Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިނގިރޭސި ޕްރިމިއާ ލީގު

ފަހު ވަގުތު އާސެނަލް އިން ސިޓީއާ އެއްވަރު ކޮށްފި

ލީގުގައި މިހާތަނަށް ކުޅެފައިވާ ފަސް މެޗުން 10 ޕޮއިންޓާ އެކު އާސެނަލް އޮތީ ދެ ވަނައިގަ އެވެ. ލީގުގައި ކުޅުނު ފަސް މެޗުން ހަތް ޕޮއިންޓާ އެކު ސިޓީ އޮތީ ނުވަ ވަނައިގަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 22 ސެޕްޓެމްބަރު 2025 | ހޯމަ 06:12
މެޗުގައި ލަނޑު ޖެހުމަށް ފަހު އާސެނަލްގެ މާޓިނެލީ އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު އާސެނަލްގެ މާޓިނެލީ އުފާ ފާޅު ކުރަނީ

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓަރ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުން، ފަހު ވަގުތު އާސެނަލް ސަލާމަތް ވެއްޖެ އެވެ.

އާސެނަލްގެ އަމިއްލަ ދަނޑު، އެމިރޭޓްސް ސްޓޭޑިއަމްގައި އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗު ނިމުނީ ދެ ޓީމު 1-1 އިން އެއްވަރު ވެގެންނެވެ. މެޗުގައި ސިޓީ އިން ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، އާސެނަލް އިން ވަނީ ފަހު ވަގުތު ލަނޑު ޖަހައިގެން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.

މެޗު ފަށައިގެން ނުވަ ވަނަ މިނެޓުގައި ސިޓީ އިން ވަނީ އާސެނަލް ކޮޅަށް ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު ސިޓީ އަށް ޖަހައިދިނީ އެ ޓީމަށް ކުޅެމުން އަންނަ ނޯވޭގެ ފޯވާޑު އާލިން ހަލަންޑް އެވެ. އެ ލަނޑު ޖަހަން ހާލަންޑް އަށް ފުރުސަތު ތަނަވަސްކޮށްދިނީ ޓިޖާނީ ރެއިންޖާސް އެވެ.

މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަަށް އާސެނަލް އިން ކުރި މަސައްކަތް އެ ޓީމަށް ކާމިޔާބު ކުރެވުނީ، މެޗުގެ ފަހު ވަގުތުގެ ތެރޭގަ އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި އާސެނަލް އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ގަބްރިއެލް މާޓިނެލީ އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނެފައި ވަނީ، މެޗުގައި ރަނގަޅަށް ކުޅުނީ އާސެނަލްގެ ކުޅުންތެރިން ކަމަށެވެ. އޭނާ ބުނީ މުޅި މެޗު ކޮންޓްރޯލް ކޮށްގެން ކުޅުނީ އާސެނަލް އިން ކަމަށާއި، އާސެނަލްގެ ކުޅުންތެރިންނާ މެދު އޭނާ ފަޚުރުވެރިވާ ކަމަށެވެ. ނަމަވެސް، މެޗުން މޮޅު ނުވުމުން ނުތަނަވަސްވެފައި ހުރި ކަމަށް އާޓެޓާ ބުންޏެވެ.

ސިޓީގެ ކޯޗު ޕެޕް ގާާޑިއޯލާ ބުނެފައި ވަނީ، މެޗުގެ ނަތީޖާ އަކީ ވަރަށް އިންސާފުވެރި ނަތީޖާއެއް ކަމަށެވެ. އޭނާ ބުނީ ޖުމުލަ ގޮތެއްގައި އާސެނަލް އިން މެޗުގައި ރަނގަޅަށް ކުޅެފައިވާ ކަމަށެވެ. ގާޑިއޯލާ ބުނީ މެޗުގައި ސިޓީގެ ކުޅުންތެރިންގެ ފަރާތުން ހުށިޔާރު ކަމެއް ފެނިފައިވާ ކަމަށާއި، ސިޓީ އިން ބައެއް ކަންކަން ރަނގަޅު ކުރަން ޖެހިފައިވާ ކަމަށެވެ.

ލީގުގައި މިހާތަނަށް ކުޅެފައިވާ ފަސް މެޗުން 10 ޕޮއިންޓާ އެކު އާސެނަލް އޮތީ ދެ ވަނައިގަ އެވެ. ލީގުގައި ކުޅުނު ފަސް މެޗުން ހަތް ޕޮއިންޓާ އެކު ސިޓީ އޮތީ ނުވަ ވަނައިގަ އެވެ.

މެންޗެސްޓަރ ސިޓީއިނގިރޭސި ޕްރިމިއަރ ލީގުއާސެނަލް

ކޮމެންޓް

އިތުރަށް ކިޔާލަން

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

11 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025
ބްރެންޓްފޯޑް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި

ބްރެންޓްފޯޑް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި

04 ޑިސެމްބަރު 2025
ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް

ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް

03 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

10 ޖޫން
ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ
20242 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"
20233 އަހަރު ކުރިން
ކުޅިވަރު

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟
20215 އަހަރު ކުރިން
ރާއްޖެ

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު