Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއާ ލީގު

ހާލަންޑުގެ ދެ ލަނޑާ އެކު، ސިޓީ އިން ބާންލީ ބަލިކޮށްފި

މޮޅާއެކު ސިޓީ އޮތީ ލީގު ތާވަލްގެ ހަ ވަނައިގަ އެވެ. އެއީ މިހާތަނަށް ކުޅެފައިވާ ހަ މެޗުން، 10 ޕޮއިންޓާ އެކު އެވެ. ތިން މެޗުން ސިޓީ މޮޅުވެފައިވާއިރު، އެއް މެޗުން އެއްވަރުވެފައިވެ އެވެ. އަނެއް ދެ މެޗުން އެ ޓީމު ވަނީ ބަލިވެފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 28 ސެޕްޓެމްބަރު 2025 | އާދީއްތަ 04:16
މެޗުގައި ސިޓީގެ ހާލަންޑް ލަނޑު ޖަހަނީ

މެޗުގައި ސިޓީގެ ހާލަންޑް ލަނޑު ޖަހަނީ

އިނގިރޭސި ޕްރިމިއާ ލީގުގައި ބާންލީއާ ދެކޮޅަށް ކުޅުނު މެޗުން، މެންޗެސްޓަރ ސިޓީ މޮޅުވެއްޖެ އެވެ.

ސިޓީގެ އަމިއްލަ ދަނޑުގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 5-1 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ސިޓީ އިން ލީޑު ނަގާފައި ވަނިކޮށް، ބާންލީ އިން ނަތީޖާ ހަމަހަމަ ކުރި އެވެ. ނަމަވެސް ސިޓީ އިން ވަނީ ދެ ވަނަ ހާފުގައި ހަތަރު ލަނޑު ޖަހައިފަ އެވެ.

މެޗު ފަށައިގެން 12 ވަނަ މިނެޓުގައި ސިޓީ އަށް ލީޑު ލިބުނީ ބާންލީގެ މެކްސިމް އެސްޓީވް އަތުން ބައި ކޮޅަށް ވަތް ލަނޑުންނެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ޖައިޑޮން އެެންތަނީ ވަނީ ލަނޑު ޖަހައި ބާންލީ އަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.

މެޗުގެ ދެ ވަނަ ހާފުގައި ސިޓީ އިން ލަނޑު ޖަހައި ލީޑު ނެގީ ނޫނޯ މެންޑޭސް ޖެހި ލަނޑުންނެވެ. އެ ލަނޑު ޖަހަަން އޭނާ އަށް ފުރުސަތު ތަނަވަސްކޮށްދިނީ ނޯވޭގެ އާލިން ހާލަންޑް އެވެ. އޭގެ ހަތަރު މިނެޓު ފަހުން އަނެއްކާ ވެސް ބާންލީގެ އެސްޓީވް އަތުން ވަނީ ބައި ކޮޅަށް ލަނޑެއް ވަދެފަ އެވެ.

މެޗުގެ 90 ވަނަ މިނެޓުގައި ސިޓީގެ ހަތަރު ވަނަ ލަނޑު ޖެހީ ހާލަންޑް އެވެ. އެއީ ޖެރެމީ ޑޮކޫ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ. އޭގެ ފަހުން އިތުރު ވަގުތުގައި ހާލަންޑް ވަނީ ދެ ވަނަ ލަނޑެއް ޖަހައި، ސިޓީގެ ފަސް ވަނަ ލަނޑު ހަމަ ކޮށްފަ އެވެ.

މޮޅާއެކު ސިޓީ އޮތީ ލީގު ތާވަލްގެ ހަ ވަނައިގަ އެވެ. އެއީ މިހާތަނަށް ކުޅެފައިވާ ހަ މެޗުން، 10 ޕޮއިންޓާ އެކު އެވެ. ތިން މެޗުން ސިޓީ މޮޅުވެފައިވާއިރު، އެއް މެޗުން އެއްވަރުވެފައިވެ އެވެ. އަނެއް ދެ މެޗުން އެ ޓީމު ވަނީ ބަލިވެފަ އެވެ.

މެންޗެސްޓަރ ސިޓީއިނގިރޭސި ޕްރިމިއަރ ލީގުއާރްލިންގ ހާލަންޑް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
03 ޑިސެމްބަރު 2025

ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް

03 ޑިސެމްބަރު 2025
ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް
26 ނޮވެމްބަރު 2025

އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ

26 ނޮވެމްބަރު 2025
އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ
11 ނޮވެމްބަރު 2025

ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި

11 ނޮވެމްބަރު 2025
ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި
03 ނޮވެމްބަރު 2025

ބޯންމައުތު ބަލިކޮށް، ސިޓީ ދެ ވަނަ އަށް

03 ނޮވެމްބަރު 2025
ބޯންމައުތު ބަލިކޮށް، ސިޓީ ދެ ވަނަ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު