Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ނޫމަޑި މައްސަލަ

ނޫމަޑި މައްސަލާގައި ރައީސް މުއިއްޒަށް ގިނަ ތުހުމަތުތަކެއް ކުރައްވައި، ހޫނު ރައްދެއް

ނޫމަޑި މައްސަލަ އާބިޓްރޭޝަނަށް ދިޔައީ ރައީސް މުއިއްޒުގެ ދައުރެއް އޮވެގެން

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 19 އޯގަސްޓު 2024 | ހޯމަ 10:33
ކުރީގެ ރައީސް އަބްދުﷲ ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން

ނޫމަޑި މައްސަލާގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒަށް ގިނަ ތުހުމަތުތަކެއް ކުރައްވައި، ހޫނު ރައްދެއް ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެއްވައިފިއެވެ.

އާދިއްތަ ދުވަހުގެ ރޭ ޕީއެންއެފްއިން ކުރިއަށް ގެންދިޔަ ޖަލްސާގެ އޯޑިއަންސްގައި އިންނަވައި ޔާމީން ވިދާޅުވީ ނޫމަޑީގެ އެއްބަސްވުން ބާތިލްކުރީ ރައީސް މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނަވައިގެން ކަމަށާއި، އެކަމުގައި އިސްކޮށް އުޅުއްވީ ރައީސް މުއިއްޒު ކަމަށެވެ.

Advertisement - newsAdvertisement

ޔާމީން ވިދާޅުވީ ނޫމަޑި މައްސަލަ އާބިޓްރޭޝަނަށް ދިޔައީ ރައީސް މުއިއްޒުގެ ދައުރެއް އޮވެގެން ކަމަށާއި، އޭރު ހައުސިން މިނިސްޓަރަކަށް ހުންނަވައި، ސަރުކާރަށް ގެއްލުންވާ ގޮތަށް އާބިޓްރޭޝަންގައި ބަޔާން ދެއްވާފައިވާ ކަމަށެވެ. އެކަން މިއަދު ސާބިތުވާ ކަމަށް ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ނޫމަޑި އެގްރިމެންޓް ބަދަލުކުރިއިރު، ދިވެހިރާއްޖޭގެ ކޯޓަށް، އަދި އާބިޓްރޭޝަނަށް ނުދާ ކަމަށެވެ. އަދި ކޭސްއެއް ވެސް ނެތް ކަމަށެވެ.

އެމްޑީޕީގެ ސަރުކާރުގައި 55 މިލިއަން އެމެރިކާ ޑޮލަރު ބަދަލެއް ދޭން ޖެހިފައިވާތީ އެކަމަށް އިޝާރާތް ކުރައްވައި ޔާމީން ވިދާޅުވީ އެމައްސަލައިން ރައީސް މުއިއްޒު ރެކިވަޑައިގަތުމަށް ބަޔާން ނުދެއްވާ ކަމަށް އިތުރުފުޅު ހައްދަވާފައިވާ ކަމަށެވެ. މިއީ ރައީސް މުއިއްޒަށް ޖިނާއީ ހުކުމެއް އަންނަ މައްސަލައެއް ކަމަށް ޔާމީން ވިދާޅުވިއެވެ.

އޭރު އޮތީ އެމްޑީޕީ ވެރިކަމެއް ކަމަށާއި، ރައީސް މުއިއްޒާއި، އެމްޑީޕީން ވެސް ޑީލެއް ހެއްދެވީތޯ ޔާމީން ވަނީ ސުވާލު އުފައްދަވާފައެވެ.

ޔާމީން ވިދާޅުވީ ރައީސް މުއިއްޒު އިސްކޮށް ހުންނަވައިގެން ނޫމަޑި މައްސަލާގައި ދިވެހި ރައްޔިތުންނަށް ބޮޑު ގެއްލުމެއް ދީފައިވާ ކަމަށާއި، ބިލިއަނެއްހާ ފައިސާ ގެއްލިފައިވާ ކަމަށެވެ.

ނޫމަޑި މައްސަލާގައި ރައީސް މުއިއްޒުގެ މައްޗަށް ދައުވާ ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ވަނީ ނިންމާފައެވެ. އަދި އެ ނިންމުން އިސްތިއުނާފު ނުކުރުމަށް ވެސް ޕީޖީ އޮފީހުން ވަނީ ނިންމާފައެވެ.

ޕީޖީ އޮފީހުން ބުނީ މިމައްސަލަ އިސްތިއުނާފު ނުކުރުމަށް ނިންމި ނިންމީ ރައީސް މުއިއްޒު އާބިޓްރޭޝަނަށް ދިން ބަޔާނަށް އޭނާ އިންކާރުކުރާއިރު، އެ ބަޔާން ތަޙުލީކުކުރެވި، ޑޮކިއުމަންޓް އެގްޒެމިނޭޝަނެއް ހެދިފައިނުވުމާއި، އެ ޑޮކިއުމަންޓް ތަޙުލީލުކުރެވިފައިނުވަނީ އެ ޑޮކިއުމަންޓްގެ އަސްލު ތަހުގީގަށް ލިބިފައިނުވާތީއެވެ. ޑޮކިއުމަންޓް އެގްޒެމިނޭޝަން ހެދެނީ އަސްލު ލިޔުންތަކުގެއެވެ. ރައީސް މުއިއްޒު އެ ބަޔާނަށް އިންކާރުކުރާ ހާލަތުގައި، އެ ބަޔާނުގެ ސައްހަކަން ސާބިތުކުރުމަށް އިތުރު ހެކި ބޭނުންވާކަމަށް މައްސަލަ ބެއްލެވި ފަނޑިޔާރު ކަނޑައެޅުއްވި ކަނޑައެޅުއްވުމުގައި ގޯހެއް އޮތްކަމަށް ނުފެންނަ ކަމަށް ޕީޖީން ބުނެއެވެ.

މީގެ އިތުރުން ޕީޖީ އޮފީހުން ބުނީ ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަސް ޝަރީއަތުގެ މަރުހަލާގައި ރަނގަޅަށް ލިބިފައި ނުވުމާއި، ދައުވާއަކީ ކުޑަ ދައުވާއެއްކަމަށްވެފައި، ސާބިތުނުވާކަމަށް ނިންމެވި ގާނޫނީ އަދި ވާޤިއީ ސަބަބުތަކަށް ބަލާއިރު، ކޮށްފައިވާ ދައުވާ އިސްތިއުނާފުކޮށްގެން ވަކި ތަފާތު ނަތީޖާއެއް ނެރެވިދާނެ ފުރުސަތެއް އޮތްކަމަށް ނުފެންނަ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

17 މެއި
ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި
20224 އަހަރު ކުރިން
ދުނިޔެ

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި
20215 އަހަރު ކުރިން
ދުނިޔެ

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!
20197 އަހަރު ކުރިން
ރާއްޖެ

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު
20188 އަހަރު ކުރިން
ދިވެހި ބަސް

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު