Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ދިރާގު ދިވެހި ޕްރިމިއާ ލީގު

ސަސްއިން ވަރުގަދަ މާޒިޔާ ހިފަހައްޓައިފި

ތާވަލުގެ އެއްވަނައިގައި މާޒިޔާ އޮތީ 25 ޕޮއިންޓާއެކު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 3 އެޕްރީލު 2021 | ހޮނިހިރު 18:33
މާޒިޔާ އާއި ސަސް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު އެއްވަރުވީ 0-0 ން

މާޒިޔާ އާއި ސަސް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު އެއްވަރުވީ 0-0 ން

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެރޭ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ އެއްވަރުކޮށްފިއެވެ.

ޤައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗު އެއްވަރުވީ ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހިއެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ 25 ވަނަ މިނެޓުގައި މާޒިޔާގެ ޖަޕާން މިޑްފީލްޑަރު ކަމަށްވާ ޓަކާޝީ އޮޑަވާރާއަށް ވަނީ އޭރިއާ ތެރެއިން ރަނގަޅު ފުރުޞަތެއް ލިބިފައެވެ. އެކަމަކު އޭނާ ފޮނުވާލި ހަމަލާ، ސަސްގެ ކެޕްޓަން އަބްދުﷲ ހަނީފް (ބެންޖޯ) ވަނީ ބްލޮކް ކޮށްފައެވެ.

އޭގެ ފަހުން މި ހާފުގައި އެންމެ ހުސް ފުރުޞަތެއް ލިބުނީ ސަސްގެ މޮރޮކޯ މިޑްފީލްޑަރު މުޙައްމަދު އަޖްނާނީއަށެވެ. އެގޮތުން ހުހަށް ހުރެ އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. އަދި އޭގެ ފަހުން މި ހާފުގައި ސަސްގެ އަޙްމަދު އައިހަމް ފޮނުވާލި ހަމަލާއެއް، މާޒިޔާގެ ގޯލްކީޕަރު ހުސައިން ޝަރީފް ވަނީ ދިފާއުކޮށްފައެވެ.

ދެ ބަދަލަކާއެކު ދެވަނަ ހާފާ މާޒިޔާއިން ކުރިމަތިލިއިރު، މި ހާފުގައި އެ ޓީމުން ވަނީ ކުޅުން ރަނގަޅުކޮށްފައެވެ. އެގޮތުން މާޒިޔާއިން ގިނަ ހަމަލާތަކެއް އުފެއްދިއިރު، މެޗުގެ 73 ވަނަ މިނެޓުގައި އޭރިއާ ތެރެއިން އެ ޓީމުގެ އިބްރާހީމް މަހުދީ ހުސައިން (ފޭދޫ އިއްބެ) އަށް ވަނީ ހުސް ފުރުޞަތެއް ލިބިފައެވެ. އެކަމަކު އޭނާ ފޮނުވާލި ބޯޅަ ސަސްގެ ގޯލްކީޕަރު މިރްޒޮހިދު މަމަކްތޯނޯފް ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ. އަދި މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް އޭރިއާ ތެރެއިން މާޒިޔާގެ އިބްރާހީމް އައިސަމް ފޮނުވާލި ބާރު ހަމަލާ، މެޗުގައި މޮޅު ކުޅުމެއް ދެއްކި ސަސްގެ ގޯލްކީޕަރު ވަނީ މަތަކޮށްފައެވެ.

މި މެޗަށްފަހު ސަސްގެ ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން) ބުނީ މާޒިޔާ އަތުން ލިބުނު ޕޮއިންޓަކީ ވަރަށް ބުރަ މަސައްކަތުން ހޯދުނު ޕޮއިންޓެއް ކަމަށެވެ. އެގޮތުން މި މެޗުގައި އެންމެ ރަނގަޅަށް ނުކުޅެވުނު ކަމުގައި ވިޔަސް، މާޒިޔާ ކަހަލަ ވަރުގަދަ ޓީމަކާ ދެކޮޅަށް ކުޅުންތެރިން ކުރި މަސައްކަތް ވަރަށް ރަނގަޅު ކަމަށްވެސް ބުންޏެވެ.

މާޒިޔާގެ ކޯޗު ރިސްޓޯ ވިޑަކޮވިޗް ބުނީ ސަސްއިން ވަރަށް ބޮޑަށް ޑިފެންސަށް ވިސްނައިގެން ކުޅުނުއިރު, މާޒިޔާއަށް ލިބުނު ފުރުޞަތުތަކުގައި ލަނޑެއް ޖެހުމަށް ބޭނުންވާ ނަސީބުގެ އެހީތެރިކަން ނެތުންވެސް އެއީ މި މެޗުގައި ދިމާވި މައްސަލައެއް ކަމަށެވެ. އެކަމަކު މެޗުގައި ކުޅުންތެރިން ކުރި މަސައްކަތް ފާހަގަކުރާ ކަމަށްވެސް ވިޑަކޮވިޗް ބުންޏެވެ.

މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި މާޒިޔާ އޮތީ ހަތް ޕޮއިންޓުގެ ލީޑަކާއެކުއެވެ. އެގޮތުން މާޒިޔާއަށް ކުޅުނު 11 މެޗުން 25 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ކުލަބު ވެލެންސިއާއަށް 10 މެޗުން ވަނީ 18 ޕޮއިންޓް ލިބިފައެވެ. އަދި މާޒިޔާއާ އެއްވަރުކުރި ސަސް އޮތީ ތާވަލުގެ ހަވަނައިގައި ކުޅުނު 11 މެޗުން 12 ޕޮއިންޓް ހަމަކޮށްގެންނެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުމާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންސުޕަރ ޔުނައިޓެޑް ސްޕޯޓްސް (ސަސް)

ކޮމެންޓް

އިތުރަށް ކިޔާލަން

ޔޫވީ އިން ގްރީން ބަލިކޮށްފި

ޔޫވީ އިން ގްރީން ބަލިކޮށްފި

01 ޑިސެމްބަރު 2025
ފަހަތުން އަރައި ބުރުން ވެލެންސިއާ ބަލިކޮށްފި

ފަހަތުން އަރައި ބުރުން ވެލެންސިއާ ބަލިކޮށްފި

30 ނޮވެމްބަރު 2025
ޓީސީ ބަލިކޮށް އޮޑި ދެ ވަނަ އަށް

ޓީސީ ބަލިކޮށް އޮޑި ދެ ވަނަ އަށް

30 ނޮވެމްބަރު 2025
ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ

ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ

29 ނޮވެމްބަރު 2025
ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް

ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް

29 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

26 އެޕްރީލު
ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި
20251 އަހަރު ކުރިން
ރާއްޖެ

ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!
20233 އަހަރު ކުރިން
ރިޕޯޓު

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!
20224 އަހަރު ކުރިން
ކުޅިވަރު

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ
20197 އަހަރު ކުރިން
ރިޕޯޓު

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި
20188 އަހަރު ކުރިން
ރާއްޖެ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު