Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ދަރަނި މެނޭޖްކުރުން

މި ސަރުކާރަށް ދަރަނި މެނޭޖްކުރަން ނޭނގޭ، އެނގޭނަމަ ޕްރޮޖެކްޓްތައް ނުހުއްޓި، އާސަންދަ ނުލިބި، ދަރިވަރުންގެ ލޯންތައް ނުލިބި ނުހުންނާނެ - ރައީސް ޞާލިހު

ކޮވިޑަށް ހަރަދުވި ފައިސާއާއި ނުލައި ލޯނު ހުންނާނީ އެހެން ސަރުކާރުތަކުންވެސް ނެގި މިންވަރުގައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 27 ޖޫން 2025 | ހުކުރު 14:09
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު (ކ) ރައީސް ޑރ. މުހައްމަދު މުއިއްޒު (ވ) އާއެކު ރިޔާސީ އިންތިހާބުގެ ނަތީޖައަށްފަހު ބައްދަލުކުރައްވަނީ - ފައިލް

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު (ކ) ރައީސް ޑރ. މުހައްމަދު މުއިއްޒު (ވ) އާއެކު ރިޔާސީ އިންތިހާބުގެ ނަތީޖައަށްފަހު ބައްދަލުކުރައްވަނީ - ފައިލް

މި ސަރުކާރަށް ލޯނުތަކާއި ދަރަނިތައް މެނޭޖްކުރަން ނޭނގޭ ކަމަށާއި، އެކަންކަން ކުރަން އެނގޭނަމަ ތަރައްގީގެ ޕްރޮޖެކްޓްތައް ނުހުއްޓި އާސަންދަ ނުލިބި ދަރިވަރުންގެ ލޯންތައް ނުލިބި ނުހުންނާނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ 2018 ގައި އެމަނިކުފާނު ވެރިކަމާ ހަވާލުވިއިރުގައި ދައުލަތުގެ މާލިއްޔަތު އޮތީ ރަނގަޅަކަށް ނޫން ކަމަށެވެ. މާލިއްޔަތު ވަރަށް ދަތިކޮށް އޮތް ނަމަވެސް މެނޭޖްކުރެއްވި ކަމަށާއި، ކޮވިޑް-19ގެ ކުރީ ފުރަތަމަ 2 އަހަރު ސަރުކާރު ހިންގިއިރުގައި، އެއިރު ކޮށްފައި ހުރި މަސައްކަތްތަކުން އެތައް ރަނގަޅު ކަމެއް އެ އަހަރު ނިމުނު ކަން ފެންނަން ހުންނާނެ ކަމަށެވެ. ރައީސް ޞާލިހު ވިދާޅުވީ ޖެހިގެން އައިއިރު، ކޮވިޑު މުޅި ދުނިޔެއަށް ފެތުރި، މިދިޔަ ސަތޭކަ އަހަރުގެ ތެރޭގައި ނާންނަ ވަރުގެ ބޮޑު ބަލިމަޑުކަމެއް ހުރަހެއް މުޅި ދުނިޔަތު ކުރިމަތިވި ކަމަށެވެ.

Advertisement - newsAdvertisement

ރައީސް ޞާލިހު ވިދާޅުވީ އެއީ ދުނިޔެ ފުރަތަމަ ފަހަރަށް ބޯޑަރުތައް ބަންދުކުރި ފަހަރު ކަމަށާއި، ދައުލަތުގައި ލާރިއެއް ނެތް ކަމަށެވެ. އަދި ފައިސާ ހުރީ ގާތްގަނޑަކަށް ދޮޅު މަސްދުވަހު އިމްޕޯޓްކުރާވަރަށް ކަމަށާއި، ދައްކަންޖެހޭ ލޯނު ހުރި އިރު، ކާޑެއް ނެތް ކަމަށެވެ.

އެހެންވީމާ، އަޅުގަނޑުގެ އެހެން ވިސްނުމަކަށްވީ އަދި ވެރިކަމެއްގައި ހުންނަ މީހެއްގެ ވިސްނުމަކަށް ވާންވާނީ، އެކަހަލަ ބޮޑެތި ކަންތައްތައް ޖެހޭވަގުތު، ރައްޔިތުންނަށް އެ ދަތިއުނދަގޫ ޕާސްނުކޮށް، އުފުލަން ނުދީ، ނުޖެހޭ ގޮތަކަށް ސަރުކާރުން އެ ޒިންމާ ނެގުން. އެކަން އަޅުގަނޑު ކުރިން. އާއްމު ރައްޔިތުންނަށް އަޅުގަނޑުމެން ވީވަރަކުން އެހީތެރިވަމުން ދިޔައީ. ކުދި ވިޔަފާރިތަކަށް އެހީ ދިނިން، ލޯނު ދިނިން. މުސާރަ ނުލިބޭ ފަރާތްތަކަށް ދިރިއުޅެވޭ ވަރަށް އެހީތެރިކަން ފޯރުކޮށްދިނިން. ބޮޑެތި ވިޔަފާރިތަކަށް އަޅުގަނޑުމެން ލޯނު ދިނިން. ރިސޯޓުތަކަށް ޓެކްސް ދެއްކުން ފަސްކޮށްދިނިން. އަދި ލޯނުވެސް ދިން. މިހެންގޮސް އިޤްތިޞާދެއް ދެމެހެއްޓުމަށްޓަކައި، ދައުރުކުރުމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއް އަޅުގަނޑުމެން ކުރިއަށް ގެންދިޔައީ. ދެން ސަރުކާރުގެ ޕްރޮޖެކްޓަށް އޭރު ހިންގަން ޖެހުނު ވެސް އެންމެ ބޮޑު ސަބަބަކީ، މާކެޓުގައި ފައިސާ ދައުރުކުރުމަށްޓަކައި ސަރުކާރުން މަސައްކަތްތަކެއް ކުރަން އެވަގުތު ޖެހޭކަމަށް އަޅުގަނޑަށް ގަބޫލުކުރެވުނީ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު

ރައީސް ޞާލިހު ވިދާޅުވީ ކޮވިޑުގެ ހާލަތުގައި، ޕްރައިވެޓް ސެކްޓަރަކު މަސައްކަތްކުރެވޭވަރުގެ ފައިސާއެއް ނެތް ކަމަށެވެ. އެހެންކަމުން ސަރުކާރުން އެ މަސައްކަތްތައް ކޮށްގެން އާއްމު ރައްޔިތުންނަށް ފައިދާ ލިބުނު ކަމަށެވެ. އިދިކޮޅު މީހުން ލޯންތަކާއި ގުޅިގެން ދައްކަމުންދާ ވާހަކައަށް އިޝާރާތްކުަަރައްވާ ރައީސް ޞާލިހު ވިދާޅުވީ 60 ވަަރަކަށް ބިލިއަނުގެ ތެރެއިން ޑައިރެކްޓްކޮށް، ސީދާ ކޮވިޑަށް ޚަރަދުކުރީ 17 ބިލިއަން ވަރަކަށް ރުފިޔާ ކަމަށެވެ. އަދި ނުސީދާކޮށް ވެސް ހަރަދު ގޮސްފައި ހުންނާނެ ކަމަށާއި، އެހެންކަމުން އެ 17 ބިލިއަން ލޯނުގެ ތެރެއިން ކަނޑާލުމުން ދަރަނި އޮންނާނީ ކުރީގެ ސަރުކާރުންވެސް ނެގިވަރަށް ކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.

ދެން ލޯނު ނަގައިގެން ކުރީ ކޮން ކަމެއްތޯ؟ ލޯނު ނަގައިގެން ކުރި އެންމެ ބޮޑު އެއް ކަމަކީ، ކުރީގެ ސަރުކާރުން ނަގާފައި އޮތް ލޯނެއް ދެއްކުން. ރައީސް ޔާމީންގެ ވެރިކަމުގައި. ސަނީސައިޓް ބޮންޑެއް އެ ރޯންނާނެ. އެ 250 މިލިއަން ޑޮލަރޭ އަޅުގަނޑު ހަނދާންވީ. މީގެފަދަ މުޅިން އެކްސެޕްޓްކޮށް އަޅުގަނޑަށް ނުބުނެވުނީސް. އެއީ، އަޅުގަނޑުމެން ދެއްކިން. ދެން މި ދަންނަވާހެން ކޮވިޑާ ގުޅިގެން މި ކުރިމަތިވި އިޤްތިޞާދީ ދަތިކަން ފިލުވުމަށްޓަކައި ވިޔަފާރިވެރިންނަށް އެހީތެރިކަން މި ފޯރުކޮށްދިނީ. ދެން ކޮވިޑް މެނޭޖްކުރީ. އޭގެއިތުރަށް ބޭނުންވާ ނަސީލަތްތައް ހޯދައި ބޭސް ގެނެސް މި ހުރިހާ ކަމެއް ކުރީ. އަޅުގަނޑުމެން އެ ދުވަހު އިޤްތިޞާދަށް އެ ފައިސާ ޕަމްޕު ނުކުރިނަމަ، ޕްރައިވެޓް ސެކްޓަރއަށް އެ ފައިސާ ނުދިންނަމަ، އެހާ ވާހަކަ އިޤްތިޞާދު އަނބުރާ އަށް ރުޖޫޢައެއް ނުވީސް. މާ ދަތިހާލުގައި އޭރަށް މިއަދު ތިބޭނެ. އަޅުގަނޑުމެން ލޯނު ނެގީ، ލޯނު ދައްކާނެގޮތް ހޯދާފަ. އެ ބޭފުޅުން ބެއްލެވި އެނގިވަޑައިގަންނަވާނެ. ސަރުކާރު ބަނގުރޫޓުވަނީއޭ، ސަރުކާރު ބަނޑަށް ޖެހެނީއޭ، ނެތޭ ލާރިއެއް. އެ ދެއްކީ ހަމަ ބުތާނު ދޮގު. އެކަން ނުވާކަމީ މިއަދު ވެސް އެނގޭނެ. އެހެންވީމާ، އެއީ ސަރުކާރެއް ފޭލްކޮށްލުމަށްޓަކައި ދެއްކި ދޮގު ވާހަކަތަކެއް. ވަރަށް ރަނގަޅަށް ހުންނާނެ. އަޅުގަނޑުމެން ލޯނެއް ނަގާފިއްޔާ އެ ލޯނު ދައްކާނެގޮތް ހުންނާނީ. މިއަދު އަޅުގަނޑުމެންނަށް ވެރިކަމަކު ނޫން މި ތިބީ. އަޅުގަނޑުމެންނަށް ވެރިކަމުގައި ތިބެވުނު ނަމަ އެއްވެސް ދައްޗެއް ނެތި އެ ހުރިހާ ކަމެއް ކުރެވިފަ އޮންނާނީ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު

ރައީސް ޞާލިހު ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރަށް މެނޭޖްކުރަން ނޭނގޭ ކަމަށެވެ. އަދި ރައީސް ޑރ. މުޢިއްޒު އަރިހުގައި އެކަމަށް ރަނގަޅު ލަފާ އަރުވާނެ ބޭފުޅުން ނެތީކަމެއް، ނޫނީ އަޑު ނާއްސަވަނީކަމަށް ވެދާނެ ކަމަށެވެ. އެހެން ނޫންނަމަ މިއަދަކު ރައްޔިތުން އާސަންދަ ނުލިބިގެން ނޫޅޭނެ ކަމަށާއި، ދަރިވަރުން ސްޓޫޑެންޓް ލޯނު ނުލިބިގެން ނުތިބޭނެ ކަމަށެވެ.

ރައީސް ޞާލިހު ވިދާޅުވީ ރަނގަޅަށް މެނޭޖުކޮށްގެން ގެންދާ ކަމަށްވާނަމަ، އެއްވެސް ޕްރޮޖެކްޓެއް ނުހުއްޓޭނެ ކަމަށެވެ. އަދި އެމްޑީޕީގެ ސަރުކާރުން ކޮވިޑް ތެރޭގައި ދަތީގައި ކިތައްމެ ކަމެއްވެސް ކޮށްފައި ހުންނާނެ ކަމަށާއި، ނުފެންނަ ބަޔަކަށް އެ ނުފެންނާނެ ކަމަށެވެ. ރައީސް ޞާލިހު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގައި ކަންކަން ނުކުރާކަމަށް ދެކެވޭ ވާހަކައަކީ އޮޅުވާލަން ދެކެވޭ ވާހަކަ ކަމަށެވެ.

ސަރުކާރުލޯނުތަކާއި ދަރަނިތައްތަރައްގީގެ މަޝްރޫއުރައީސް, އިބްރާހީމް މުޙައްމަދު ޞާލިޙުކޮވިޑް-19ދައުލަތުގެ މާލިއްޔަތު

ކޮމެންޓް

އިތުރަށް ކިޔާލަން

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

07 ޑިސެމްބަރު 2025
ރައީސް ވިދާޅުވީ ކުށްކުރާ މީހަކު ދޫކޮށްލުމުގެ ހައްޤެއް ނޯނާނެ ކަމަށް! އަމަލު ކުރެއްވީ ކިހިނެތްބާ؟

ރައީސް ވިދާޅުވީ ކުށްކުރާ މީހަކު ދޫކޮށްލުމުގެ ހައްޤެއް ނޯނާނެ ކަމަށް! އަމަލު ކުރެއްވީ ކިހިނެތްބާ؟

05 ޑިސެމްބަރު 2025
ތަސްވީރު ބަލާނީ، ތަސްވީރު ބުނާހެން! މި ތަސްވީރު ބުނަނީ ކީކޭ؟

ތަސްވީރު ބަލާނީ، ތަސްވީރު ބުނާހެން! މި ތަސްވީރު ބުނަނީ ކީކޭ؟

04 ޑިސެމްބަރު 2025
ގދ.ރަތަފަންދޫގައި ވެސް މަޝްރޫއުތައް ހުއްޓިފައި : އާއްމުންގެ ކަންބޮޑުވުންތައް ބަންޑުން

ގދ.ރަތަފަންދޫގައި ވެސް މަޝްރޫއުތައް ހުއްޓިފައި : އާއްމުންގެ ކަންބޮޑުވުންތައް ބަންޑުން

29 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު