Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޗެމްޕިއަންސް ލީގުގެ ފޯމެޓް ބަދަލުކުރުން

ޗެމްޕިއަންސް ލީގުގެ ފޯމެޓް ބަދަލުކުރުން ފަސްކޮށްފި

30 މާރިޗު 2021 | އަންގާރަ 16:26

އައު ފޯމެޓަށް އަމަލުކުރަން ފަށާނީ 2024 ވަނަ އަހަރު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 30 މާރިޗު 2021 | އަންގާރަ 16:26
ޔުއެފާ ޗެމްޕިއަންސް ލީގުގެ ތަށި

ޔުއެފާ ޗެމްޕިއަންސް ލީގުގެ ތަށި

ޔޫރަޕުގެ އެންމެ ޝަރަފުވެރި ކުލަބު ފުޓްބޯޅަ މުބާރާތް ކަމަށްވާ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފޯމެޓް، 2024 ވަނަ އަހަރުން ފެށިގެން ބަދަލުކުރަން ތާވަލުކުރި ބައްދަލުވުން ފަސްކޮށްފިއެވެ.

ޗެމްޕިއަންސް ލީގުގެ ފޯމެޓް ބަދަލުކުރަން ޔުއެފާއިން ނިންމި އެންމެ ބޮޑު ސަބަބަކީ ދުނިޔޭގެ މަހުޖަނުންތަކެއް ބޭނުންވެގެން ފުޓްބޯޅައިގެ މަޝްހޫރު ހުރިހާ ކުލަބެއް ހިމަނައި، ސުޕަ ލީގެއް ވުޖޫދުކުރަން އުޅޭ މަސައްކަތް ހުއްޓުވުމެވެ. އެގޮތުން ޗެމްޕިއަންސް ލީގުގެ ފޯމެޓް ބަދަލުކުރުން ޔުއެފާއިން މަޝްވަރާކުރަމުން އަންނަތާ މިހާރު ވަނީ ދެ އަހަރުވެފައެވެ.

ޗެމްޕިއަންސް ލީގުގެ ފޯމެޓް ބަދަލުކުރުން ޔުއެފާއިން މަޝްވަރާކުރަމުން އަންނައިރު، މި ވަގުތު ގިނަ ބަޔަކަށް އެންމެ ކަމުދާ މޮޑެލަކީ 10 މެޗުގެ ގްރޫޕް ސްޓޭޖެއް ކުޅެން ލިބޭ ގޮތަށް ރޭވިފައިވާ ފޯމެޓް ކަމަށް ރިޕޯޓުތައް ބުނެއެވެ. އެގޮތުން މި ޕްރޮޕޯސަލުގައިވާ ގޮތުން ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި 32 ޓީމުގެ ބަދަލުގައި 36 ޓީމު ވާދަކުރާނެއެވެ. އަދި ވައިލްޑް ކާޑް އެންޓްރީގެ ދަށުން ދެ ޓީމަށް ގްރޫޕް ސްޓޭޖަށް ކޮލިފައިވާއިރު، އެ ދެ ޓީމު ކަނޑައަޅާނީ ޔުއެފާއިން ކަނޑައަޅާ ޚާއްޞަ ޕޮއިންޓް އުސޫލެއްގެ ދަށުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

އަދި ގްރޫޕް ސްޓޭޖުގައި ކޮންމެ ޓީމަކަށް 10 މެޗު ކުޅެން ލިބޭއިރު، އެ 10 މެޗުން އެންމެ ގިނަ ޕޮއިންޓް ހޯދާ ގަދަ އަށް ޓީމު ދެވަނަ ބުރަށް ދަތުރުކުރާނެއެވެ. ދެން ލީގުގެ ނުވަވަނައިން ފެށިގެން 24 ވަނައާ ދެމެދު ނިންމާ ޓީމުތައް ޕްލޭއޮފް ބުރެއް ކުޅޭއިރު، އެ ބުރުން ކުރި ހޯދާ އަށް ޓީމު ދެވަނަ ބުރަށް ދަތުރުކުރާނެއެވެ. އެހެންކަމުން ދެވަނަ ބުރު ކުރިއަށްދާނީ މިހާރުވެސް މުބާރާތް ކުރިއަށްދާ އުސޫލުން ގަދަ 16 ޓީމުގެ މެދުގައެވެ. ދެން ލީގުގެ 17 ވަނައިން ފެށިގެން 24 ވަނައާ ދެމެދު ނިންމާ ކުލަބުތަކަށް ޔުއެފާ ޔޫރޮޕާ ލީގުގެ ޖާގަ ލިބޭއިރު، އޭގެ ފުލުން ނިންމާ އަށް ޓީމު މުބާރާތުން ކަޓާގޮތަށް ހަދަންވެސް ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެހެންކަމުން ޗެމްޕިއަންސް ލީގުގެ ފޯމެޓް ބަދަލުކުރުމަށް ގޮތެއް ނިންމުމަށް ބުދަ ދުވަހު ޔުއެފާގެ ހިންގާ ކޮމިޓީން ބައްދަލުވުމެއް ބާއްވަން ތާވަލުކުރި ނަމަވެސް، މިހާރު އެ ބައްދަލުވުން ވަނީ އަންނަ އޭޕްރީލް މަހުގެ 19 ވަނަ ދުވަހަށް ފަސްކޮށްފައެވެ.

ޗެމްޕިއަންސް ލީގުގެ ފޯމެޓް ބަދަލުކުރަން މަސައްކަތްކުރަމުން އަންނައިރު، މި ވަގުތު ކުރިއަށްދާ ފޯމެޓަކީ 32 ޓީމު އަށް ގްރޫޕަކަށް ބަހާލުމަށްފަހު، ކޮންމެ ޓީމަކަށް ގްރޫޕް ސްޓޭޖުގައި ހަ މެޗު ކުޅެން ދިނުމަށްފަހު، އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ގަދަ 16 ބުރަށް ގޮސް، އެ ހިސާބުން ނޮކައުޓް މުބާރާތެއްގައި ކުޅޭ ގޮތަށެވެ. އަދި ގްރޫޕް ސްޓޭޖުގެ ތިންވަނައަށް ދާ ޓީމަށް ޔޫރޮޕާ ލީގުގެ ޖާގަ ލިބޭ ގޮތަށް އޮތްއިރު، އެންމެ ފުލުގައި އޮންނަ ޓީމު މުބާރާތުން ކަޓާނެއެވެ.

ޗެމްޕިއަންސް ލީގުގެ ފޯމެޓް ބަދަލުކުރަން އެންމެ ފުރަތަމަ ހުށަހެޅުނު ޕްރޮޕޯސަލުގައި އޮތީ އަށް ޓީމުގެ ހަތަރު ގްރޫޕް ހެދުމަށްފަހު، ގްރޫޕް ސްޓޭޖުގައި ކޮންމެ ޓީމަކަށް 14 މެޗު ލިބޭ ގޮތަށް ހެދުމަށެވެ. އެކަމަކު މާ ގިނަ މެޗުތަކެއް މުބާރާތުގައި ކުޅެން ޖެހި، ޝެޑިއުލް ރޭވުމުގައި ދަތިތަކެއް ދިމާވާނެތީ، އެ ޕްރޮޕޯސަލް ވަނީ އަނބުރާ ފޮނުވާލާއެވެ.

ޗެމްޕިއަންސް ލީގުގެ އައު ފޯމެޓާ ބެހޭގޮތުން ލަސްވެގެން މި އަހަރުގެ ކުރިން ގޮތެއް ނިންމަން ޔުއެފާއިން އަމާޒުހިފާފައިވާއިރު، އައު ފޯމެޓަށް އަމަލުކުރަން ފަށާނީ 2024 ވަނަ އަހަރެވެ.

ޗެމްޕިއަންސް ލީގު

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

31 އޯގަސްޓު 2025

ފެނަބާޗޭގެ ކޯޗުކަމުން މޮރީނިއޯ ވަކިކޮށްފި

31 އޯގަސްޓު 2025
  ފެނަބާޗޭގެ ކޯޗުކަމުން މޮރީނިއޯ ވަކިކޮށްފި
08 މެއި 2024

51 ޕަސެންޓް އެޑްވާންޓޭޖް އޮތީ ރެއާލް އަށް: ޓުޗެލް

08 މެއި 2024
51 ޕަސެންޓް އެޑްވާންޓޭޖް އޮތީ ރެއާލް އަށް: ޓުޗެލް
08 މެއި 2024

11 އަހަރު ފަހުން ރޮއިސްއާއެކު ޑޯޓްމުންޑް ފައިނަލަށް

08 މެއި 2024
11 އަހަރު ފަހުން ރޮއިސްއާއެކު ޑޯޓްމުންޑް ފައިނަލަށް
07 މެއި 2024

މޮޅުވެގެން ފައިނަލަށް ދެވޭނެ، އެންމެ ބޮޑަށް އެހީވެވޭނީ އެމްބާޕޭއަށް

07 މެއި 2024
މޮޅުވެގެން ފައިނަލަށް ދެވޭނެ، އެންމެ ބޮޑަށް އެހީވެވޭނީ އެމްބާޕޭއަށް
01 މެއި 2024

ބަޔާނަށް މޮޅުނުވެވުނީ ވިނީޝިއަސް ޖެހި ދެ ލަނޑުން

01 މެއި 2024
ބަޔާނަށް މޮޅުނުވެވުނީ ވިނީޝިއަސް ޖެހި ދެ ލަނޑުން
29 އެޕްރީލު 2024

ރެއާލް މެޑްރިޑަށް ބަޔާނަކީ ނުރައްކާތެރި ޓީމެއް: އެންޗެލޯޓީ

29 އެޕްރީލު 2024
ރެއާލް މެޑްރިޑަށް ބަޔާނަކީ ނުރައްކާތެރި ޓީމެއް: އެންޗެލޯޓީ
11 އެޕްރީލު 2024

ބާސެލޯނާ އަތުން ބަލިވުމަކީ ބޮޑު ދެރައެއް: އެންރީކޭ

11 އެޕްރީލު 2024
ބާސެލޯނާ އަތުން ބަލިވުމަކީ ބޮޑު ދެރައެއް: އެންރީކޭ
11 އެޕްރީލު 2024

އަހަރުމެން ވަރަށް ރަނގަޅަށް އެމްބާޕޭ ހިފަހައްޓާލިން: ޒަވީ

11 އެޕްރީލު 2024
އަހަރުމެން ވަރަށް ރަނގަޅަށް އެމްބާޕޭ ހިފަހައްޓާލިން: ޒަވީ
10 އެޕްރީލު 2024

ގަދަ އަށެއްގައި އޮތް އެންމެ އުނދަގޫ ޓީމަކީ ޑޯޓްމުންޑް: ސިމިއޯނީ

10 އެޕްރީލު 2024
ގަދަ އަށެއްގައި އޮތް އެންމެ އުނދަގޫ ޓީމަކީ ޑޯޓްމުންޑް: ސިމިއޯނީ
10 އެޕްރީލު 2024

ހަރުކަށި ޖަމާއަތްތަކުގެ އިންޒާރާއެކު ޗެމްޕިއަންސް ލީގުގެ ސެކިއުރިޓީ ވަރުގަދަކޮށްފި

10 އެޕްރީލު 2024
ހަރުކަށި ޖަމާއަތްތަކުގެ އިންޒާރާއެކު ޗެމްޕިއަންސް ލީގުގެ ސެކިއުރިޓީ ވަރުގަދަކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް