Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފްއޭއެމް ލީގު ކަޕް

ޓީސީ ބަލިކޮށް، މާޒިޔާ ފައިނަލަށް

26 މެއި 2025 | ހޯމަ 04:27

ޓީސީ ބަލިކޮށް މާޒިޔާ އިން މުބާރާތުގެ ފައިނަލްގެ ޖާގަ ހޯދިއިރު، މާޒިޔާ އިން މިހާތަނަށް މުބާރާތުގައި ބަލިވެފައި ނުވެ އެވެ. ލީގު ބުރުގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން މޮޅުވެފައިވާއިރު، އެއް މެޗު ވަނީ އެއްވަރުވެފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 26 މެއި 2025 | ހޯމަ 04:27
އެފްއޭއެމް ލީގު ކަޕްގެ ސެމީ ފައިނަލްގައި މާޒިޔާ އާއި ޓީސީ ކުޅުނު މެޗުގެ ތެރެއިން

އެފްއޭއެމް ލީގު ކަޕްގެ ސެމީ ފައިނަލްގައި މާޒިޔާ އާއި ޓީސީ ކުޅުނު މެޗުގެ ތެރެއިން

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދާ، އެފްއޭއެމް ލީގު ކަޕްގެ ފައިނަލްގެ ފުރަތަމަ ޖާގަ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އިން ހޯދައިފި އެވެ.

މުބާރާތުގެ ލީގު ބުރުގެ އެއް ވަނަ ހޯދައިގެން މާޒިޔާ ސެމީ ފައިނަލްގެ ފުރުސަތު ހޯދިއިރު، ޓީސީ އިން ސެމީ ފައިނަލްގެ ފުރުސަތު ހޯދީ ލީގު ބުރުގެ ހަތަރު ވަނަ ޓީމުގެ ގޮތުގަ އެވެ.

އާދީއްތަ ދުވަހުގެ ހަވީރު ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު ސެމީ ފައިނަލް މެޗު މާޒިޔާ އިން ކާމިޔާބު ކުރީ 1-0 އިންނެވެ. އެ ޓީމުން ލަނޑު ޖެހީ މެޗުގެ ފުރަތަމަ ހާފުގަ އެވެ. މުބާރާތުގެ ލީގު ބުރުގައި މި ދެ ޓީމު ބައްދަލު ކުރި މެޗު ވެސް ކާމިޔާބު ކުރީ މާޒިޔާ އިންނެވެ.

މެޗު ފަށައިގެން ވެސް މާޒިޔާ އިން ވަނީ ރަނގަޅަށް ކުޅެ، ޓީސީ ކޮޅަށް ލަނޑު ޖަހަން ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. އެގޮތުން މާޒިޔާގެ ހަމްޒާ މުޙައްމަދު (ހަމްޕު)ގެ އިތުރުން، ޙަސަން ރާއިފް އަޙުމަދު ވެސް ވަނީ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 38 ވަނަ މިނެޓުގައި މާޒިޔާ އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. ޓީސީގެ އޭރިޔާ ބޭރުން ލިބުނު ފުރުސަތެއްގައި ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލައިގެން މާޒިޔާ އަށް ލީޑު ނަގައިދިނީ ޑިފެންޑަރު ޙުސެއިން ޝިފާއު ޔޫސުފް އެވެ.

މެޗުގައި ޓީސީ އިން ވެސް ވަނީ ލަނޑު ޖަހަން މަސައްކަތްކޮށް، ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް ޓީސީ އަށް ފުރުސަތު ވެސް ލިބުނެވެ. ދެ ވަނަ ހާފުގައި ޓީސީގެ މާޔިޒް ވަޙީދު ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއާ އެވެ.

އޭގެ ފަހުން މެޗުގައި ޓީސީ އިން ލަނޑެއް ވެސް ޖެހި އެވެ. އެ ޓީމުގެ އަޝްހަމް އިބްރާހީމް މުޙައްމަދު ލަނޑެއް ޖެހި ނަމަވެސް، އޭނާ އޮފްސައިޑުގައި ހުރުމުން އެ ލަނޑު ބަލައިގަނެފައި ނުވެ އެވެ.

ޓީސީ ބަލިކޮށް މާޒިޔާ އިން މުބާރާތުގެ ފައިނަލްގެ ޖާގަ ހޯދިއިރު، މާޒިޔާ އިން މިހާތަނަށް މުބާރާތުގައި ބަލިވެފައި ނުވެ އެވެ. ލީގު ބުރުގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން މޮޅުވެފައިވާއިރު، އެއް މެޗު ވަނީ އެއްވަރުވެފަ އެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

3

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ބަންގްލަދޭޝްގެ ދައުވަތަކަށް ޝޭހް ކަމާލް ކަޕަށް އަންނަ މަހު ޓީސީ ފުރަނީ!

23 ޖެނުއަރީ 2017
ބަންގްލަދޭޝްގެ ދައުވަތަކަށް ޝޭހް ކަމާލް ކަޕަށް އަންނަ މަހު ޓީސީ ފުރަނީ!
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
14 ޖެނުއަރީ 2017

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް
14 ޖެނުއަރީ 2017

ރޫމޭނިއާގެ ޑިފެންޑަރެއް މާޒިޔާއަށް ގެނެސްފި

14 ޖެނުއަރީ 2017
ރޫމޭނިއާގެ ޑިފެންޑަރެއް މާޒިޔާއަށް ގެނެސްފި
10 ޖެނުއަރީ 2017

މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

10 ޖެނުއަރީ 2017
މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
07 ޖެނުއަރީ 2017

ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި

07 ޖެނުއަރީ 2017
ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި
06 ޖެނުއަރީ 2017

ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި

06 ޖެނުއަރީ 2017
ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް