Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއަގުއޭރޯ ސިޓީ ދޫކޮށްލުން

މި ސީޒަނަށްފަހު އަގުއޭރޯ ސިޓީ ދޫކޮށްލަނީ

އަގުއޭރޯ ހޯދަން ބާސާއިން އަންނަނީ މަސައްކަތްކުރަމުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 29 މާރިޗު 2021 | ހޯމަ 20:09
މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ތަޖުރިބާކާރު ފޯވާޑް ސާޖިއޯ އަގުއޭރޯ

މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ތަޖުރިބާކާރު ފޯވާޑް ސާޖިއޯ އަގުއޭރޯ

މި ސީޒަނަށްފަހު މެންޗެސްޓާ ސިޓީ ދޫކޮށްލަން އާޖެންޓީނާގެ ތަޖުރިބާކާރު ފޯވާޑް ސާޖިއޯ އަގުއޭރޯ ނިންމައިފިއެވެ.

އުމުރުން 32 އަހަރުގެ ފޯވާޑް ސިޓީއާއެކު ހަދާފައި އޮތް އެއްބަސްވުން މި ސީޒަން ނިމުމުން ހަމަވާނެއެވެ. އެހެންކަމުން އެއްބަސްވުން އާކުރުމުގެ ބަދަލުގައި، ސިޓީ ދޫކޮށްލަން އަގުއޭރޯ ނިންމާފައިވާކަން އެ ޓީމުން ހޯމަ ދުވަހުގެރޭ ވަނީ ހާމަކޮށްފައެވެ.

އެހެންކަމުން އަގުއޭރޯގެ ހަނދާނުގައި ސިޓީގެ އިއްތިހާދު ސްޓޭޑިއަމުގައި އޭނާގެ ބުދެއް ބަހައްޓަން ނިންމާފައިވާކަންވެސް އެ ޓީމުން ވަނީ ހާމަކޮށްފައެވެ. މީގެ ކުރިން އިއްތިހާދު ސްޓޭޑިއަމުގައި ބުދު ބަހައްޓަން ނިންމާފައިވަނީ ސިޓީގެ ދެ ލެޖެންޑުން ކަމަށްވާ ވިންސެންޓް ކޮމްޕެނީ އާއި ޑޭވިޑް ސިލްވާގެ ބުދުތަކެވެ.

ސިޓީ ދޫކޮށްލަން އަގުއޭރޯ ނިންމުމުން، އެ ޓީމުގެ ޗެއާމަން ޚަލްދޫން އަލް މުބާރަކް ވަނީ މިދިޔަ 10 އަހަރުގެ ތެރޭގައި ސިޓީއަށް އަގުއޭރޯ ކޮށްދިން ޚިދުމަތް ދުވަހަކުވެސް ހަނދާނުން ނުނެތޭނެ ކަމަށް ވިދާޅުވެފައެވެ. އަދި އަގުއޭރޯއަކީ ސިޓީގެ ލެޖެންޑެއް ކަމަށާއި، އޭނާ ދެކެ އެ ޓީމުގެ ސަޕޯޓަރުންވާ ލޯބި ދުވަހަކުވެސް ފަނޑުވެގެން ނުދާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

މި ސީޒަނަށްފަހު އަގުއޭރޯ ސިޓީ ދޫކޮށްލާއިރު، އޭނާ ހޯދުމަށް ބާސެލޯނާއިން އަންނަނީ މަސައްކަތްކުރަމުންނެވެ. އެހެންކަމުން އަންނަ ސީޒަނުގައި ގާތް ދެ އެކުވެރިން ކަމަށްވާ އަގުއޭރޯ އާއި އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ، އެއް ކުލަބަކުން ފެނިގެންދިޔުން ގާތް ކަމަށް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް އަންނަ ސީޒަނުގައި ކުޅޭނެ ޓީމެއް އަދި މިހާތަނަށް އަގުއޭރޯ ހާމަކޮށްފައެއް ނުވެއެވެ.

ސިޓީގައި 10 އަހަރު ހޭދަކުރުމަށްފަހު އަގުއޭރޯ އެ ޓީމު ދޫކޮށްލާއިރު، އޭނާ އެންމެ ފުރަތަމަ ސިޓީއާ ގުޅުނީ 2011 ވަނަ އަހަރެވެ. އެއަށްފަހު އަގުއޭރޯ ވަނީ ސިޓީއަށް ކުޅެދިން 384 މެޗުގައި 257 ލަނޑު ޖަހާފައެވެ. އަދި އޭނާ ވަނީ ސިޓީއާއެކު އިނގިރޭސި ޕްރިމިއާ ލީގު ހަތަރު ފަހަރު ކާމިޔާބުކޮށްފައެވެ.

ސާޖިއޯ އަގުއޭރޯމެންޗެސްޓަރ ސިޓީ

އިތުރަށް ކިޔާލަން

18 ޑިސެމްބަރު 2025

ބްރެންޓްފޯޑް ބަލިކޮށް، ސިޓީ ސެމީ ފައިނަލަށް

18 ޑިސެމްބަރު 2025
ބްރެންޓްފޯޑް ބަލިކޮށް، ސިޓީ ސެމީ ފައިނަލަށް
11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
03 ޑިސެމްބަރު 2025

ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް

03 ޑިސެމްބަރު 2025
ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް
26 ނޮވެމްބަރު 2025

އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ

26 ނޮވެމްބަރު 2025
އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ
11 ނޮވެމްބަރު 2025

ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި

11 ނޮވެމްބަރު 2025
ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު