Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޓީސީ އާއި ގްރީންގެ މެޗު

ޓީސީއާ ދެކޮޅަށް ނުކުންނާނީ ފުރަތަމަ ބުރުގެ ނަތީޖާ ބަދަލުކުރަން: ނިސްތާރު

ޓީސީ އާއި ގްރީން ބައްދަލުކުރާ މެޗު ފަށާނީ ހޮނިހިރު ދުވަހުގެރޭ 21:00 ގައި

އަތޫފް އާތިފް
އަތޫފް އާތިފް | 10 އެޕްރީލު 2021 | ހޮނިހިރު 10:16
ކުލަބު ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ނިސްތާރު މުޙައްމަދު

ކުލަބު ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ނިސްތާރު މުޙައްމަދު

ދިވެހި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެރޭ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ނުކުންނާނީ ފުރަތަމަ ބުރުގައި ނުކުތް ނަތީޖާ ބަދަލުކުރަން ކަމަށް ކުލަބު ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ނިސްތާރު މުޙައްމަދު ބުނެފިއެވެ.

ލީގުގެ ފުރަތަމަ ބުރުގައި ކުޅުނު މެޗުން ޓީސީން ވަނީ 1-0 ގެ ނަތީޖާއަކުން ގްރީން ބަލިކޮށްފައެވެ.

ލީގުގެ ދެވަނަ ބުރުގައި ހޮނިހިރު ދުވަހުގެރޭ ޓީސީއާ ދެކޮޅަށް ނުކުތުމުގެ ކުރިން، ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ނިސްތާރު ބުނީ ލީގުގެ ފުރަތަމަ ބުރުގައި ޓީސީން ގްރީނަށް ލަނޑުދީފައިވާ ކަމަށާއި، އެހެންކަމުން ދެވަނަ ބުރުގައި އެކަން ތަކުރާރުވިޔަ ނުދޭން ގްރީނުން މަސައްކަތްކުރާނެ ކަމަށެވެ.

ނިސްތާރު ބުނީ ގްރީންގައި އަނިޔާގެ މައްސަލަތަކެއް އެބަހުރި ކަމަށާއި، އެހެން ނަމަވެސް އެ ޓީމުގެ ސްކޮޑް ރޮޓޭޓްކުރެވުން އެއީ ލިބޭ ހިތްހަމަޖެހުމެއް ކަމަށެވެ. އަދި ޚާއްޞަކޮށް އެޓޭކިން ލައިނުގައި ފުރަތަމަ އެގާރައަށް ވާދަވެރިކަން ބޮޑު ކަމަށްވެސް ނިސްތާރު ބުންޏެވެ. އެކަމަކު ގްރީނަށް މިވަގުތު މުހިންމީ ހަލުވި ކުޅުންތެރިން ކަމަށްވެސް ނިސްތާރު ވަނީ ބުނެފައެވެ.

ގްރީން މެޗުގެ ކުރިން ޓީސީގެ ކޯޗު މުޙައްމަދު ނިޒާމް (ނިޒާމްބެ) ބުނީ މި މެޗަށް އެ ޓީމުން ނުކުންނަނީ ގްރީނަކީ ކިހާ ފެންވަރެއްގެ ޓީމެއްކަން ދަނެގެން ކަމަށާއި، އަދި ޓީސީއަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ އެންމެ ފަހުން ކުޅުނު މެޗު ކާމިޔާބުކޮށްފައި އޮތުން ކަމަށެވެ.

ނިޒާމްބެ އިތުރަށް ބުނީ މިއީ ލީގުގައި ޓީސީއަށް އެންމެ މުހިންމު އެއް މެޗު ކަމަށާއި، އެހެންކަމުން މި މެޗުން ތިން ޕޮއިންޓް ހޯދުން އެއީ ޓީސީއަށް އެންމެ މުހިންމު ކަންތައް ކަމަށެވެ. އަދި ލީގުގައި ކުރިއަށްދާން ބޭނުންނަމަ، މި ތިން ޕޮއިންޓް ހޯދަން ޖެހޭ ކަމަށްވެސް ނިޒާމްބެ ބުންޏެވެ.

ލީގުގައި ޓީސީ އާއި ގްރީން ބައްދަލުކުރާއިރު، ގްރީން އޮތީ ތާވަލުގެ ތިންވަނައިގައި ކުޅުނު 11 މެޗުން ލިބުނު 17 ޕޮއިންޓާއެކުއެވެ. އަދި ތާވަލުގެ ފަސްވަނައިގައި ޓީސީ އޮތީ 11 މެޗުން ލިބުނު 12 ޕޮއިންޓާއެކުއެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ޓީސީ އާއި ގްރީން ބައްދަލުކުރާ މެޗު ފަށާނީ ހޮނިހިރު ދުވަހުގެރޭ 21:00 ގައެވެ.

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގު: ތިއާގޯ ސިލްވާ އަށް ބާސާއާ ދެކޮޅަށް ނުކުޅެވޭނެ

14 ފެބުރުއަރީ 2017
 ޗެމްޕިއަންސް ލީގު: ތިއާގޯ ސިލްވާ އަށް ބާސާއާ ދެކޮޅަށް ނުކުޅެވޭނެ
08 ފެބުރުއަރީ 2017

އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި

08 ފެބުރުއަރީ 2017
އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި
30 ޖެނުއަރީ 2017

މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް

30 ޖެނުއަރީ 2017
މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް
27 ޖެނުއަރީ 2017

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

27 ޖެނުއަރީ 2017
ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި
25 ޖެނުއަރީ 2017

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު