Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު އެފްއޭއެމް ލީގު ކަޕް

މަހިބަދޫ އަތުން މޮޅުވެ ޓީސީ ސެމީ ފައިނަލަށް

ޓީސީ އިން ކުޅުނު ހަތަރު މެޗުން ހަތަރު ޕޮއިންޓު ލިބިފައިވާއިރު، އެ ޓީމު އޮތީ ހަތަރު ވަނައިގަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 18 މެއި 2025 | އާދީއްތަ 06:10
މުބާރާތުގައި ޓީސީ އާއި މަހިބަދޫ ކުޅުނު މެޗުގެ ތެރެއިން

މުބާރާތުގައި ޓީސީ އާއި މަހިބަދޫ ކުޅުނު މެޗުގެ ތެރެއިން

މިހާރު ކުރިއަށްދާ އެފްއޭއެމް ލީގު ކަޕްގައި މަހިބަދޫ ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ޓީސީ ސްޕޯޓްސް ކުލަބުން މުބާރާތުގެ ސެމީ ފައިނަލްގެ ފުރުސަތު ހޯދައިފި އެވެ.

މުބާރާތުގައި ޓީސީގެ ފުރަތަމަ މެޗުގައި ވަނީ އޮޑި ސްޕޯޓް ކުލަބާ ވާދަކޮށް އެއްވަރުވެފަ އެވެ. ދެ ވަނަ މެޗުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަތުން ބަލިވީއިރު، ތިން ވަނަ މެޗުގައި ވަނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު އަތުން ވެސް ބަލިވެފަ އެވެ.

މަހިބަދޫ އިން ވަނީ ފުރަތަމަ މެޗުގައި އޮޑި އަތުން އަދި ދެ ވަނަ މެޗުގައި މާޒިޔާ އަތުން ވެސް ބަލިވެފަ އެވެ. ތިން ވަނަ މެޗުގައި ޓީސީއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެފައި ވަނީ 2-1 އިންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ޓީސީ އިން ވަނީ އެއް ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. ދެ ވަނަ ހާފުގައި މަހިބަދޫ އިން ނަތީޖާ ހަމަހަމަ ކުރިއިރު، ޓީސީ އިން ވަނީ ފަހު ވަގުތު ލަނޑު ޖަހައިގެން މެޗުން މޮޅުވެފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 10 ވަނަ މިނެޓުގައި ޓީސީ އަށް ލީޑު ނަގައިދިނީ މާޔިޒް ވަހީދު އެވެ. އެއީ އެ ޓީމަށް ލިބުނު ކޯނަރެއްގައި އޭނާ ނެގި ބޯޅަ ގޯލަށް ވައްދާލައިގެންނެވެ.

މެޗުގެ ދެ ވަނަ ހާފުގެ ފަހު ދިހަ މިނެޓުގެ ތެރޭގައި މަހިބަދޫ އިން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ އަސަދުﷲ ޢަބްދުﷲ އެވެ.

މެޗުގެ ފަހު ވަގުތުގައި ޓީސީ އިން ވަނީ ދެ ވަނަ ލަނޑެއް ޖަހައިގެން މެޗުން މޮޅުވެފަ އެވެ. އެއީ އެ ޓީމުގެ ޢަބްދުﷲ ރިޒާން ޖެހި ލަނޑުންނެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޓީސީގެ މާޔިޒް އެވެ.

އެފްއޭއެމް އިން ކުރިއަށް ގެންދާ މި މުބާރާތުގައި ފަސް ޓީމަކުން ވާދަ ކުރެ އެވެ. މުބާރާތުގެ ލީގު ބުރުގެ ކުޅުން ނިމޭއިރު، ގަދަ ހަތަރު ޓީމަށް ސެމީ ފައިނަލްގެ ޖާގަ ލިބޭނެ އެވެ. ޓީސީ އިން ކުޅުނު ހަތަރު މެޗުން ހަތަރު ޕޮއިންޓު ލިބިފައިވާއިރު، އެ ޓީމު އޮތީ ހަތަރު ވަނައިގަ އެވެ.

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ވިންސެންޓްގެ ގައުމީ ޓީމަށް ކުޅެފައިވާ ފޯވާޑެއް ޓީސީއަށް

27 ޖެނުއަރީ 2017
ވިންސެންޓްގެ ގައުމީ ޓީމަށް ކުޅެފައިވާ ފޯވާޑެއް ޓީސީއަށް
26 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް
26 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް
24 ޖެނުއަރީ 2017

ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ

24 ޖެނުއަރީ 2017
ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ
23 ޖެނުއަރީ 2017

ބަންގްލަދޭޝްގެ ދައުވަތަކަށް ޝޭހް ކަމާލް ކަޕަށް އަންނަ މަހު ޓީސީ ފުރަނީ!

23 ޖެނުއަރީ 2017
ބަންގްލަދޭޝްގެ ދައުވަތަކަށް ޝޭހް ކަމާލް ކަޕަށް އަންނަ މަހު ޓީސީ ފުރަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު