Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމާޒިޔާ އާއި ސަސްގެ މެޗު

މާޒިޔާއާ ދެކޮޅަށް މުޖުތާޒާއި ޖުނައިދަށް ނުކުޅެވޭނެ: މޯހަން

1 އެޕްރީލު 2021 | ބުރާސްފަތި 16:29

މާޒިޔާ އާއި ސަސް ބައްދަލުކުރާ މެޗު ފަށާނީ ހޮނިހިރު ދުވަހުގެރޭ 21:00 ގައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 1 އެޕްރީލު 2021 | ބުރާސްފަތި 16:29
ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގެ ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން)

ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގެ ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން)

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެރޭ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެކޮޅަށް ނުކުންނައިރު، އެ މެޗުގައި ލޯނު އުސޫލުން ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާ ގުޅުނު މާޒިޔާގެ ޑިފެންޑަރު މުޖުތާޒް މުޙައްމަދު (މުޖޭ) އާއި މިޑްފީލްޑަރު އަބްދުﷲ ޖުނައިދު (ޖެންނޭ) އަށް ނުކުޅެވޭނެ ކަމަށް ސަސްގެ ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން) ބުނެފިއެވެ.

ނިމިގެންދިޔަ ޓްރާންސްފާ ބާޒާރުގައި މުޖުތާޒާއި ޖުނައިދު ސަސްއަށް ބަދަލުވީ މާޒިޔާގެ ލޯނު އެއްބަސްވުމެއްގެ ދަށުން، މި ސީޒަނުގެ ނިޔަލަށެވެ. އަދި ލޯނު އެއްބަސްވުމެއްގެ ދަށުން ޒުވާން ދެ ކުޅުންތެރިން ކުލަބު ބަދަލުކުރީ، މި ސީޒަނުގެ ބާކީ ބައިގައި ކުޅުމުގެ ފުރުޞަތު ގިނައިން ހޯދުމަށް ކަމަށް މާޒިޔާއިން މީގެ ކުރިން ވަނީ ބުނެފައެވެ.

ލީގުގައި ހޮނިހިރު ދުވަހުގެރޭ މާޒިޔާއާ ދެކޮޅަށް ނުކުތުމުގެ ކުރިން ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން މޯހަން ބުނީ މި މެޗުގައި އެ ޓީމަށް ލޯނު އުސޫލުން ގުޅުނު މުޖުތާޒާއި ޖުނައިދަށް ނުކުޅެވޭނެ ކަމަށެވެ. މަޢުލޫމާތު ލިބޭ ގޮތުގައި މާޒިޔާއިން ލޯނު އެއްބަސްވުން ހަދާފައިވަނީ އެ ދެ ކުޅުންތެރިންނަށް މާޒިޔާއާ ދެކޮޅަށް ނުކުޅެވޭ ގޮތަށެވެ.

މެޗާ ބެހޭ ގޮތުން މޯހަން ބުނީ މާޒިޔާއަކީ ރާއްޖޭގައި އޮތް އެންމެ މޮޅު ޓީމު ކަމަށާއި، އެކަމަކު މެޗާ ކުރިމަތިލާނީ މި މެޗުން ޕޮއިންޓެއް ނަމަވެސް ހޯދަން ކަމަށެވެ. އެގޮތުން މެޗުން ޕޮއިންޓެއް ލިބުމަކީވެސް ސަސްއަށް ލިބޭ ބޯނަހެއް ކަމަށާއި، އަދި ލީގުގެ ގަދަ ހައެއްގައި ނިންމާލަން މި މެޗުން ލިބޭ ޕޮއިންޓަކީވެސް ވަރަށް މުހިންމު ޕޮއިންޓަކަށް ވެގެންދާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

ލީގުގައި ހޮނިހިރު ދުވަހުގެރޭ ސަސްއާ ދެކޮޅަށް މާޒިޔާ ނުކުންނައިރު، މިހާތަނަށް ލީގުގެ މެޗުކުން މާޒިޔާ ބަލިވެފައެއް ނުވެއެވެ. އެއާއެކު މި ސީޒަނުގެ ލީގުގައި މެޗަކުން ބަލިނުވެ އޮތް ހަމައެކަނި ޓީމަކީވެސް މާޒިޔާއެވެ.

ސަސް މެޗުގެ ކުރިން މާޒިޔާގެ ކޯޗު ރިސްޓޯ ވިޑަކޮވިޗް ބުނީ އިދިކޮޅަށް ނުކުންނަ ޓީމާ ދޭތެރޭ ވިސްނުމުގެ ބަދަލުގައި، މިހާރު އެންމެ ބޮޑަށް މަސައްކަތްކުރަމުން އަންނަނީ މާޒިޔާގެ ކުޅުން އިތުރަށް ރަނގަޅުކުރުމަށެވެ. އެގޮތުން މިހާތަނަށް އައިރު ވަރަށް ގިނަ ކަންކަން ކުޅުންތެރިން ރަނގަޅުކޮށްފައިވާ ކަމަށްވެސް ބުންޏެވެ.

ވިޑަކޮވިޗް ބުނީ ލީގުގައި ކޮންމެ ޓީމަކުންވެސް މާޒިޔާއާ ދެކޮޅަށް ނުކުންނަނީ އެ ޓީމު ބަލިކުރުމުގެ ރޫހުގައި ކަމަށާއި، އެހެންކަމުން މާޒިޔާއަށް އެއްވެސް މެޗެއް ފަސޭހަނުވާނެ ކަމަށެވެ. އަދި ސަސްއަކީ މި ވަގުތު ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ޓީމެއް ކަމަށާއި، އެހެންކަމުން މި މެޗުން މޮޅުވަން ކުޅުންތެރިން 100 އިންސައްތަ ދޭން ޖެހޭނެ ކަމަށްވެސް ވިޑަކޮވިޗް ބުންޏެވެ.

ލީގުގައި މާޒިޔާ އާއި ސަސް ބައްދަލުކުރާއިރު، ލީގު ތާވަލުގެ އެއްވަނައިގައި މާޒިޔާ އޮތީ ކުޅުނު 10 މެޗުން ލިބުނު 24 ޕޮއިންޓާއެކުއެވެ. އަދި ސަސް އޮތީ ތާވަލުގެ ހަވަނައިގައި 10 މެޗުން 11 ޕޮއިންޓާއެކުއެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ސަސް ބައްދަލުކުރާ މެޗު ފަށާނީ ހޮނިހިރު ދުވަހުގެރޭ 21:00 ގައެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުސުޕަރ ޔުނައިޓެޑް ސްޕޯޓްސް (ސަސް)މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން

އިތުރަށް ކިޔާލަން

01 ޑިސެމްބަރު 2025

ޔޫވީ އިން ގްރީން ބަލިކޮށްފި

01 ޑިސެމްބަރު 2025
ޔޫވީ އިން ގްރީން ބަލިކޮށްފި
30 ނޮވެމްބަރު 2025

ފަހަތުން އަރައި ބުރުން ވެލެންސިއާ ބަލިކޮށްފި

30 ނޮވެމްބަރު 2025
ފަހަތުން އަރައި ބުރުން ވެލެންސިއާ ބަލިކޮށްފި
30 ނޮވެމްބަރު 2025

ޓީސީ ބަލިކޮށް އޮޑި ދެ ވަނަ އަށް

30 ނޮވެމްބަރު 2025
ޓީސީ ބަލިކޮށް އޮޑި ދެ ވަނަ އަށް
29 ނޮވެމްބަރު 2025

ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ

29 ނޮވެމްބަރު 2025
ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ
29 ނޮވެމްބަރު 2025

ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް

29 ނޮވެމްބަރު 2025
ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް
25 ނޮވެމްބަރު 2025

ބުރުން ޔޫވީ ބަލިކޮށްފި

25 ނޮވެމްބަރު 2025
ބުރުން ޔޫވީ ބަލިކޮށްފި
22 ނޮވެމްބަރު 2025

ވިކްޓަރީ ބަލިކޮށް މާޒިޔާ އިން ރެކޯޑް ދަމަހައްޓައިފި

22 ނޮވެމްބަރު 2025
 ވިކްޓަރީ ބަލިކޮށް މާޒިޔާ އިން ރެކޯޑް ދަމަހައްޓައިފި
09 ނޮވެމްބަރު 2025

ފުލުގައި އޮތް ގްރީން ސްޓްރީޓްސް އިން ނިއު ހިފަހައްޓައިފި

09 ނޮވެމްބަރު 2025
ފުލުގައި އޮތް ގްރީން ސްޓްރީޓްސް އިން ނިއު ހިފަހައްޓައިފި
08 ނޮވެމްބަރު 2025

އިތުރު ވަގުތުގައި ހަމްޕު ޖެހި ގޯލުން، މާޒިޔާ އިން ރެކޯޑް ދަމަހައްޓައިފި

08 ނޮވެމްބަރު 2025
އިތުރު ވަގުތުގައި ހަމްޕު ޖެހި ގޯލުން، މާޒިޔާ އިން ރެކޯޑް ދަމަހައްޓައިފި
03 ނޮވެމްބަރު 2025

ބެންޖޯގެ އިރުޝާދުގެ ދަށުން އީގަލްސް އަށް ފުރަތަމަ މޮޅު

03 ނޮވެމްބަރު 2025
ބެންޖޯގެ އިރުޝާދުގެ ދަށުން އީގަލްސް އަށް ފުރަތަމަ މޮޅު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް