Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފްއޭއެމްގެ އިންތިޚާބު

ގްރީން ސްޓްރީޓްސް އިން ޓޮމް އަށް ތާއީދު ކުރަން ނިންމައިފި

މިއީ ގްރީން ސްޓްރީޓްސް އިން ޓޮމް އަށް ތާއީދު ކުރަން ނިންމި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ދެ ފަހަރު ބާއްވަން މަސައްކަތް ކުރި އިންތިޚާބުގައި ވެސް އެ ކުލަބުން ތާއީދު ކޮށްފައި ވަނީ ޓޮމްއާ ވާދަވެރި ކެންޑިޑޭޓަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 25 ޖޫން 2025 | ބުދަ 06:05
އެފްއޭއެމްގެ ކުރީގެ ރައީސް އަދި މަހިބަދޫ ދާއިރާގެ މެމްބަރު އަޙުމަދު ޠާރިޤް (ޓޮމް)

އެފްއޭއެމްގެ ކުރީގެ ރައީސް އަދި މަހިބަދޫ ދާއިރާގެ މެމްބަރު އަޙުމަދު ޠާރިޤް (ޓޮމް)

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިންތިޚާބުގައި ޤައުމީ ޓީމުގެ ކުރީގެ ފޯވާޑް އަޙުމަދު ޠާރިޤް (ޓޮމް) އަށް ތާއީދު ކުރުމަށް ކުލަބު ގްރީން ސްޓްރީޓްސް އިން ނިންމައިފި އެވެ.

އެފްއޭއެމްގެ ނޯލަމައިޒިން ކޮމެޓީ އިން މިހާރު ކުރަމުން އަންނަ މަސައްކަތަކީ، ހުކުރު ދުވަހު އެފްއޭއެމްގެ އޯޑިނަރީ ކޮންގްރެސް ބޭއްްވުމުގެ މަސައްކަތެވެ. އެ ކޮންގްރެސްގައި އެފްއޭއެމްގެ އިސްލާޙު ކޮށްފައިވާ އަސާސީ ޤަވާއިދު ފާސް ކުރުމާއި، އެފްއޭއެމްގެ އިންތިޚާބު ބާއްވާނެ ތާރީޚެއް ވެސް ކަނޑައަޅާނެ އެވެ.

އެފްއޭއެމްގެ ރައީސްކަން މީގެ ކުރިން ވެސް ކޮށްފައިވާ، އަދި ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރަމުން އަންނަ ޓޮމް އަކީ، އެފްއޭއެމްގެ އިންތިޚާބުގައި ވާދަ ކުރާނެކަން އިއުލާން ކޮށްފައިވާ ފަރާތެކެވެ. އެފްއޭއެމް އިން މީގެ ކުރިން ދެ ފަހަރެއްގެ މަތިން އިންތިޚާބު ބާއްވަން މަސައްކަތް ކުރިއިރު، ޓޮމް ވަނީ ކުރިމަތިލައިފަ އެވެ.

ކުލަބު ގްރީން ސްޓްރީޓްސް އިން ނެރުނު ބަޔާނެއްގައި އެ ކުލަބުން ބުނެފައި ވަނީ، ހުކުރު ދުވަހު ބާއްވާ އެފްއޭއެމްގެ ކޮންގްރެސް އަދި އޭގެ ފަހުން ބާއްވާ އެފްއޭއެމްގެ އިންތިޚާބުގައި ޓޮމް އާއި އޭނާގެ ޓީމަށް ތާއިދު ކުރުމަށް އެ ކުލަބުން ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން އެ ކުލަބުން ބުނެފައި ވަނީ މިއީ ދިވެހި ފުޓުބޯޅަ އަށް އެއްބައިވަންތަކަމާއި، ކުރިއެރުން ގެެނެސްދޭނެ ނިންމުމެއް ކަމަށެވެ. އަދި އެންމެ އެކުގައި ކުރިއަށް ދަނީ ޚަރުދަނާ މުސްތަޤުބަލަކަށްޓަކައި ކަމަށާއި، ކުރިއަށް ދަނީ އެއް ވިސްނުމެއްގައި ކަމަށް ވެސް ވަނީ ބުނެފަ އެވެ.

މިއީ ގްރީން ސްޓްރީޓްސް އިން ޓޮމް އަށް ތާއީދު ކުރަން ނިންމި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ދެ ފަހަރު ބާއްވަން މަސައްކަތް ކުރި އިންތިޚާބުގައި ވެސް އެ ކުލަބުން ތާއީދު ކޮށްފައި ވަނީ ޓޮމްއާ ވާދަވެރި ކެންޑިޑޭޓަށެވެ. ގްރީންގެ ތާއީދު ޓޮމް އަށް ލިބުމުން، ކުރިއަށް އޮތް އިންތިޚާބުގައި ފުރަތަމަ ޑިވިޝަންގެ ގިނަ ކުލަބުތަކެއް އޮންނާނީ އޭނާގެ ފަހަތުގައި ކަމަށް ބެލެވެ އެވެ.

އެފްއޭއެމް އިން ދެން ބާއްވާ އިންތިޚާބުގައި ޓޮމްގެ އިތުރުން، ދެން ވާދަ ކުރާނެ ކެންޑިޑޭޓުން ޔަގީންވެފައި އަދި ނުވެ އެވެ.

ކުލަބް ގްރީން ސްޓްރީޓްސްފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އަޙުމަދު ތާރިޤު (ޓޮމް)

އިތުރަށް ކިޔާލަން

01 ޑިސެމްބަރު 2025

ޔޫވީ އިން ގްރީން ބަލިކޮށްފި

01 ޑިސެމްބަރު 2025
ޔޫވީ އިން ގްރީން ބަލިކޮށްފި
05 ނޮވެމްބަރު 2025

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

05 ނޮވެމްބަރު 2025
ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ
01 ނޮވެމްބަރު 2025

އޮޑިން ގްރީން ބަލިކޮށްފި

01 ނޮވެމްބަރު 2025
އޮޑިން ގްރީން ބަލިކޮށްފި
27 އޮކްޓޯބަރު 2025

އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

27 އޮކްޓޯބަރު 2025
އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން
26 އޮކްޓޯބަރު 2025

ގްރީން ކޮޅަށް ނުވަ ލަނޑު ޖަހައި މާޒިޔާ އަށް ބޮޑު މޮޅެއް

26 އޮކްޓޯބަރު 2025
ގްރީން ކޮޅަށް ނުވަ ލަނޑު ޖަހައި މާޒިޔާ އަށް ބޮޑު މޮޅެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު