓް ލިބި އެގްރިމެންޓް ހަދާ ހުރިހާ ކަމެއް ނިމިފައިވާ އިރުވެސް ސަރުކާރުން މިކަމުގައި އެކިފަހަރު އެކި ގޮތައް ބުނާތީ ފްލެޓް ލިބުނު މީހުން ތިބީ ހަދާނެ ގޮތެއް ނޭގިފައި ކަމަށް އޭނާ ބުންޏެވެ.

އަނެއްކޮޅުން ރައްޔިތުންގެ މަޖިލީހަކީ ސަރުކާރުގެ ރަބަރު ތައްގަނޑަކަށް ވެފައި އޮތުމުން އެއީވެސް މިހާރު އުއްމީދެއް އޮތް ތަނެއް ކަމަކަށް ފްލެޓް ލިބުނު މީހުން ނުދެކޭ ކަމަށް އޭނާ ބުންޏެވެ.

މައްސަލައިގައި ކަންބޮޑުވުން ފާޅު ކޮށް ވާހަކަ ދެއްކި ފަރާތުން ބުނީ ސިޓީ ލެވުނު އަދަދު ނޭގޭ ކަމަށެވެ. އޭގެ ހެއްކެއްގެ ގޮތުން އޭނާގެ އަތުގައި އޮތް ބޮޑު ސިޓީއުރައެއް ނަގާ ދައްކާލިއެވެ. އޭގައި ހުރީ އެކި ތަންތަނަށް މި މައްސަލައިގައި ފޮނުވާފައިވާ ލިޔެ ކިޔުންތަކުގެ ކޮޕީއެވެ.

އެ ލިޔުންތަކަށް ބަލާލުމުން އެންމެ ގިނަ ސިޓީ ފޮނުވާފައިވަނީ ސަރުކާރުގެ ކަމާބެހޭ މިނިސްޓްރީ ކަމުގައިވާ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާ ސްޓްރަކްޗަރ އަށް ކަން އެނގެއެވެ.

އޭނާ ބުނި ގޮތުގައި ހައުސިންގ މިނިސްޓްރީ އަށް ސިޓީ ފޮނުވަނީ އެތަނުން މި މައްސަލައިގައި ފޯނުން ޖަވާބުދާރީ ނުވާތީއެވެ. ގުޅައިގެން ވަރަށް މަދު ފަހަރަކު ނޫނީ ކަމާ ބެހޭ މުވައްޒަފަކާ ވާހަކަ ދެއްކޭ ގޮތެއް ނުވެއެވެ.

އޭނާ ބުނި ގޮތުގައި ހައުސިންގ މިނިސްޓްރީން އެކި ފަހަރު ދޭ ޖަވާބުތައް އެކި ގޮތައް ހުންނާތީ އެކަމުން ކަމެއް ސާފުވުމަށް ވުރެ އަރާ އޮޅުންތައް ބޮޑެވެ. އެކި ފަހަރު ކިޔަނީ އެކި އެއްޗެއްސެވެ. އެ ކިޔާ އެއްޗެއް ސާފެއް ނުވެއެވެ.

ހައުސިންގ މިނިސްޓްރީން ދީފައިވާ ޖަވާބުތަކަށް ނަޒަރު ހިންގާލުމުން އެމީހާ އެ ބުނަނީ ތެދެއްކަން ސާފުވެއެވެ.

"ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ ފްލެޓްތަކާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން އިން ހަށަހަޅާފައިވާ ކަންކަން ދަނީ ދިރާސާ ކުރަމުން ކަމަށާއި، ދިރާސާ ކުރުމަށްފަހު ކޮމިޓީ ތަކުގެ ލަފާގެ މަތިން މިނިސްޓްރީގެ ނިންމުން އަންގާނެ،" ކަމަށް އެއް ޖަވާބުގައިވެއެވެ. އޭގެ އިތުރުން "މިއީ ކުރިއަށް ދާ މައްސަލައަކަށް ވާތީ އެދިލެއްވި މައުލޫމާތު މިވަގުތު މިނިސްޓްރީގެ ފަރާތުން ހިއްސާ ކުރެވެން ނެތް ކަމަށާއި މިކަމާ ގުޅޭ މައުލޫމާތު އާއްމުކޮށް އިއުލާން ކުރެވޭނެ ކަމަށް،" ބުނެފައިވެއެވެ.

އޭނާ ބުނާ ގޮތުގައި އެ ބުނާ އިއުލާން ކުރޭތޯ ތިބެތިބެ އެތައް ދުވަހެއް ފާއިތުވުމުން އަނެއްކާ އަނެއް ސިޓީ ލަނީއެވެ.

ދެން ލީ ސިޓީ އަށް ވެސް ދިނީ ދާދި ހަމަ އެއް ޖަވާބެއްކަން ޖަވާބުގެ ކޮޕީން އެނގެއެވެ.

"އަނެއްކާވެސް ދުވަސްކޮޅެއް ކޮށްފައި އަނެއް ސިޓީ ލަނީ ކަމެއް ސާފުވޭތޯ،" އޭނާ ބުންޏެވެ.

ދެން ލިޔުނު ސިޓީ އާ އެކު ކުރިން ހައުސިންގ މިނިސްޓްރީން އިއުލާން ކުރާނެ ކަމަށް ބުނި މައުލޫމާތު އެއީ ފަހި ދިރިއުޅުން ކޯޕަރޭޝަނުން ކުރާ ކަމެއް ކަމަށް ބުނެފައިވެއެވެ.

"ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ ފްލެޓްތަކާ ގުޅިގެން 4000 ފްލެޓުގެ ތެރެއިން އެއްބަސްވުމުގައި ސޮއި ކުރުމަށްފަހު، ހުށަހެޅުމަށް ހަމަޖެހިފައިވަނީ ފަހި ދިރިއުޅުން ކޯޕަރޭޝަނުން ކަމުގައި ވާތީ އެ މައުލޫމާތު ލިބޭނީ އެކޯޕަރޭޝަނުން ކަމުގައި ދަންނަވަމެވެ،" ހައުސިންގ މިނިސްޓްރީގެ ޖަވާބުގައި ވެއެވެ.

ސަރުކާރުން ފްލެޓް ލިބޭނެ ކަމުގެ ލިޔުން ދޫކޮށް، ގެޒެޓް ކުރާ ފަރާތްތަކަށް ސަރުކާރުން ފްލެޓް ދޭނެ ކަމަށް ޑރ. މުއިއްޒު ކެމްޕޭންގައި އަދި ވެރިކަމަށް ވަޑައިގެންފަހުންވެސް ވިދާޅުވެފައި އޮއްވާ ސަރުކާރުގެ ވިސްނުން ބަދަލުވެއްޖެ ކަން ހައުސިންގ މިނިސްޓަރ މި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީގައި ދެއްކެވި ވާހަކަފުޅުން ވަނީ އެނގިފައެވެ. މިހާރު ސަރުކާރުން މުޅި ލިސްޓް އިވެލުއޭޓް ކޮށް ދިރިއުޅުމުގެ ހާލަތުވެސް އަލުންބަލުން ބަލަނީ ކަމަށްވެއެވެ. ވާހަކަ ތައް އިވޭ ގޮތުން ސަރުކާރުން އުޅެނީ އައު ލިސްޓެއް ހަދާ ކުރިން އޮތް ލިސްޓް ބަދަލު ކުރާށެވެ.

ފްލެޓް ލިބުނު ކަމަށް ކުރީ ސަރުކާރުން އެއްބަސްވުން ހަދާފައިވާ މި ނޫހާއި ވާހަކަ ދެއްކި ފަރާތުން ބުނީ، ގޭގެއަށް ހައުސިންގ މިނިސްޓްރީން ހާލަތު ބަލަން ދާ ދިއުމާ ބެހޭ ގޮތުން މައުލޫމާތު ސާފުކުރަން ފޮނުވި ސިޓީގެ ޖަވާބުގައި ބުނެފައިވަނީ ގޭގެއަށް ދަނީ "ރެންޑަމްކޮށް" ބައެއް ފަރާތްތަކުގެ ހާލަތު ބަލަން ކަމަށާއި އެކަމާބެހޭ މައުލޫމާތު ދެވެން ނެތް ކަމަށެވެ.

ސަރުކާރުން ވަނީ 4000 ފްލެޓް ލިބޭ ފަރާތްތައް ކަނޑައެޅުމަށް ހައުސިންގ މިނިސްޓަރަށް ލަފާދޭ ކޮމިޓީއެއް އުފައްދާފައެވެ. އަދި އޭގެ އިތުރުން ސިޓީ ކައުންސިލްގެ މެމްބަރުން ހިމެނޭ ކޮމިޓީއެއް މާލޭ ސިޓީ ކައުންސިލްގައިވެސް ވަނީ އުފައްދާފައެވެ. ފްލެޓް ލިބުނު މީހުންނަކަށް އެ ކޮމިޓީތަކުގައި ކަން ހިނގާ ގޮތް އެއް ގޮތަކަށް ވެސް ސާފެއް ނުވެއެވެ. އެކަމާބެހޭ ގޮތުން ފޯނުން ސުވާލު ކުރުމުން ހައުސިންގ މިނިސްޓްރީން ދިން ޖަވާބެއްގައި ވަނީ އެއީ މިނިސްޓަރަށް ލަފާދޭ ކޮމިޓީއެއް ކަމަށްވާތީ އެ ކޮމިޓީގެ މެމްބަރުންނާ ވެސް ބައްދަލު ނުކުރެވޭނެ ކަމަށާއި، އެ ކޮމިޓީގެ ނިންމުންތަކާ ބެހޭ މައުލޫމާތު ވެސް ނުދެވޭނެ ކަމަށެވެ.

ކޮމިޓީގެ ނިންމުންތަކާ ބެހޭ ލިޔެކިޔުން ހޯދަން ލީ ސިޓީގެ ޖަވާބުގައި ބުނެފައިވަނީ "ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ ފްލެޓްތަކާ ގުޅިގެން ބޭއްވިފައިވާ ބައްދަލުވުންތަކުގެ ޔައުމިއްޔާތައް ހިއްސާކޮށްދެވެން ނެތްކަމާއި، ސަބަބަކީ މައުލޫމާތު ހާމަކުރަންޖެހޭ ވަގުތުގެ ކުރިން އެ މައުލޫމާތު ހާމަކުރުމުގެ ސަބަބުން އެކަމުގައި މަސްލަހަތު ފުށުއެރުން ހުރި މައުލޫމާތަކަށް ވާތީ،" ކަމަށެވެ.

ސަރުކާރުން ދީފައިވާ ފްލެޓް ހަވާލު ކުރުން އަވަސްވޭތޯ ފްލެޓް ލިބުނު މީހުން ކޮށްފައިވާ މަސައްކަތްތަކަކީ ކުޑަ ކަމެއް ނޫނެވެ. ކަމާބެހޭ ތަންތަނަށް އަބަދާ އަބަދު ދިއުމާއި، ބައްދަލު ކުރުމާއި، ފޯނުން ގުޅުމާއި، ސިޓީ ފޮނުވުމާއި، ޕެޓިޝަން ހުށަހެޅުމާއި، މިހެން ގޮސް އެމީހުން މިކަމުގައި ނުއުފުލާ ތަކުލީފެއް ނެތެވެ. އެހެން ނަމަވެސް ނަތީޖާ ސުމެކެވެ. މައްސަލައިގައި ވާނުވާ އޮޅުން ފިލުވަން ކުރެވިފައިވާ މުއާމަލާތްތަކުން ސާފުކޮށް އެނގޭ ގޮތުގައި ހަމަ ހަގީގަތުގައި ވެސް ކަމާ ބެހޭ ސަރުކާރުގެ އެންމެ އިސް މިނިސްޓްރީ ވެސް އެމީހުންނަށް ވެފައި މިވަނީ ހަމަ ބޮޑު ބޮލުގެ ރިހުމަކަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިދިޔަ އަހަރުވެސް ލަފާކުރި އާމްދަނީ ނުލިބުނު، މިއަހަރު ވާނީ ކިހިނެތް؟

މިދިޔަ އަހަރުވެސް ލަފާކުރި އާމްދަނީ ނުލިބުނު، މިއަހަރު ވާނީ ކިހިނެތް؟

02 އޮކްޓޯބަރު 2017
މަތިިން މާކްސް ލިބުނަސް ފްލެޓް ނުލިބުނީ ނުބައި ޖަވާބު ދިނުމުން!؟

މަތިިން މާކްސް ލިބުނަސް ފްލެޓް ނުލިބުނީ ނުބައި ޖަވާބު ދިނުމުން!؟

14 ސެޕްޓެމްބަރު 2017
އެހެން މީހުންނަށް ހަމްދަރުދީވުމުގައި ދިވެހިންގެ ލާމަސީލު މިސާލު

އެހެން މީހުންނަށް ހަމްދަރުދީވުމުގައި ދިވެހިންގެ ލާމަސީލު މިސާލު

09 ސެޕްޓެމްބަރު 2017
އަދީބާއި ފާރިސްގެ މައްސަލަ: ނާޖާއިޒް ފައިދާ ލިބުނު މީހާ އާއި ރިޝްވަތުގައި ހިފި މީހާ ކޮބާ؟

އަދީބާއި ފާރިސްގެ މައްސަލަ: ނާޖާއިޒް ފައިދާ ލިބުނު މީހާ އާއި ރިޝްވަތުގައި ހިފި މީހާ ކޮބާ؟

31 އޯގަސްޓު 2017
ރިލްވާން ކޮބާ؟ ތިން އަހަރުވީ އިރުވެސް ޖަވާބު ނުލިބުނު ސުވާލު!

ރިލްވާން ކޮބާ؟ ތިން އަހަރުވީ އިރުވެސް ޖަވާބު ނުލިބުނު ސުވާލު!

08 އޯގަސްޓު 2017

އަހަރުތަކުން މިއަދު

23 ޖެނުއަރީ
ބޮލުން އިސްތަށި ފައިބާތީ އޮންލައިކޮށް ގަތް ބޭސް ބޭނުންކުރި މީހެއްގެ ވާހަކަ
20251 އަހަރު ކުރިން
ސިއްހަތު

ބޮލުން އިސްތަށި ފައިބާތީ އޮންލައިކޮށް ގަތް ބޭސް ބޭނުންކުރި މީހެއްގެ ވާހަކަ

އަސްކޮއި ހައްޖު އެންޑް އުމްރާ ޓުއަރސްގެ، "ފަރީ" ގްރޫޕާއި އެކު އުމްރާ އަށް ދާން ރަނުގެ ފުރުސަތެއް
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އަސްކޮއި ހައްޖު އެންޑް އުމްރާ ޓުއަރސްގެ، "ފަރީ" ގްރޫޕާއި އެކު އުމްރާ އަށް ދާން ރަނުގެ ފުރުސަތެއް

2 އަހަރުގެ ދަރިފުޅު އަމިއްލައަށް އުނގެނެމުން ދިޔައީ ޓެބްލެޓާއި ޓީވީގެ އެހީގަ: މިއަދު އެއީ އިނގިރޭސިވިލާތަށް ރެކޯޑެއް!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

2 އަހަރުގެ ދަރިފުޅު އަމިއްލައަށް އުނގެނެމުން ދިޔައީ ޓެބްލެޓާއި ޓީވީގެ އެހީގަ: މިއަދު އެއީ އިނގިރޭސިވިލާތަށް ރެކޯޑެއް!

ސީރިއާ ބޯޑަރު ކައިރިން ހައްޔަރުކުރި ފައިޒަންއަށް އުފުލާފައިވާ ދައުވާ: އިންޓެލް ރިޕޯޓަކީ ރަސްމީ ލިއުމެއްކަމާމެދު ބަހުސެއް
20224 އަހަރު ކުރިން
ރާއްޖެ

ސީރިއާ ބޯޑަރު ކައިރިން ހައްޔަރުކުރި ފައިޒަންއަށް އުފުލާފައިވާ ދައުވާ: އިންޓެލް ރިޕޯޓަކީ ރަސްމީ ލިއުމެއްކަމާމެދު ބަހުސެއް

ރިސޯޓް މުވައްޒަފުންނަށް ކަރަންޓީންނުވެ ދެން ދަތުރެއް ނުކުރެވޭނެ
20215 އަހަރު ކުރިން
ރާއްޖެ

ރިސޯޓް މުވައްޒަފުންނަށް ކަރަންޓީންނުވެ ދެން ދަތުރެއް ނުކުރެވޭނެ

24 ގަޑިއިރު މަޖިލިސް ހުޅުވައިގެން ވިޔަސް ޕީއެންސީ ރަޖީސްޓްރީ ކުރާނަން: ގާސިމް
20197 އަހަރު ކުރިން
ރާއްޖެ

24 ގަޑިއިރު މަޖިލިސް ހުޅުވައިގެން ވިޔަސް ޕީއެންސީ ރަޖީސްޓްރީ ކުރާނަން: ގާސިމް

ކުއްލި ގޮތަކަށް ބޭއްވި ކޮމެޓީގައި މެމްބަރު އާމިރުގެ ބަހުގެ ހަމަލާ، ސަރުކާރު މެމްބަރުންނަށް
20188 އަހަރު ކުރިން
ރާއްޖެ

ކުއްލި ގޮތަކަށް ބޭއްވި ކޮމެޓީގައި މެމްބަރު އާމިރުގެ ބަހުގެ ހަމަލާ، ސަރުކާރު މެމްބަރުންނަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު