Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔުނައިޓެޑުގައި ލިންގާޑް މަޑުކުރުން

ޔުނައިޓެޑުގައި ލިންގާޑް މަޑުކުރާނެ: މޮއިސް

އެއްބަސްވުން އާކުރަން ލިންގާޑް ދެކޮޅު ކަމަށް ރިޕޯޓުތައް ބުނޭ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 18 ސެޕްޓެމްބަރު 2021 | ހޮނިހިރު 12:33
މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ އިންގްލެންޑުގެ މިޑްފީލްޑަރު ޖެސޭ ލިންގާޑް

މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ އިންގްލެންޑުގެ މިޑްފީލްޑަރު ޖެސޭ ލިންގާޑް

އިންގްލެންޑުގެ މިޑްފީލްޑަރު ޖެސޭ ލިންގާޑް މެންޗެސްޓާ ޔުނައިޓެޑުގައި މަޑުކުރާނެ ކަމަށް ވެސްޓް ހޭމް ޔުނައިޓެޑުގެ ކޯޗު ޑޭވިޑް މޮއިސް ބުނެފިއެވެ.

މިދިޔަ ފިނި މޫސުމުގެ ޓްރާންސްފާ ބާޒާރުގައި ލޯނު އެއްބަސްވުމެއްގެ ދަށުން ވެސްޓް ހޭމަށް ބަދަލުވެ، އެ ޓީމުގައި އުމުރުން 28 އަހަރުގެ ލިންގާޑް ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން ވެސްޓް ހޭމަށް ކުޅެދިން 16 މެޗުގައި އޭނާ ވަނީ ނުވަ ލަނޑު ޖަހާފައެވެ. އެއާއެކު ލިންގާޑް އަލުން އަނބުރާ ގެންދަން ވެސްޓް ހޭމުންވެސް މަސައްކަތްކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ލޯނު އުސޫލުން ވެސްޓް ހޭމަށް ކުޅުމަށްފަހު މި ސީޒަނުގައި ލިންގާޑް އަލުން ޔުނައިޓެޑާ ގުޅުނުއިރު، ޔުނައިޓެޑާއެކު ލިންގާޑް މިހާރު ހަދާފައި އޮތް އެއްބަސްވުން މި ސީޒަން ނިމުމުން ހަމަވާނެއެވެ. އެއާއެކު ލިންގާޑުގެ އެއްބަސްވުން އާކުރުމުގެ މަޝްވަރާތައް ޔުނައިޓެޑުން ފެށި ނަމަވެސް، އިނގިރޭސި މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ޔުނައިޓެޑުން ފުރުސަތު ލިބުން މަދުވުމާއެކު، ކުލަބު ބަދަލުކުރަން ލިންގާޑް ބޭނުންވެއެވެ. އެހެންކަމުން ޔުނައިޓެޑުގެ އެއްބަސްވުން އާކުރަން އޭނާ ދެކޮޅު ހަދާފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ނަމަވެސް އިނގިރޭސި ޕްރިމިއާ ލީގުގައި އާދީއްތަ ދުވަހުގެރޭ ޔުނައިޓެޑާ ދެކޮޅަށް ކުޅެން އޮތް މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސްޓް ހޭމުގެ ކޯޗު މޮއިސް ބުނީ މި ފަހަރުގެ ޓްރާންސްފާ ބާޒާރު ބަންދުވުމުގެ ކުރިން ޔުނައިޓެޑުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާއާ މަޝްވަރާކުރި ކަމަށާއި، އެ މަޝްވަރާގައި ޔުނައިޓެޑުގައި ލިންގާޑް ބަހައްޓަން ބޭނުންވާ ކަމަށް ސޯލްޝެއާ އޭނާގެ ގާތުގައި ބުނެފައިވާ ކަމަށެވެ.

އެހެންކަމުން މި ސީޒަނަށްފަހު ލިންގާޑުގެ އެއްބަސްވުން ހަމަވި ނަމަވެސް، އޭނާ ޔުނައިޓެޑުގައި މަޑުކުރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް މޮއިސް ބުންޏެވެ. އަދި ވެސްޓް ހޭމުން ލިންގާޑުގެ ސޮއި ހޯދުމާ ގާތަށްވެސް އަދި މިހާތަނަށް ދެވިފައި ނުވާ ކަމަށް މޮއިސް ވަނީ ބުނެފައެވެ.

ޔުނައިޓެޑުގައި ލިންގާޑް މަޑުކުރާނެ ކަމަށް މޮއިސް ބުނި ނަމަވެސް، އެ ޓީމުގެ ފުރަތަމ އެގާރައިން ލިންގާޑަށް ފުރުސަތު ލިބުން ވަނީ މަދުވެފައެވެ. އެގޮތުން މިހާތަނަށް ޕްރިމިއާ ލީގުގައި ލިންގާޑް އެންމެ ދެ މެޗުގައި ކުޅެފައިވާއިރު، އެ ދެ މެޗުގައިވެސް އޭނާ ކުޅެން އަރާފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ. އަދި ޔުއެފާ ޗެމްޕިއަންސް ލީގުގައި މިދިޔަ ހަފުތާގައި ކުޅުނު މެޗުން ޔަންގް ބޯއިސް އަތުން ޔުނައިޓެޑް ބަލިވީ އިތުބާރު ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯގެ ބަދަލުގައި ފަހު ވަގުތު ކުޅެން އެރި ލިންގާޑް ހެދި ގޯހަކުންނެވެ.

އެކަމަކު ލިންގާޑް ވވަނީ މިހާތަނަށް ޔުނައިޓެޑަށް ކުޅެދިން 213 މެޗުގައި 34 ލަނޑު ޖަހާފައެވެ. އަދި މީގެ ކުރިން އޭނާ ވަނީ ޔުނައިޓެޑާއެކު އެފްއޭ ކަޕާއި، އިނގިރޭސި ލީގު ކަޕާއި، އެފްއޭ ކޮމިއުނިޓީ ޝީލްޑުގެ އިތުރުން ޔުއެފާ ޔޫރޮޕާ ލީގު ކާމިޔާބުކޮށްފައެވެ.

ޖެސޭ ލިންގާޑްމެންޗެސްޓަރ ޔުނައިޓެޑް

ކޮމެންޓް

އިތުރަށް ކިޔާލަން

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ

އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ

25 ނޮވެމްބަރު 2025
ޔުނައިޓެޑާ ހަވާލުވީ ފަހުން އަމޯރިމް އަށް ލިބުނު އެންމެ ބޮޑު މޮޅަކީ، ލިވަޕޫލް އަތުން ލިބުނު މޮޅު

ޔުނައިޓެޑާ ހަވާލުވީ ފަހުން އަމޯރިމް އަށް ލިބުނު އެންމެ ބޮޑު މޮޅަކީ، ލިވަޕޫލް އަތުން ލިބުނު މޮޅު

21 އޮކްޓޯބަރު 2025
ފަހު ވަގުތު ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފި

ފަހު ވަގުތު ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފި

20 އޮކްޓޯބަރު 2025
ފެނާންޑޭސް ބުނީ ޔުނައިޓެޑުގައި ކޮންމެ ކޯޗަކު ހުރި ނަމަވެސް، ގޮންޖެހުން ބޮޑު ވާނެ ކަމަށް

ފެނާންޑޭސް ބުނީ ޔުނައިޓެޑުގައި ކޮންމެ ކޯޗަކު ހުރި ނަމަވެސް، ގޮންޖެހުން ބޮޑު ވާނެ ކަމަށް

18 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

1 ފެބުރުއަރީ
ކުއިކް އެމްވީ ޓެކްސީ އެޕްލިކޭޝަނުން، ޓެކްސީ ދަތުރުތަކަށް އިތުރު ލުއިފަސޭހަކަން!
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުއިކް އެމްވީ ޓެކްސީ އެޕްލިކޭޝަނުން، ޓެކްސީ ދަތުރުތަކަށް އިތުރު ލުއިފަސޭހަކަން!

ބްރިޖް ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި، ކާރެއް ކޮންޓްރޯލްނުވެ ގޮސް އެރީ ސޯލާ ޕެނަލްތަކުގެ ދަގަނޑުތަކަށް، ގެއްލުން ބޮޑު!
20242 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި، ކާރެއް ކޮންޓްރޯލްނުވެ ގޮސް އެރީ ސޯލާ ޕެނަލްތަކުގެ ދަގަނޑުތަކަށް، ގެއްލުން ބޮޑު!

ރައީސާ ދެކޮޅަށް ލޭއޮހޮރުވުމަކަށް ދާން ގޮވާލި މައްސަލަ ފުލުހުން ބަލަން ފަށައިފި
20233 އަހަރު ކުރިން
ރާއްޖެ

ރައީސާ ދެކޮޅަށް ލޭއޮހޮރުވުމަކަށް ދާން ގޮވާލި މައްސަލަ ފުލުހުން ބަލަން ފަށައިފި

ފަރާ: ކުޅި، ފާ އަދި ޗަސްބިންތަކަށް އާދަޔާޚިލާފު ލޯތްބެއް
20224 އަހަރު ކުރިން
ރިޕޯޓު

ފަރާ: ކުޅި، ފާ އަދި ޗަސްބިންތަކަށް އާދަޔާޚިލާފު ލޯތްބެއް

އިދިކޮޅުގެ ސިޔާސީ ގޭމް މިފަހަރު ގޮވީ އަތަށް!
20215 އަހަރު ކުރިން
ރިޕޯޓު

އިދިކޮޅުގެ ސިޔާސީ ގޭމް މިފަހަރު ގޮވީ އަތަށް!

ރާޑަރު ބަހައްޓާ ވާހަކަ ދެއްކީ މި ސަރުކާރަކުން ނޫން!
20197 އަހަރު ކުރިން
ރިޕޯޓު

ރާޑަރު ބަހައްޓާ ވާހަކަ ދެއްކީ މި ސަރުކާރަކުން ނޫން!

ފުލުހުންތަކެއް މުޒާހަރާގެ ބައިވެރިނާ ގުޅިގެން، އަޑުއުފުލާ މަންޒަރު ފެންނަ ވީޑިއޯއެއް!
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންތަކެއް މުޒާހަރާގެ ބައިވެރިނާ ގުޅިގެން، އަޑުއުފުލާ މަންޒަރު ފެންނަ ވީޑިއޯއެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު