Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ހާލަންޑް ހޯދަން މަސައްކަތްކުރުން

އަގުއޭރޯގެ ބަދަލުގައި ހާލަންޑް ހޯދަން ސިޓީން މަސައްކަތްކުރަނީ

ހާލަންޑް ނުލިބެއްޖެނަމަ، ކޭން ގަތުމަށް ސިޓީން މަޝްވަރާކުރޭ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 31 މާރިޗު 2021 | ބުދަ 16:26
ބޮރޫޝިއާ ޑޯޓްމުންޑަށް ކުޅެމުން އަންނަ ނޯވޭގެ ޒުވާން ފޯވާޑް އާލިން ބްރައުޓް ހާލަންޑް

ބޮރޫޝިއާ ޑޯޓްމުންޑަށް ކުޅެމުން އަންނަ ނޯވޭގެ ޒުވާން ފޯވާޑް އާލިން ބްރައުޓް ހާލަންޑް

މި ސީޒަނަށްފަހު މެންޗެސްޓާ ސިޓީ ދޫކޮށްލަން އާޖެންޓީނާގެ ތަޖުރިބާކާރު ފޯވާޑް ސާޖިއޯ އަގުއޭރޯ ނިންމުމުން، އޭނާގެ ބަދަލުގައި ބޮރޫޝިއާ ޑޯޓްމުންޑަށް ކުޅެމުން އަންނަ ނޯވޭގެ ޒުވާން ތަރި އާލިން ބްރައުޓް ހާލަންޑް ހޯދަން ސިޓީން މަސައްކަތްކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އުމުރުން 32 އަހަރުގެ އަގުއޭރީ ސިޓީއާއެކު ހަދާފައި އޮތް އެއްބަސްވުން މި ސީޒަން ނިމުމުން ހަމަވާއިރު، އެއްބަސްވުން އާކުރުމުގެ ބަދަލުގައި، ސިޓީ ދޫކޮށްލަން އަގުއޭރޯ ނިންމާފައިވާކަން އެ ޓީމުން ދާދި ފަހުން ވަނީ ހާމަކޮށްފައެވެ. ދާދި ފަހުން ދިން އިންޓަވިއުއެއްގައި ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ އަގުއޭރޯއަކީ އެ ކުލަބުގެ ލެޖެންޑެއް ކަމަށާއި، އަދި އޭނާ ނެތްތަން ފޫބައްދަން އުނދަގޫވާނެ ކަމަށެވެ.

އެހެންކަމުން އަންނަ ސީޒަނަށް ސްކޮޑު ވަރުގަދަކުރުމުގެ ގޮތުން ހާލަންޑް ގެނައުމުގެ މަސައްކަތް ސިޓީން މިހާރު ފަށާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި ހާލަންޑް ނުލިބެއްޖެނަމަ، ޓޮޓެންހަމް ހޮޓްސްޕާއަށް ކުޅެމުން އަންނަ އިންގްލެންޑުގެ ކެޕްޓަން ހެރީ ކޭން ގަތުމަށްވެސް ސިޓީން މަޝްވަރާކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ހާލަންޑް ހޯދުމަށް ސިޓީން މަސައްކަތް ފެށިއިރު، ކުރިއަށް އޮތް ހޫނު މޫސުމުގެ ޓްރާންސްފާގައި ޑޯޓްމުންޑުން ހާލަންޑް ވިއްކާނީ 180 މިލިޔަން ޔޫރޯއަށް ކަމަށް ރިޕޯޓުތައް ވަނީ ބުނެފައެވެ. ޔޫރަޕުގެ ބޮޑެތި ކުލަބުތަކުން ހާލަންޑް ގަތުމަށް މަސައްކަތްކުރަމުން އަންނައިރު، މިދިޔަ އަހަރުގެ ޖެނުއަރީ މަހު އާރްބީ ސާލްޒްބާގް ދޫކޮށް އުމުރުން 20 އަހަރުގެ ހާލަންޑް ޑޯޓްމުންޑަށް ބަދަލުވީ ހަތަރު އަހަރާ ބައިގެ އެއްބަސްވުމެއްގެ ދަށުން، 20 މިލިޔަން ޔޫރޯއަށެވެ. އެހެންކަމުން ހާލަންޑުގެ އެއްބަސްވުން ހަމަވާނީ 2024 ވަނަ އަހަރުގެ ޖޫން މަހުއެވެ.

ސިޓީގެ އިތުރުން ހާލަންޑަށް ފާރަލާ ކުލަބުތަކުގެ ތެރޭގައި އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަން ލިވަޕޫލާއި، މެންޗެސްޓާ ޔުނައިޓެޑް އަދި ޗެލްސީވެސް ހިމެނެއެވެ. އަދި އޭނާއަށް ސްޕެއިނުގެ ގަދަ ދެ ބާރު ކަމަށްވާ ބާސެލޯނާ އާއި ރެއާލް މެޑްރިޑުންވެސް އަންނަނީ ފާރަލަމުންނެވެ.

ޓްރާންސްފާ ބާޒާރުގައި ހާލަންޑުގެ އަގު ބޮޑުވެފައިވާއިރު، ދާދި ފަހުން ދިން އިންޓަވިއުއެއްގައި އޭނާގެ އޭޖެންޓް މިނޯ ރައިއޯލާ ބުނީ މުސްތަގުބަލުގައި ހާލަންޑަކީ ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭނެ ކުޅުންތެރިއެއް ކަމަށާއި، އެހެންކަމުން އޭނާއަށް ހުރިހާ ކުލަބަކުންވެސް ފާރަލަމުން އަންނަ ކަމަށެވެ. އެކަމަކު މި ދަނޑިވަޅުގައި ހާލަންޑް ގަތުމުގެ ފެންވަރު ހުރީ 10 ކުލަބެއްގައި ކަމަށާއި، އޭގެ ތެރެއިން ހަތަރު ކުލަބަކީ ޕްރިމިއާ ލީގުގެ ކުލަބުތައް ކަމަށްވެސް ރައިއޯލާ ވަނީ ބުނެފައެވެ.

ޑޯޓްމުންޑާއެކު ތަފާތު މޮޅު ކުޅުމެއް ހާލަންޑް ދައްކަމުން އަންނައިރު، އޭނާ ވަނީ މިހާތަނަށް ޑޯޓްމުންޑަށް ކުޅެދިން 49 މެޗުގައި 49 ލަނޑު ޖަހާފައެވެ. އަދި އޭނާ ވަނީ އިޓަލީގެ ކުޅިވަރު ނޫސް "ތުއްތޮސްޕޯޓް" އިން ހޮވާ ޔޫރަޕިއަން ގޯލްޑަން ބޯއި އެވޯޑް، މިދިޔަ އަހަރު ހޯދާފައެވެ.

އާލިން ބްރައުޓް ހާލަންޑްމެންޗެސްޓަރ ސިޓީ

ކޮމެންޓް

އިތުރަށް ކިޔާލަން

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް

ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް

03 ޑިސެމްބަރު 2025
އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ

އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ

26 ނޮވެމްބަރު 2025
ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި

ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި

11 ނޮވެމްބަރު 2025
ބޯންމައުތު ބަލިކޮށް، ސިޓީ ދެ ވަނަ އަށް

ބޯންމައުތު ބަލިކޮށް، ސިޓީ ދެ ވަނަ އަށް

03 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

10 ޖެނުއަރީ
ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!
20215 އަހަރު ކުރިން
ރާއްޖެ

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!
20188 އަހަރު ކުރިން
ރާއްޖެ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު