Advertisement
ކ. މާލެ
|
19 އޯގަސްޓް 2024 | ހޯމަ 21:05
ބުޅާ މަހުން ކާއެއްޗެހި ހަދައިގެން ވިއްކާ މީހާ ހޯދުމަށް ކޮށްފައިވާ އިއުލާންތައް ދައްކުވައިދޭ ފޮޓޯއެއް
ބުޅާ މަހުން ކާއެއްޗެހި ހަދައިގެން ވިއްކާ މީހާ ހޯދުމަށް ކޮށްފައިވާ އިއުލާންތައް ދައްކުވައިދޭ ފޮޓޯއެއް
ރާއްޖެއެމްވީ
ބުޅާ މަހުން ކާއެއްޗެހި ހަދައިގެން ވިއްކުން
ބުޅާ މަހުން ކާއެއްޗެހި ހަދައިގެން ވިއްކާ މީހަކު އެބައުޅޭ، ފުލުހުން އެމީހާ ހޯދަނީ
އަރަފާތު ހޮސައިން ނަމަކަށް ކިޔާ އުމުރުން 32 އަހަރުގެ މި މީހާ އިމިގްރޭޝަނަށް ހާޒިރުވާން މިހާރު ވަނީ އަންގާފަ
މޯލްޑިވްސް އިމިގްރޭޝަން އިން ހޯމަ ދުވަހު ނެރެފައިވާ ނޯޓިސް އެއްގައި ހޯމަ ދުވަހުން ފެށިގެން ކުރިއަށް އޮތް ފަސް ދުވަހުގެ ތެރޭގައި ރަސްމީ ގަޑީގައި އޭނާ ހާޒިރުވުމަށް ވަނީ އަމުރު ކޮށްފަ

ބުޅާމަސް އަޅައިގެން ކާއެއްޗެހި ތައްޔާރުކޮށް، އެ ތަކެތީގެ ވިޔަފާރި ކުރަމުންދާ ބަންގްލަދޭޝްގެ ރައްޔިތަކު އިމިގްރޭޝަން އިން ހޯދަން އިއުލާން ކޮށްފިއެވެ.

އަރަފާތު ހޮސައިން ނަމަކަށް ކިޔާ އުމުރުން 32 އަހަރުގެ މި މީހާ އިމިގްރޭޝަނަށް ހާޒިރުވާން މިހާރު ވަނީ އަންގާފައެވެ.

Advertisement

މޯލްޑިވްސް އިމިގްރޭޝަން އިން ހޯމަ ދުވަހު ނެރެފައިވާ ނޯޓިސް އެއްގައި ހޯމަ ދުވަހުން ފެށިގެން ކުރިއަށް އޮތް ފަސް ދުވަހުގެ ތެރޭގައި ރަސްމީ ގަޑީގައި އޭނާ ހާޒިރުވުމަށް ވަނީ އަމުރު ކޮށްފައެވެ.

"ފެލީން ވެލްފެއަރ އޮގައިނައިޒޭޝަން" އިން ޕެޓް ކޮމިއުނިޓީ އަށް މި މީހާ ހޯދުމުގައި އެހީތެރި ވުމަށް އެކްސް ގައި ވަނީ ޕޯސްޓް ކޮށްފައެވެ.

މިމީހާ އާ ބެހޭ ގޮތުން ސޯޝަލް މީޑިއާ ގައި ދައުރުވަމުންދާ މައުލޫމާތައް ބަލާއިރު މި މީހާ އަކީ ގަވާއިދާ ޚިލާފަށް މާލޭ ވަޅޯމަސް މާރުކޭޓުގައި މަސައްކަތް ކުރުމުގެ އިތުރު ބުޅާ ކަތިލައި، އޭގެ މަހުން ކާއެއްޗެހި ތައްޔާރުކޮށް، ވިއްކާ ކަމަށް ވަނީ ތުހުމަތުކޮށްފައެވެ.

މި މީހާ އާ ބެހޭ ވީޑިއޯ އެއްވެސް ސޯޝަލް މީޑިއާގައި މިހާރު އަންނަނީ ދައުރުވަމުންނެވެ. ވީޑިއޯ އިން ފެންނަ ގޮތުގައި ބިދޭސީ މީހާގެ ގޭގައި ކާއެއްޗެހި ތައްޔާރު ކުރާ ތަންތަނުގައި ހަރުކުރާ ފަދަ ބޮޑު ދުންހޮޅި އެއް ވަނީ ހަރުކޮށްފައެވެ. ބިދޭސީ މީހާ އުޅޭ ގޭގެ އަވައްޓެރިން މައުލޫމާތު ދޭ ގޮތުން މި ގޭ ކައިރިން މަރުވެފައިވާ ބުޅަލުގެ އެކި ގުނަވަންތައް ފެނުމުގެ އިތުރުން ވަރަށް ގިނައިން ބުޅަލުގެ ރުއިމުގެ އަޑުވެސް އިވެއެވެ.

މާލޭ ސިޓީ ކައުންސިލް އިން ހިއްސާ ކުރި މައުލޫމާތަކާ ގުޅިގެން، އާދިއްތަ ދުވަހު ހިންގުނު ހާއްސަ ރެއިޑުގައި، މ.ރީތި އޯކިޑްގެ ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް އުޅެމުންދިއަ 02 ބިދޭސީއަކު ވަނީ އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ. އިމިގްރޭޝަން އިން ބުނެފައިވަނީ އަތުލައިގަތް މީހުން މަސައްކަތް ކުރަމުން ދިޔަ ތަނަކީ، ދިވެހިން އާންމުކޮށް ދުފުމުގައި ބޭނުންކުރާ ފޯއް، ވިޔަފާރިއަށް ތައްޔާރުކުރަމުންދާ ތަނެއް ކަމަށާއި، އެތަނުގެ ސާފުތާހިރުކަން އިންތިހާއަށް ދަށް ކަމަށް ފާހަގަވެފައިވާތީ އެކަން ކަމާބެހޭ އިދާރާތަކުގެ ސަމާލުކަމަށް ގެނެވިފައިވާނެ ކަމަށެވެ.

މީގެ އިތުރުން، އެސް.އެމް.އީ ހަބްގައި ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދާ ބިދޭސީންގެ މައުލޫމާތު "އިމިގްރޭޝަން ވޮޗް" އަށް ލިބިފައިވުމާ ގުޅިގެން، އެތަން ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް އުޅެމުންދިއަ 03 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށް ވެސް މޯލްޑިވްސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް