Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޓީސީ އާއި ޔޫވީގެ މެޗު

ޔޫވީ މެޗަކީ ސީޒަނުގެ އެންމެ މުހިންމު މެޗު: ނިޒާމްބެ

ޓީސީ އާއި ޔޫވީ ބައްދަލުކުރާ މެޗު ފަށާނީ ހޮނިހިރު ދުވަހުގެ ހަވީރު 16:00 ގައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 1 އެޕްރީލު 2021 | ބުރާސްފަތި 16:24
ޓީސީ ސްޕޯޓްސް ކުލަބުގެ ކޯޗު މުޙައްމަދު ނިޒާމް (ނިޒާމްބެ)

ޓީސީ ސްޕޯޓްސް ކުލަބުގެ ކޯޗު މުޙައްމަދު ނިޒާމް (ނިޒާމްބެ)

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އާ ދެކޮޅަށް ކުޅެން އޮތް މެޗަކީ ޓީސީ ސްޕޯޓްސް ކުލަބަށް މި ސީޒަނުގެ އެންމެ މުހިންމު މެޗު ކަމަށް އެ ޓީމުގެ ކޯޗު މުޙައްމަދު ނިޒާމް (ނިޒާމްބެ) ބުނެފިއެވެ.

ލީގުގައި ހޮނިހިރު ދުވަހުގެ ހަވީރު ޔޫވީއާ ދެކޮޅަށް ޓީސީ ނުކުންނައިރު، އެންމެ ފަހުން ކުޅުނު މެޗުން ޓީސީ ވަނީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަތުން 1-0 ގެ ނަތީޖާއަކުން ބަލިވެ، ތާވަލުގެ ހަތްވަނައަށް ވެއްޓިފައެވެ. އެގޮތުން ލީގު ތާވަލުގެ ފުލުން ދެވަނައިގައި ޓީސީ އޮތީ ކުޅުނު 10 މެޗުން ލިބުނު ނުވަ ޕޮއިންޓާއެކުއެވެ.

ލީގުގައި ހޮނިހިރު ދުވަހުގެ ހަވީރު ޔޫވީއާ ދެކޮޅަށް ނުކުތުމުގެ ކުރިން ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ނިޒާމްބެ ބުނީ މިހާރު ޓީސީ އޮތް ހާލަތަށް ބަލާނަމަ، ކުރިއަށް އޮތް މެޗަކީ މި ވަގުތު ޓީސީއަށް އެންމެ މުހިންމު މެޗު ކަމަށެވެ. އެގޮތުން ތާވަލުގައި މިހާރު އޮތް ހިސާބުން އަރައިގަތުމަށް ޔޫވީ މެޗުން ތިން ޕޮއިންޓް ހޯދުން މަޖުބޫރުކަމަށްވެސް ނިޒާމްބެ ވަނީ ބުނެފައެވެ. އަދި މިއީ މި ސީޒަނުގެވެސް އެންމެ މުހިންމު ތިން ޕޮއިންޓް ކަމަށާއި، އެހެންކަމުން މެޗާ ކުރިމަތިލާނީ ވަރަށް ފުރިހަމައަށް ތައްޔާރުވެގެން ކަމަށްވެސް ވަނީ ބުނެފައެވެ.

ނިޒާމްބެ އިތުރަށް ބުނީ މި ސީޒަނުގައި ޓީސީއަށް ދިމާވާ އެންމެ ބޮޑު އެއް މައްސަލައަކީ ލަނޑު ޖަހަން ލިބޭ ފުރުޞަތުތަކުގެ ބޭނުން ނުހިފުން ކަމަށެވެ. އެގޮތުން އެންމެ ފަހުން ކުޅުނު މެޗުތަކުގައިވެސް އެކަން ވަރަށް ބޮޑަށް ފާހަވަގެންދިޔަ ކަމަށާއި، މީގެ އިތުރުން އެ ޓީމުގައި ރަނގަޅު ބަދަލެއް ކުރަން ކުޅުންތެރިން ނެތުމަކީވެސް ދިމާވާ އެއް ގޮންޖެހުން ކަމަށްވެސް ނިޒާމްބެ ވަނީ ބުނެފައެވެ.

ޓީސީ މެޗުގެ ކުރިން ޔޫވީގެ ކޯޗު އިހުސާން އަބްދުލް ޣަނީ (ސާންތި) ބުނީ ޓީސީއާ ދެކޮޅަށް ނުކުންނައިރު އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ އެންމެ ފަހުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެކޮޅަށް ކުޅުނު މެޗުގައި ޔޫވީން ދެއްކި ރަނގަޅު ކުޅުން ކަމަށެވެ. އެގޮތުން އެ މެޗުން 1-0 ގެ ނަތީޖާއަކުން ބަލިވި ނަމަވެސް، މެޗުގައި ކުޅުންތެރިން މޮޅު ކުޅުމެއް ދެއްކި ކަމަށާއި، އެހެންކަމުން އެއީ ކުރިއަށް މެޗަށް ނުކުންނައިރު ޓީމުގެ ހާލަތު އިތުރަށް ރަނގަޅުވެގެންދާނެ ކަމެއް ކަމަށްވެސް ވަނީ ބުނެފައެވެ.

އެކަމަކު މި ސީޒަނުގައި ޔޫވީއަށް އަނިޔާގެ ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވާއިރު، އެކަމުގެ އަސަރު ކުރިއަށް އޮތް މެޗުންވެސް ފެނިގެންދާނެ ކަމަށް ސާންތި ބުންޏެވެ. އެގޮތުން އެ ޓީމުގެ ބެދޭސީ ޑިފެންޑަރަށް އަނިޔާވެފައިވާއިރު، ޓީސީއާ ދެކޮޅަށް ކުޅޭ މެޗުގައި އޭނާއަށް ކުޅެވޭނެކަން އަދި ޔަގީންނުވާ ކަމަށްވެސް ސާންތި ވަނީ ބުނެފައެވެ.

ލީގުގައި ހޮނިހިރު ދުވަހުގެ ހަވީރު ޓީސީއާ ދެކޮޅަށް ނުކުންނައިރު، ފުލުގައި އޮތް ޔޫވީ އަދި މިހާތަނަށް މެޗަކުން މޮޅުވެފައެއް ނުވެއެވެ. އެގޮތުން ޔޫވީ ފުލުގައި އޮތީ ކުޅުނު 10 މެޗުން ލިބުނު އެންމެ ތިން ޕޮއިންޓާއެކުއެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ޓީސީ އާއި ޔޫވީ ބައްދަލުކުރާ މެޗު ފަށާނީ ހޮނިހިރު ދުވަހުގެ ހަވީރު 16:00 ގައެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުޓީސީ ސްޕޯޓްސް ކުލަބުޔުނައިޓެޑް ވިކްޓަރީ (ޔޫވީ)

ކޮމެންޓް

އިތުރަށް ކިޔާލަން

ޔޫވީ އަތުން ބުރަށް ނުވަ ލަނޑުގެ މޮޅެއް

ޔޫވީ އަތުން ބުރަށް ނުވަ ލަނޑުގެ މޮޅެއް

13 ޑިސެމްބަރު 2025
ޔޫވީ އިން ގްރީން ބަލިކޮށްފި

ޔޫވީ އިން ގްރީން ބަލިކޮށްފި

01 ޑިސެމްބަރު 2025
ފަހަތުން އަރައި ބުރުން ވެލެންސިއާ ބަލިކޮށްފި

ފަހަތުން އަރައި ބުރުން ވެލެންސިއާ ބަލިކޮށްފި

30 ނޮވެމްބަރު 2025
ޓީސީ ބަލިކޮށް އޮޑި ދެ ވަނަ އަށް

ޓީސީ ބަލިކޮށް އޮޑި ދެ ވަނަ އަށް

30 ނޮވެމްބަރު 2025
ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ

ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ

29 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

23 އެޕްރީލު
ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން
20251 އަހަރު ކުރިން
ރާއްޖެ

ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ
20242 އަހަރު ކުރިން
ދުނިޔެ

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ
20233 އަހަރު ކުރިން
ކުޅިވަރު

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"
20224 އަހަރު ކުރިން
ރާއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން
20215 އަހަރު ކުރިން
ރިޕޯޓު

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
20197 އަހަރު ކުރިން
ރިޕޯޓު

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ
20188 އަހަރު ކުރިން
ރިޕޯޓު

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު