Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެފްއޭއެމް ލީގު ކަޕް

ނިއު ރޭޑިއަންޓުން ޓީސީ ބަލިކޮށްފި

ނިއު ރޭޑިއަންޓުން ދެ ވަނަ ހާފުގައި ހަތަރު ލަނޑު ޖެހިއިރު، ޓީސީ އިން ވެސް ވަނީ ލަނޑެއް ޖަހައިފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 14 މެއި 2025 | ބުދަ 06:05
އެފްއޭއެމް ލީގު ކަޕްގައި ނިއު ރޭޑިއަންޓް އަދި ޓީސީ ކުޅުނު މެޗުގެ ތެރެއިން

އެފްއޭއެމް ލީގު ކަޕްގައި ނިއު ރޭޑިއަންޓް އަދި ޓީސީ ކުޅުނު މެޗުގެ ތެރެއިން

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދާ، އެފްއޭއެމް ލީގު ކަޕްގައި ޓީސީ ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅުނު މެޗުން ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު މޮޅުވެއްޖެ އެވެ.

އަންގާރަ ދުވަހުގެ ހަވީރު ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މެޗު ނިއު ރޭޑިއަންޓުން ކާމިޔާބު ކުރީ 4-1 އިންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހެ އެވެ. ނަމަވެސް ނިއު ރޭޑިއަންޓުން ދެ ވަނަ ހާފުގައި ހަތަރު ލަނޑު ޖެހިއިރު، ޓީސީ އިން ވެސް ވަނީ ލަނޑެއް ޖަހައިފަ އެވެ.

މެޗުގެ ދެ ވަނަ ހާފު ފަށައިގެން ހަތަރު ވަނަ މިނެޓުގައި ނިއު ރޭޑިއަންޓަށް ލީޑު ނަގައިދިނީ ބިދޭސީ ކުޅުންތެރިޔާ ރަފީގު އަމީނު އެވެ. އޭގެ ފަހުން މެޗުގެ 59 ވަނަ މިނެޓުގައި ޓީސީގެ ޒަޔާން ޒާހިރު ޖެހި ލަނޑުން އެ ޓީމު ވަނީ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.

މެޗުގައި ދެ ވަނަ ފަހަރަށް ނިއު ރޭޑިއަންޓުން ލީޑު ނެގީ، މެޗުގެ 69 ވަނަ މިނެޓުގައި މޫސާ ޔާމީން ޖެހި ލަނޑުންނެވެ. އޭގެ ތިން މިނެޓު ފަހުން އަމީނު ވަނީ ނިއު ރޭޑިއަންޓުގެ ތިން ވަނަ ލަނޑު ޖަހައިފަ އެވެ. މެޗުގައި ނިއު ރޭޑިއަންޓުގެ ހަތަރު ވަނަ ލަނޑު އާދަމް ނާސިހު ޖެހީ 82 ވަނަ މިނެޓުގަ އެވެ.

މިއީ އެފްއޭއެމް ލީގު ކަަޕްގައި ނިއު ރޭޑިއަންޓުން ކުޅުނު ދެ ވަނަ މެޗެވެ. ފުރަތަމަ މެޗުގައި ވާދަވެރި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަތުން ބަލިވި ނަމަވެސް، ދެ ވަނަ މެޗުގައި ނިއު ރޭޑިއަންޓުން މި ވަނީ ޓީސީ ބަލިކޮށްފަ އެވެ.

މުބާރާތުގައި މިއީ ޓީސީ އިން ކުޅުނު ތިން ވަނަ މެޗެވެ. ފުރަތަމަ މެޗުގައި އޮޑި ސްޕޯޓްސް ކުލަބު އަތުން އެއްވަރުވި ނަމަވެސް، ދެ ވަަނަ މެޗުގައި މާޒިޔާ އަދި ތިން ވަނަ މެޗުގައި ނިއު ރޭޑިއަންޓު އަތުން މި ވަނީ ބަލިވެފަ އެވެ.

މުބާރާތުގައި ޓީސީގެ ހަތަރު ވަނަ މެޗުގައި ހޮނިހިރު ދުވަހުގެ ހަވީރު ނިކުންނާނީ މަހިބަަދޫ ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ. އަދި ނިއު ރޭޑިއަންޓުގެ ތިން ވަނަ މެޗުގައި ހަމަ ދުވަހުގެ ރޭ ނިކުންނާނީ އޮޑިއާ ދެކޮޅަށެވެ.

އެފްްއޭން އިން އިންތިޒާމު ކޮށްގެން ބާއްވާ މި މުބާރާތުގައި ވާދަކުރަނީ ފަސް ކުލަބެވެ. އެއީ ފުރަތަމަ ޑިވިޝަންގެ ތިން ކުލަބުގެ އިތުރުން، ދެ ވަނަ ޑިވިޝަންގެ ދެ ކުލަބެވެ.

މިއީ މިދިޔަ އޭޕްރީލް މަހު ފަށަން މަސައްކަތް ކުރި ފުޓުބޯޅަ ސީޒަން ފެށުން ލަސް ކުރަން ޖެހުމުން، އޭގެ ބަދަލުގައި އެފްއޭއެމް އިން ބާއްވާ މުބާރާތެކެވެ.

ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބްެއެފްއޭއެމް ލީގު ކަޕްޓީސީ ސްޕޯޓްސް ކުލަބު

ކޮމެންޓް

އިތުރަށް ކިޔާލަން

ޓީސީ ބަލިކޮށް އޮޑި ދެ ވަނަ އަށް

ޓީސީ ބަލިކޮށް އޮޑި ދެ ވަނަ އަށް

30 ނޮވެމްބަރު 2025
ނިއު ބަލިކޮށް އޮޑި ދެ ވަނަ އަށް ޖެހިލައިފި

ނިއު ބަލިކޮށް އޮޑި ދެ ވަނަ އަށް ޖެހިލައިފި

24 ނޮވެމްބަރު 2025
ފުލުގައި އޮތް ގްރީން ސްޓްރީޓްސް އިން ނިއު ހިފަހައްޓައިފި

ފުލުގައި އޮތް ގްރީން ސްޓްރީޓްސް އިން ނިއު ހިފަހައްޓައިފި

09 ނޮވެމްބަރު 2025
ބެންޖޯގެ އިރުޝާދުގެ ދަށުން އީގަލްސް އަށް ފުރަތަމަ މޮޅު

ބެންޖޯގެ އިރުޝާދުގެ ދަށުން އީގަލްސް އަށް ފުރަތަމަ މޮޅު

03 ނޮވެމްބަރު 2025
އޮޑި އާއި ވިކްޓަރީ ވެސް މޮޅުވެއްޖެ

އޮޑި އާއި ވިކްޓަރީ ވެސް މޮޅުވެއްޖެ

27 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު