Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ހޯމްސްޓޭ ވިޔަފާރި ރާއްޖޭގައި ފުޅާ ކުރުން

"ހޯމް ސްޓޭ" ވިޔަފާރީގެ މައުލޫމާތު މިފަހަރު ގުރައިދޫއިން

އަތޮޅުގެ ލޯކަލް ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން ބައިވެރިވެފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 3 އެޕްރީލު 2021 | ހޮނިހިރު 18:31
ކ ގުރައިދޫގައި "ރަށްވެހި އުފާ" ގެ ނަމުގައި ކުރިއަށް ގެންދިޔަ ޙަރަކާތުގެ ތެރެއިން

ކ ގުރައިދޫގައި "ރަށްވެހި އުފާ" ގެ ނަމުގައި ކުރިއަށް ގެންދިޔަ ޙަރަކާތުގެ ތެރެއިން

ކ ގުރައިދޫގައި އެމްޑީޕީން ބޭއްވި "ރަށްވެހި އުފާ" ސިލްސިލާ ކެމްޕެއިން ޙަރަކާތުގައި "ހޯމް ސްޓޭ" ވިޔަފާރިތައް ފުޅާ ކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކޮށްފިއެވެ.

ހޮނިހިރު ދުވަހުގެރޭ ގުރައިދޫގައި ބޭއްވި މި ޙަރަކާތުގެ ތެރެއިން ވަނީ އަމިއްލަ ގޭގެ ކޮޓަރި ގެސްޓުންނަށް ދޫކުރެވޭ ގޮތަށް "ހޯމް ސްޓޭ" ވިޔަފާރިތައް ރާއްޖޭގައި ކުރިއަށް ގެންދެވިދާނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައެވެ. މި ޙަރަކާތުގައި އަތޮޅުގެ ލޯކަލް ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން ބައިވެރިވެފައިވާއިރު، ބައްދަލުވުން ހުށައަޅުއްވައިދެއްވީ ލޯކަލް ޓޫރިޒަމް ދާއިރާގައި ރާއްޖޭގައި ފުންނާބުއުސް، އަދި އެމްޑީޕީގެ ޙަރަކާތްތަކުގައި ވެސް އުޅުއްވާ އަބްދުﷲ ރަޝީދެވެ.

Advertisement - newsAdvertisement

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަ ކުރައްވާ ކެނޑިޑޭޓުންނާއެކު ބޭއްވި މި މަޝްވަރާ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރަޝީދު ވިދާޅުވީ، ރަށެއްގެ ކުރިއެރުމަކީ އެރަށެއްގެ ރައްޔިތުންނަށް ލިބިގެންދާ ތަރައްޤީއާއި ކުރިއެރުން ކަމަށެވެ. އެގޮތުން މިއީ ރައްޔިތުންނަށް ވެސް ޑޮލަރު ލިބޭނެ މަގެއްކަން ފާހަގަ ކުރައްވައި ރަޝީދު ވިދާޅުވީ، ރަށުގެ ރީތިކަމާއި ޤުދުރަތީ ސިފަތަކުގެ މަންފާ ހޯދައި، ރަށްރަށުގެ ލޯކަލް ޓޫރިޒަމް ވެސް ފުޅާކުރެވިގެންދާނެ ކަމަށެވެ.

ހޯމް ސްޓޭ ވިޔަފާރިއާ ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމަށް މީގެ ކުރިން ފުވައްމުލައް ސިޓީގައި ވެސް ޙާއްސަ ޙަރަކާތެއް ކުރިއަށް ގެންގޮސްފައިވެއެވެ. އެގޮތުން ދިވެހިރާއްޖެ ކަހަލަ ޖަޒީރާ ގައުމަކަށް އެންމެ އެކަށީގެންވާ ވިޔަފާރި ކަމަށާއި، މި ވިޔަފާރީގެ ސަބަބުން ފަތުރުވެރިންނަށް ދިވެހީންގެ އާދަކާދަތަކާއި، ސަގާފަތް އޭގެ ގޮތުގައި ތަޖުރިބާ ކުރެވޭނެ ކަމަށް މި ސިނާއަތުގައި ޙަރަކާތްތެރިވާ ފަރާތްތަކުން ބުނެއެވެ. އެގޮތުން ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށްޓަކައި ހޯމް ސްޓޭ ތައާރަފު ކުރަން ނިންމި ނިންމުމަކީ އެމްޑީޕީގެ މެނިފެސްޓޯގައިވެސް ހިމެނިފައިވާ ކަމެކެވެ.

އޭގެ އިތުރުން، ނިމިދިޔަ ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީން ހުށަހަޅާ ބަރުލަމާނީ ވައުދުތަކުގެ ތެރެއިން ގެސްޓްހައުސް ވިޔަފާރި ފުޅާކުރުމާ ބެހޭ ގޮތުން މައުލޫމާތު ފޯރުކޮށްދިނުމަށް ބޭއްވި ޕެނަލް ޑިސްކަޝަންގައި ޓޫރިޒަމް ފުޅާކުރުމަށް ހުށަހަޅާފައިވާ ކަރުދާހުގައި އެފަދަ ގިނަ ކަންކަން ހިމެނިފައިވެއެވެ. އޭގެ ތެރެއިންވެސް އެންމެ މުހިންމު އެއްކަމަކީ ހޯމް ސްޓޭ މުޅިން އަލަށް ތައާރަފް ކުރަން ނިންމި ނިންމުން ކަމަށާއި، އެކަމުން އެތައް ފައިދާއެއް ރައްޔިތުންނަށް ލިބޭނެ ކަމަށް އެމްޑީޕީގެ މެމްބަރުންވެސް ވިދާޅުވެފައިވެއެވެ.

ރަށްވެހި ފަތިސްރަށްވެހި ފަތިސް ކެމްޕޭން

ކޮމެންޓް

އިތުރަށް ކިޔާލަން

 އެމްޑީޕީން ކައުންސިލް އިންތިހާބަށްވާ އެންމެ ބޮޑު ވައުދަކީ ކައުންސިލް ހައުސިންގ ޔުނިޓް – އަނަސް

އެމްޑީޕީން ކައުންސިލް އިންތިހާބަށްވާ އެންމެ ބޮޑު ވައުދަކީ ކައުންސިލް ހައުސިންގ ޔުނިޓް – އަނަސް

31 މާރިޗު 2021
ދައުލަތުން ށ އަތޮޅަށް 304 މިލިއަން ރުފިޔާ ޚަރަދު ކޮށްފައިވޭ - ރައީސް

ދައުލަތުން ށ އަތޮޅަށް 304 މިލިއަން ރުފިޔާ ޚަރަދު ކޮށްފައިވޭ - ރައީސް

30 މާރިޗު 2021
ޔާމީނުގެ ސަރުކާރުން މަސައްކަތްކުރީ މާލެއަށް ބާރުތައް ގެނެސް ރައްޔިތުން އޮބަހައްޓަން- ރައީސް ނަޝީދު

ޔާމީނުގެ ސަރުކާރުން މަސައްކަތްކުރީ މާލެއަށް ބާރުތައް ގެނެސް ރައްޔިތުން އޮބަހައްޓަން- ރައީސް ނަޝީދު

29 މާރިޗު 2021
ކުރިއަށް އޮތް މަޝްރޫއުތަކާއެކު ގދ. އަތޮޅަށް ރަނގަޅު ބަދަލުތަކެއް އަންނާނެ: ރައީސް

ކުރިއަށް އޮތް މަޝްރޫއުތަކާއެކު ގދ. އަތޮޅަށް ރަނގަޅު ބަދަލުތަކެއް އަންނާނެ: ރައީސް

24 މާރިޗު 2021
މ. އަތޮޅުގެ ތަރައްގީއަށް މިއަހަރު ކުރާ އެންމެ މުހިންމުކަމަކީ އެއާޕޯޓާއި މަސްވެރިންނަށް ހަދައިދޭ ބަނދަރާއި ސްޓޯރޭޖްގެ މަސައްކަތް: ރައީސް

މ. އަތޮޅުގެ ތަރައްގީއަށް މިއަހަރު ކުރާ އެންމެ މުހިންމުކަމަކީ އެއާޕޯޓާއި މަސްވެރިންނަށް ހަދައިދޭ ބަނދަރާއި ސްޓޯރޭޖްގެ މަސައްކަތް: ރައީސް

23 މާރިޗު 2021

އަހަރުތަކުން މިއަދު

2 ޖޫން
4000 ފުލެޓުގެ ވައުދު ފުއްދޭނެ "ސިމްޕަލް" ގޮތެއް ނަސީބަކުން 18 މަސް ފަހުން ރައީސް މުއިއްޒު އަށް ވިސްނި ވަޑައިގެންފި
20251 އަހަރު ކުރިން
ރިޕޯޓު

4000 ފުލެޓުގެ ވައުދު ފުއްދޭނެ "ސިމްޕަލް" ގޮތެއް ނަސީބަކުން 18 މަސް ފަހުން ރައީސް މުއިއްޒު އަށް ވިސްނި ވަޑައިގެންފި

ކަރަންޓް ބިލް ބޮޑުކުރީ "ސީދާ ރައީސް ޑރ މުއިއްޒު ވިދާޅުވެގެން"
20242 އަހަރު ކުރިން
ރިޕޯޓު

ކަރަންޓް ބިލް ބޮޑުކުރީ "ސީދާ ރައީސް ޑރ މުއިއްޒު ވިދާޅުވެގެން"

މަޖިީދީ މަގުގައި މާރާމާރީއެއް ހިންގައިފި
20233 އަހަރު ކުރިން
ރާއްޖެ

މަޖިީދީ މަގުގައި މާރާމާރީއެއް ހިންގައިފި

ރާއްޖޭގައި "ޒެނޮފޯބިއާ": ކަންބޮޑުވާން ޖެހިފައިވާ ކަމެއް
20224 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި "ޒެނޮފޯބިއާ": ކަންބޮޑުވާން ޖެހިފައިވާ ކަމެއް

އެމްބިއުލާންސް އަށް ވިހޭ މާބަނޑުމީހާ، ގުޅިތާ ހަތް މިނެޓު ތެރޭގައި ބަލައި ފޮނުވިން- އައިޖީއެމްއެޗް
20215 އަހަރު ކުރިން
ރާއްޖެ

އެމްބިއުލާންސް އަށް ވިހޭ މާބަނޑުމީހާ، ގުޅިތާ ހަތް މިނެޓު ތެރޭގައި ބަލައި ފޮނުވިން- އައިޖީއެމްއެޗް

ދީނާއި ހިލާފު ގިނަ ކަންތައްތަކެއް ކުރަމުންދިޔަ ގެއެއް ރޫޅާލައިފި
20197 އަހަރު ކުރިން
ރާއްޖެ

ދީނާއި ހިލާފު ގިނަ ކަންތައްތަކެއް ކުރަމުންދިޔަ ގެއެއް ރޫޅާލައިފި

ދަރިފުޅު މަރުވީ އިހުމާލުގެ ވާހަކަ ދަރިފުޅު އަމިއްލައަށް ބުނި ދުވަހު!
20188 އަހަރު ކުރިން
ރިޕޯޓު

ދަރިފުޅު މަރުވީ އިހުމާލުގެ ވާހަކަ ދަރިފުޅު އަމިއްލައަށް ބުނި ދުވަހު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު