Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުދަރަނި އިތުރުވުން

މި ސަރުކާރުގައި 2024 އަދި 2025 ކުއާޓަރު 1 ގައި ދައުލަތުގެ ދަރަނި 20 ބިލިއަނަށް ވަނީ އިތުރުވެފައި: އަމީރު

7 ޖުލައި 2025 | ހޯމަ 09:48

މި އަހަރު ނިމޭއިރު ރާއްޖޭގެ ދަރަނި 156.2 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށާއި، 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރު ނިމުނުއިރު ދައުލަތުގެ ދަރަނި 146.1 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް އަމީރު ވިދާޅުވެފައިވޭ. އަދި 2025 ގެ ފުރަތަމަ 3 މަހުގައި ދައުލަތުގެ ދަރަނި 1.2 ބިލިއަން ރުފިޔާއަށް އިތުރުވި ކަމަށާއި، މިއަހަރުގެ ދަރަނީގެ ތެރެއަށް 12 ބިލިއަން ރުފިޔާ އިތުރުވާނެ ވެސް ވަނީ ލަފާކޮށްފައި

މި އަހަރު ނިމޭއިރު ރާއްޖޭގެ ދަރަނި 156.2 ބިލިއަން ރުފިޔާއަށް އަރާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 7 ޖުލައި 2025 | ހޯމަ 09:48
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)

މި ސަރުކާރު ވެރިކަމަށް އައިފަހުން 2024 އަދި 2025 ކުއާޓަރު 1 ގައި ދައުލަތުގެ ދަރަނި 20 ބިލިއަން އިތުރުވެފައިވާ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

ހޯމަ ދުވަހު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީރު ވިދާޅުވީ މި އަހަރު ނިމޭއިރު ރާއްޖޭގެ ދަރަނި 156.2 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށާއި، 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރު ނިމުނުއިރު ދައުލަތުގެ ދަރަނި 146.1 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށެވެ. 2025 ގެ ފުރަތަމަ 3 މަހުގައި ދައުލަތުގެ ދަރަނި 1.2 ބިލިއަން ރުފިޔާއަށް އިތުރުވި ކަމަށާއި، މިއަހަރުގެ ދަރަނީގެ ތެރެއަށް 12 ބިލިއަން ރުފިޔާ އިތުރުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ މިސަރުކާރު ވެރިކަމަށް އައިފަހުން 2024 އަދި 2025 ކުއާޓަރު 1 ހަމައަށް ދައުލަތުގެ ދަރަނި 20 ބިލިއަން އިތުރުވެފައިވާ ކަމަށާއި، މިއީ ކޮވިޑް-19ގައި ދަރަނި މައްޗަށް ދިޔަ މިންވަރަށް ވުރެ އިތުރު މިންވަރެއް ކަމަށެވެ.

އޭރު ކޮވިޑްގެ ދުވަސްވަރު ވެސް ރާއްޖޭގެ ދަރަނި އިތުރުނުވާ މިންވަރަށް މިހާރު ދަރަނި އިތުރުވެގެންދޭ. ކޮވިޑްގެ ދުވަސްވަރު ދަރަނި އިތުރުވީ އެހެން ގޮތެއް ނެތިގެން. ރާއްޖޭގެ އަމިއްލަ ފަރުދުންނާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާ ރާއްޖޭގެ އިގްތިސާދު ހިފަހައްޓަން އަޅުގަނޑުމެން ކުރަންޖެހުނު ކަންތައްތަކެއް ކުރަން ޖެހުނީމަ އިތުރު ގޮތެއް ނެތިގެން ދަރަނި އިތުރުވެގެން އައީ. މިހާރު ދުނިޔޭގެ އިގްތިސާދު މިއޮތީ ވަރަށް ރަނގަޅު ހާލަތެއްގައި. ތެލުގެ އަގު މިއޮތީ ގާތްގަނޑަކަށް 60 ޑޮލަރުގައި. ދުނިޔޭގެ ގިނަ ގައުމުތަކުގައި އިގްތިސާދު ރަނގަޅުވަމުންދާ ހާލަތެއްގައި ރާއްޖޭގެ ދަރަނި މިގޮތަށް އިތުރުވެގެން ދިއުމަކީ ވަރަށް ކަންބޮޑުވާ ކަމެއް. ރާއްޖޭގެ އިގްތިސާދު މިހާލަތުގައި އޮތުމަކީ ކަންބޮޑުވާ ކަމެއް.
ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު

ޑޮލަރު ރޭޓު މަތިވަމުންދާތީ އެކަމަށް އިޝާރާތް ކުރައްވައި އަމީރު ވިދާޅުވީ ޑޮލަރުގެ ރޭޓު އެވްރެޖްކޮށް ދުވަހަކު ވެސް މަތިނުވާ މިންވަރަށް މަތިވަމުންދާ ކަމަށެވެ.

އަމީރު ވިދާޅުވީ ބޭންކަށް މާރުކޮށްގެން ޑޮލަރުގެ ކަޅު ބާޒާރު ރޭޓް ދަށަށް ދާނެ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ އެއްވެސް އިގްތިސާދީ ހަމައަށް ބިނާ ކުރުމެއް ނެތި ކަމަށާއި، މިސަރުކާރުގެ ސިޔާސަތުގެ ސަބަބުން ޑޮލަރުގެ ކަޅު ބާޒާރުގެ ރޭޓް ދަނީ މައްޗަށް ކަމަށެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ޕޮއިސްގެ ނަން މުޅި ރާއްޖޭގައި

30 ޖެނުއަރީ 2017
ޕޮއިސްގެ ނަން މުޅި ރާއްޖޭގައި
29 ޖެނުއަރީ 2017

އެސްއީޒެޑްގައި އިންވެސްޓެއް ކުރެވޭނެ އެންމެ ކުޑަމިންވަރަކީ 150މިލިއަން ޑޮލަރު ކަމަށް ރައީސް ކަނޑައަޅުއްވައިފި

29 ޖެނުއަރީ 2017
އެސްއީޒެޑްގައި އިންވެސްޓެއް ކުރެވޭނެ އެންމެ ކުޑަމިންވަރަކީ 150މިލިއަން ޑޮލަރު ކަމަށް ރައީސް ކަނޑައަޅުއްވައިފި
23 ޖެނުއަރީ 2017

ބީއެމްއެލް އިން ދެހަފްތާގެ ތެރޭގައި އެއް މިލިއަން ޑޮލަރު ދޫކޮށްފި

23 ޖެނުއަރީ 2017
ބީއެމްއެލް އިން ދެހަފްތާގެ ތެރޭގައި އެއް މިލިއަން ޑޮލަރު ދޫކޮށްފި
20 ޖެނުއަރީ 2017

މިދިއަ އަހަރުގެ ފަހު ކުއާޓަރގައި ވިޔަފާރިތަކުން ވަނީ ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދާފައި: އެމްއެމްއޭ

20 ޖެނުއަރީ 2017
މިދިއަ އަހަރުގެ ފަހު ކުއާޓަރގައި ވިޔަފާރިތަކުން ވަނީ ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދާފައި: އެމްއެމްއޭ
15 ޖެނުއަރީ 2017

މިއަހަރު ޓޫރިޒަމްގެ 14 ފެއާއެއްގައި ބައިވެރިވާނެ: އެމްއެމްޕީއާރްސީ

15 ޖެނުއަރީ 2017
މިއަހަރު ޓޫރިޒަމްގެ 14 ފެއާއެއްގައި ބައިވެރިވާނެ: އެމްއެމްޕީއާރްސީ
13 ޖެނުއަރީ 2017

މަޖީދީ މަގުގައި ޕޮއިސްގެ އާ ޝޯ ރޫމެއް ހުޅުވައިފި

13 ޖެނުއަރީ 2017
މަޖީދީ މަގުގައި ޕޮއިސްގެ އާ ޝޯ ރޫމެއް ހުޅުވައިފި
11 ޖެނުއަރީ 2017

ނިމިދިޔަ އަހަރު ޓެކްސް އާމްދަނީގެ ގޮތުގައި 1.23 ބިލިއަން ރުފިޔާ

11 ޖެނުއަރީ 2017
ނިމިދިޔަ އަހަރު ޓެކްސް އާމްދަނީގެ ގޮތުގައި 1.23 ބިލިއަން ރުފިޔާ
10 ޖެނުއަރީ 2017

އެމްޓީސީސީގެ ހުރިހާ އިސްވެރިން ދުވުމުގައި ބައިވެރިވާން ނިންމައިފި

10 ޖެނުއަރީ 2017
އެމްޓީސީސީގެ ހުރިހާ އިސްވެރިން ދުވުމުގައި ބައިވެރިވާން ނިންމައިފި
08 ޖެނުއަރީ 2017

ވެހިކަލް ފީގެ ގޮތުގައި ނޮވެމްބަރު މަހުގެ ނިޔަލަށް 69 މިލިއަން ރުފިޔާ ދައުލަތަށް ލިބިފަައިވޭ: މީރާ

08 ޖެނުއަރީ 2017
ވެހިކަލް ފީގެ ގޮތުގައި ނޮވެމްބަރު މަހުގެ ނިޔަލަށް 69 މިލިއަން ރުފިޔާ ދައުލަތަށް ލިބިފަައިވޭ: މީރާ
06 ޖެނުއަރީ 2017

ސަބްމެރިން ކޭބަލް މުޅި ރާއްޖޭގައި އެޅުމުގެ އަމަލީ މަސައްކަތް އުރީދޫ އިން ނިންމާލައިފި

06 ޖެނުއަރީ 2017
ސަބްމެރިން ކޭބަލް މުޅި ރާއްޖޭގައި އެޅުމުގެ އަމަލީ މަސައްކަތް އުރީދޫ އިން ނިންމާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް