Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކަރަބޯ ކަޕް

ހަޑްސްފީލްޑް ޓައުން ބަލިކޮށް ސިޓީ ވެސް ގަދަ 16 އަށް

މެޗަށް ފަހު ވާހަކަ ދައްކަމުން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފައި ވަނީ އެ ޓީމުގެ ފޯމު އަލުން އެނބުރި އައިސްފައިވާ ކަމަށާއި، ސިޓީގެ ފެންވަރު އަނެއްކާ ވެސް ފެންނަމުން އަންނަ ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 25 ސެޕްޓެމްބަރު 2025 | ބުރާސްފަތި 03:56
މެޗުގައި ލަނޑު ޖެހުމަށް ފަހު ސިޓީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ސިޓީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

ކަރަބޯ ކަޕްގެ ތިން ވަނަ ބުރުގައި ހަޑްސްފީލްޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، މެންޗެސްޓަރ ސިޓީ އިން މުބާރާތުގެ ގަދަ 16 ވަނަ ބުރުން ޖާގަ ހޯދައިފި އެވެ.

ބުދަ ދުވަހުގެ ރޭ ކުޅުނު މެޗު ސިޓީ އިން ކާމިޔާބު ކުރީ 2-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ސިޓީ އިން އެއް ލަނޑު ޖެހިއިރު، އަނެއް ލަނޑު އެ ޓީމުން ޖެހީ ދެ ވަނަ ހާފުގަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 18 ވަނަ މިނެޓުގައި ސިޓީ އަށް ލީޑު ނަގައިދިނީ ފިލް ފޮޑެން އެވެ. އެއީ ޑިވިން މުކާސާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ.

އޭގެ ފަހުން ދެ ވަނަ ހާފުގައި ސިޓީ އިން ދެ ވަނަ ލަނޑެއް ޖަހައި ލީޑު ފުޅާ ކުރިއިރު، އޭގެ ކުރިން ވެސް ސިޓީ އަށް ވަނީ އިތުރު ލަނޑު ޖަހަން ފުރުސަތު ލިބިފަ އެވެ. މެޗުގެ 74 ވަނަ މިނެޓުގައި ސިޓީގެ ދެ ވަނަ ލަނޑު ޖެހީ ސަވީނިއޯ އެވެ. އެއީ ފޮޑެން ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފައި ވަނީ އެ ޓީމުގެ ފޯމު އަލުން އެނބުރި އައިސްފައިވާ ކަމަށާއި، ސިޓީގެ ފެންވަރު އަނެއްކާ ވެސް ފެންނަމުން އަންނަ ކަމަށެވެ. ގާޑިއޯލާ ބުނީ މެޗުގައި ސިޓީ އިން ޖުމުލަ ގޮތެއްގައި ވަރަށް ރަނގަޅު ކުޅުމެއް ދެއްކި ކަމަށާއި، އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ އަނެއް ބުރުން ފުރުސަތު ލިބުން ކަމަށެވެ.

މި ފަހަކަށް އައިސް ސިޓީގެ ނަތީޖާތައް ދަށްވެފައިވާއިރު، ގާޑިއޯލާ ބުނެފައި ވަނީ ސިޓީ އިން ވަރަށް ބުރަކޮށް މަސައްކަތް ކުރާ ކަމަށެވެ. ފާއިތުވި ތަނުގައި ސިޓީ އިން ކޮށްފައިވާ ކަންތައްތަކަށް ބަލާއިރު، އެކަން ދަމަހައްޓަން ޖެހޭ ކަަމަށާއި، އެހެންވެ އިތުރު މަސައްކަތް ކުރަން ޖެހޭ ކަމަށް ޤަބޫލު ކުރާ ކަމުގައި ގާޑިއޯލާ ބުންޏެވެ.

އިތުރަށް ގާޑިއޯލާ ބުނީ ސިޓީގެ ކުޅުންތެރިން ކުރަމުން އަންނަ މަސައްކަތާއި، އެ ކުޅުންތެރިން ދައްކަމުން އަންނަ ކުޅުމާ މެދު އޭނާ ވަރަށް ބޮޑަށް ފަޚުރުވެރިވާ ކަމަށެވެ. އޭނާ ބުނީ އެއްވެސް ކަމަކީ ފަސޭހަަ ކަމަކަށް ނުވާނެ ކަމަށާއި، ކަންކަން ޙާސިލު ކުރެވޭނީ އުނދަގޫ އެތައް ކަމަކާ ކުރިމަތިލައިގެން ކަމަށެވެ.

ކަރަބޯ ކަޕްމެންޗެސްޓަރ ސިޓީ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
03 ޑިސެމްބަރު 2025

ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް

03 ޑިސެމްބަރު 2025
ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް
26 ނޮވެމްބަރު 2025

އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ

26 ނޮވެމްބަރު 2025
އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ
11 ނޮވެމްބަރު 2025

ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި

11 ނޮވެމްބަރު 2025
ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި
03 ނޮވެމްބަރު 2025

ބޯންމައުތު ބަލިކޮށް، ސިޓީ ދެ ވަނަ އަށް

03 ނޮވެމްބަރު 2025
ބޯންމައުތު ބަލިކޮށް، ސިޓީ ދެ ވަނަ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު