Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް-19 ފެލިވަރުގެ ހާލަތު

ފެލިވަރުން ޕޮޒިޓިވްވި މީހުންގެ އަދަދު 294ށް

337 ސާމްޕަލް ނެގެޓިވް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 3 އެޕްރީލު 2021 | ހޮނިހިރު 02:06
ޅ. ފެލިވަރު މަސް ކާރުޚާނާ- ފެލިވަރުގައި މަސައްކަތްކުރާ ގިނަ ބަޔަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައި

ޅ. ފެލިވަރު މަސް ކާރުޚާނާ- ފެލިވަރުގައި މަސައްކަތްކުރާ ގިނަ ބަޔަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައި

ޅ އަތޮޅުގައި މަސްފެކްޓްރީ ހިންގަމުން އަންނަ ފެލިވަރުން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 294ށް އަރާފައިވާކަމަށް ޅ އަތޮޅު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އީއޯސީ)ން ބުނެފިއެވެ.

ޅ އަތޮޅު އީއޯސީން ހުކުރު ދުވަހުގެ ރޭ ވަނީ އެއަތޮޅުގެ ކޮވިޑްގެ ހާލަތާއި ގުޅިގެން އެންމެ ފަހުގެ މައުލޫމާތު ދިނުމަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ބާއްވާފައެވެ. މިސެޝަންގައި ވާހަކަދައްކަވަމުން ޅ ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް އެސިސްޓެންޓް މެނޭޖަރ އިބްރާހީމް އަންވަރު ވިދާޅުވީ ފެލިވަރުން 750 ސާމްޕަލެއް ނަގާފައިވާކަމަށެވެ. މީގެތެރެއިން 47 އިންސައްތަ ސާމްޕަލް ވަނީ ޕޮޒިޓިވްވެފައެވެ. 337 ސާމްޕަލް ނެގެޓިވްވެފައިވާއިރު 94 ސާމްޕަލެއްގެ ނަތީޖާ އިންކޮންކްލޫސިވް ކަމަށް އަންވަރު ވިދާޅުވިއެވެ. އަދި ނަތީޖާ ނުލިބޭ 25 ސާމްޕަލެއްވާ ކަމަށް އަންވަރު ވިދާޅުވިއެވެ.

Advertisement - newsAdvertisement

އަންވަރު ވިދާޅުވީ ޕޮޒިޓިވްވެފައިވާ މީހުންނަށް ފެލިވަރުން މިވަގުތު ދެވެން ހުރި ހުރިހާ ފަރުވާ އެއް ދެމުން އަންނަކަމަށެވެ. އަދި ހައިރިސްކު މީހަކު ޕޮޒިޓިވްވެއްޖެނަމަ އެޗްޕީއޭއާ ގުޅިގެން އެ ސްޓާފުން ބ އަތޮޅު އޭދަފުށި ކޮވިޑް ފެސިލިޓީއަށް ބަދަލުކުރަމުންދާކަމަށް އަންވަރު ވިދާޅުވިއެވެ. އެގޮތުން މިހާތަނަށް ފެލިވަރުން ކޮވިޑަށް ޕޮޒިޓިވްފެފައިވާ 13 މުވައްޒަފަކު ކޮވިޑް ފެސިލިޓީއަށް ބަދަލުކުރެވިފައިވާ ކަމަށް އަންވަރު ވިދާޅުވިއެވެ. އަންވަރު ވިދާޅުވީ އެމީހުން ފެސިލިޓީއަށް ބަދަލުކުރީ ހާލަތު ގޯސްވެގެން ނޫންކަމަށާއި ނަމަވެސް ހައިރިސްކް ކެޓަގަރީގައި ތިބި މީހުން ކަމަށްވާތީކަމަށެވެ.

ފެލިވަރުގައި 605 މުވައްޒަފުން މަސައްކަތްކުރަމުން އަންނައިރު މީގެތެރެއިން 270 މީހުންނަކީ ދިވެހިންނެވެ. ބާކީ ތިބި މީހުންނަކީ އެހެން ގައުމުތަކުގެ މީހުންނެވެ. 270 ދިވެހިންގެ ތެރެއިން ޅ އަތޮޅު ނޫން އެހެން އަތޮޅުތަކުގެ 163 މުވައްޒަފަކު ފެލިވަރުގައި އަންނަނީ މަސައްކަތްކުރަމުންނެވެ.

ފެލިވަރުން ކޮވިޑްގެ ކޭސްތަކެއް ފެނިފައިވަނީ މިދިޔަ މާޗް މަހުގެ ކުރީކޮޅުއެވެ. ފެލިވަރުގެ ކްލަސްޓަރ އާ ގުޅިގެން ގިނަ ރަށްތަކަކުން ކޮވިޑްގެ ކޭސްތައް ފެނި ބައެއް ރަށްރަށް ވަނީ މޮނިޓަރިންގ ގެ ހާލަތަށް ގެނެސްފައެވެ.

ކޮވިޑް-19ފެލިވަރު

އިތުރަށް ކިޔާލަން

19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
30 ސެޕްޓެމްބަރު 2025

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި
21 ސެޕްޓެމްބަރު 2025

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ
11 ސެޕްޓެމްބަރު 2025

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު
08 ސެޕްޓެމްބަރު 2025

ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

08 ސެޕްޓެމްބަރު 2025
ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު