Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފްރެންޗް ލީގު

ޕީއެސްޖީ ދެވަނައަށް ވެއްޓުނުއިރު، ނޭމާއަށް ރަތެއް

4 އެޕްރީލު 2021 | އާދީއްތަ 05:40

ތާވަލުގެ ދެވަނައަށް ޕީއެސްޖީ ވެއްޓުނީ 63 ޕޮއިންޓާއެކު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 4 އެޕްރީލު 2021 | އާދީއްތަ 05:40
ޕީއެސްޖީ އާއި ލިލް ބައްދަލުކުރި މެޗުގެ ތެރެއިން ނޭމާއަށް ދެއްކި ރަތް ކާޑު

ޕީއެސްޖީ އާއި ލިލް ބައްދަލުކުރި މެޗުގެ ތެރެއިން ނޭމާއަށް ދެއްކި ރަތް ކާޑު

ފްރެންޗް ލީގުގައި ހޮނިހިރު ދުވަހުގެރޭ ލިލް އަތުން ބަލިވެ ތާވަލުގެ ދެވަނައަށް އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީ ވެއްޓުނުއިރު، ޗުގެ އިތުރު ވަގުތުގައި އެ ޓީމުގެ ނޭމާއަށް ރަތް ކާޑެއް ދައްކައިފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ޕީއެސްޖީ ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ޕީއެސްޖީން ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް، މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ލިލްއިން ކާމިޔާބުކޮށްފައިވަނީ މެޗުގެ 20 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އުމުރުން 20 އަހަރުގެ ޖޮނަތަން ޑޭވިޑެވެ. އެކަމަކު ލިބުނު އަނިޔާއަކާ ގުޅިގެން ފުރަތަމަ ހާފުގައި އޭނާ ވަނީ ބަދަލުކޮށްފައެވެ.

މި މެޗުގައި ޕީއެސްޖީއަށް ކުޅެމުން އަންނަ ބްރެޒިލުގެ ތަރި ނޭމާއަށް ރަތް ކާޑެއް ދައްކާފައިވަނީ މެޗުގެ އިތުރު ވަގުތުގައެވެ. ދެވަނަ ރީނދޫ ކާޑާއެކު ނޭމާއަށް ރަތެއް ދެއްކީ އިތުރު ވަގުތުގައި ލިލްގެ ޑިފެންޑަރު ޓިއާގޯ ޑިޔާލޯއާ ދެމެދު ހިނގި ހަމަނުޖެހުމެއްގެ ތެރެއިންނެވެ. އެއާއެކު ނޭމާގެ އިތުރުން ޑިޔާލޯއަށްވެސް ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކާފައެވެ.

މެޗުގެ ފަހު ވަގުތު ނޭމާއަށް ރަތް ކާޑެއް ދެއްކިއިރު، މިއީ މި ފަހަރު ލީގުގައި އޭނާއަށް ދެއްކި ދެވަނަ ރަތް ކާޑެވެ.

މި މެޗުން ޕީއެސްޖީ ބަލިވިއިރު، ތާވަލުގެ ދެވަނައަށް ޕީއެސްޖީ ވެއްޓުނީ ކުޅުނު 31 މެޗުން ލިބުނު 63 ޕޮއިންޓާއެކުއެވެ. އަދި ޕީއެސްޖީ ފަހަތަށް ޖައްސާލައި، އެއްވަނައަށް އެރި ލިލްއަށް 31 މެޗުން ވަނީ 66 ޕޮއިންޓް ލިބިފައެވެ.

ފްރެންޗް ލީގުޕީއެސްޖީ

އިތުރަށް ކިޔާލަން

23 ސެޕްޓެމްބަރު 2025

ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި

23 ސެޕްޓެމްބަރު 2025
ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި
18 ސެޕްޓެމްބަރު 2025

ޗެމްޕިއަން ޕީއެސްޖީ އަށް ވެސް ވަރުގަދަ ފެށުމެއް

18 ސެޕްޓެމްބަރު 2025
ޗެމްޕިއަން ޕީއެސްޖީ އަށް ވެސް ވަރުގަދަ ފެށުމެއް
07 ސެޕްޓެމްބަރު 2025

ސައިކަލް އެކްސިޑެންޓެއްގައި އެންރީކޭ އަށް ސީރިއަސް އަނިޔާތަކެއް

07 ސެޕްޓެމްބަރު 2025
ސައިކަލް އެކްސިޑެންޓެއްގައި އެންރީކޭ އަށް ސީރިއަސް އަނިޔާތަކެއް
13 ޖުލައި 2025

ކުލަބު ވޯލްޑް ކަޕްގެ ފައިނަލަށް ޓްރަމްޕް ވަޑައިގަންނަވާނެ

13 ޖުލައި 2025
ކުލަބު ވޯލްޑް ކަޕްގެ ފައިނަލަށް ޓްރަމްޕް ވަޑައިގަންނަވާނެ
10 ޖުލައި 2025

ރެއާލް ބަލިކޮށް، ޕީއެސްޖީ ފައިނަލަށް

10 ޖުލައި 2025
ރެއާލް ބަލިކޮށް، ޕީއެސްޖީ ފައިނަލަށް
30 ޖޫން 2025

އިންޓަރ މިއާމީ ބަލިކޮށް ޕީއެސްޖީ ކުއާޓާ ފައިނަލަށް

30 ޖޫން 2025
އިންޓަރ މިއާމީ ބަލިކޮށް ޕީއެސްޖީ ކުއާޓާ ފައިނަލަށް
21 ޑިސެމްބަރު 2024

ޑޮންނަރުންމާގެ މުސްތަޤުބަލާ މެދު ނިންމާނެ ގޮތަކާ މެދު ދަނީ ވިސްނަމުން

21 ޑިސެމްބަރު 2024
ޑޮންނަރުންމާގެ މުސްތަޤުބަލާ މެދު ނިންމާނެ ގޮތަކާ މެދު ދަނީ ވިސްނަމުން
11 ޑިސެމްބަރު 2024

ސަލްސްބާގް އަތުން ޕީއެސްޖީ މޮޅުވެއްޖެ

11 ޑިސެމްބަރު 2024
ސަލްސްބާގް އަތުން ޕީއެސްޖީ މޮޅުވެއްޖެ
07 ޑިސެމްބަރު 2024

ޕީއެސްޖީގެ ރައީސް ވިދާޅުވީ ޞަލާޙު ގެންނައުމުގެ ޝައުޤުވެރިކަމެއް ނެތް ކަމަށް

07 ޑިސެމްބަރު 2024
ޕީއެސްޖީގެ ރައީސް ވިދާޅުވީ ޞަލާޙު ގެންނައުމުގެ ޝައުޤުވެރިކަމެއް ނެތް ކަމަށް
05 ނޮވެމްބަރު 2024

ޕީއެސްޖީގައި ކުރެވޭ މަސައްކަތާ މެދު އެންރީކޭ ހިތްހަމަ ޖެހޭ!

05 ނޮވެމްބަރު 2024
ޕީއެސްޖީގައި ކުރެވޭ މަސައްކަތާ މެދު އެންރީކޭ ހިތްހަމަ ޖެހޭ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް