Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދިރާގު ދިވެހި ޕްރިމިއާ ލީގު

ގްރީން ސްޓްރީޓްސް ބަލިކޮށް ވެލެންސިއާ އަލުން ދެވަނައަށް

ތާވަލުގެ ދެވަނައަށް ވެލެންސިއާ އަލުން ޖެހިލީ 18 ޕޮއިންޓާއެކު

އަތޫފް އާތިފް
އަތޫފް އާތިފް | 29 މާރިޗު 2021 | ހޯމަ 19:38
ވެލެންސިއާ އާއި ގްރީން ސްޓްރީޓްސް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ވެލެންސިއާ މޮޅުވީ 3-0 ން

ވެލެންސިއާ އާއި ގްރީން ސްޓްރީޓްސް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ވެލެންސިއާ މޮޅުވީ 3-0 ން

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ހޯމަ ދުވަހުގެރޭ ކުލަބު ގްރީން ސްޓްރީޓްސް ބަލިކޮށް، ތާވަލުގެ ދެވަނައަށް ވެލެންސިއާ އަލުން ޖެހިލައިފިއެވެ.

ޤައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުން ވެލެންސިއާ މޮޅުވީ 3-0 ނަތީޖާއަކުންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ގްރީން ސްޓްރީޓްސްއިން ވަނީ ވެލެންސިއާގެ ގޯލަށް އަމާޒުކޮށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލައިފައެވެ. އެގޮތުން މެޗުގެ އަށްވަނަ މިނެޓުގައި ޒުވާން ފޯވާޑް އަބްދުﷲ ޔާމީން ހުހަށްހުރެ ފޮނުވާލި ހަމަލާ ވެލެންސިއާގެ ގޯލްކީޕަރު މުޙައްމަދު ފައިސަލް ދިފާއުކުރިއިރު، އޭގެ ފަހުން މެޗުގެ 28 ވަނަ މިނެޓުގައި ގްރީން ސްޓްރީޓްސްގެ އަންޞާރު އިބްރާހީމް ފޮނުވާލި ބޯޅަ ދިޔައީ ގޯލާ އަމާޒުނުވެއެވެ.

އެކަމަކު އޭގެ ފަހުން ވެލެންސިއާއިން ކުޅުން ރަނގަޅުކުރިއިރު، ފުރަތަމަ ހާފުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. އެގޮތުން ފުރަތަމ ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ގެ އެހީތެރިކަމާއެކު ވެލެންސިއާއަށް ލީޑު ނަގައިދިނީ މި ފަހަރުގެ ޓްރާންސްފާގައި އެޓީމާ އަލަށް ގުޅުނު ފޯވާޑް ބޯހަސް މާޓިންނެވެ.

މި މެޗުގެ ދެވަނަ ހާފުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ 75 ވަނަ މިނެޓުގައި ވެލެންސިއާއިން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައެވެ. މި ލަނޑުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ މާޓިންނެވެ. އަދި އޭގެ ދެ މިނެޓު ފަހުން ވެލެންސިއާގެ އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑު) އަށް ވަނީ އިތުރު ލަނޑެއް ޖެހުމަށް ހުސް ފުރުސަތެއް ލިބި ބޭކާރުވެފައެވެ. މި މެޗުގައި ވެލެންސިއާއިން ކާމިޔާބުކުރި ފަހު ލަނޑު، މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ކާމިޔާބުކޮށްދިނީ އިތުބާރު ފޯވާޑް އަލީ ފާސިރު (ސެންޓޭ) އެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ ބިޗަޑު ދިން ޕާހަކުންނެވެ.

މެޗަށްފަހު ވާހަކަދައްކަމުން ވެލެންސިއާގެ ކޯޗު މުޙައްމަދު އާތިފް (އާތީ) ބުނީ މެޗުން ތިން ޕޮއިންޓް ލިބުމުން އެކަމާ ހިތްހަމަޖެހޭ ކަމަށާއި، އަދި ޚާއްޞަކޮށް ބޮޑު ބްމެދުކެނޑުމަކަށްފަހު ކުޅުނު ފުރަތަމަ މެޗުގައި ޓީމުގެ ކުޅުން ރަނގަޅު ކަމަށެވެ.

ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ނިސްތާރު ބުނީ މެޗާ ބެހޭ ގޮތުން ވާހަކައެއް ދައްކަން ބޭނުންނުވާ ކަމަށާއި، އެކަމަގެ ސަބަބު ފުރަތަމަ ލަނޑުން އެނގޭނެ ކަމަށެވެ. ރެފުރީންގެ ނިންމުންތަކަށް ނުސީދާ ގޮތެއްގައި ނިސްތާރު ފާޑުކިއިރު، އޭނާ ބުނީ ހުރިހާ އެންމެން ކައިރިން އޭނާ އެދޭ އެދުމަކީ ވެލެންސިއާއިން ޖެހި ފުރަތަމަ ލަނޑު އޮފްސައިޑްވެފައި އޮތީ ކިތައް މީޓަރު ތޯ ބަލައިލަން، ރިޕްލޭ ބެލުމަށެވެ.

ގްރީން ސްޓްރީޓްސް އަތުން ހޯދި މޮޅާއެކު ތާވަލުގެ ދެވަނައަށް ވެލެންސިއާ އަލުން ޖެހިލީ ކުޅުނު 10 މެޗުން ލިބުނު 18 ޕޮއިންޓާއެކުގައެވެ. މި މެޗުން ބަލިވި ގްރީން ސްޓްރީޓްސް އޮތީ ތާވަލުގެ ހަތަރުވަނައިގައި 10 މެޗުން 14 ޕޮއިންޓާއެކުއެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުކުލަބު ވެލެންސިއާކުލަބް ގްރީން ސްޓްރީޓްސް

އިތުރަށް ކިޔާލަން

01 ޑިސެމްބަރު 2025

ޔޫވީ އިން ގްރީން ބަލިކޮށްފި

01 ޑިސެމްބަރު 2025
ޔޫވީ އިން ގްރީން ބަލިކޮށްފި
30 ނޮވެމްބަރު 2025

ފަހަތުން އަރައި ބުރުން ވެލެންސިއާ ބަލިކޮށްފި

30 ނޮވެމްބަރު 2025
ފަހަތުން އަރައި ބުރުން ވެލެންސިއާ ބަލިކޮށްފި
30 ނޮވެމްބަރު 2025

ޓީސީ ބަލިކޮށް އޮޑި ދެ ވަނަ އަށް

30 ނޮވެމްބަރު 2025
ޓީސީ ބަލިކޮށް އޮޑި ދެ ވަނަ އަށް
29 ނޮވެމްބަރު 2025

ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ

29 ނޮވެމްބަރު 2025
ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ
29 ނޮވެމްބަރު 2025

ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް

29 ނޮވެމްބަރު 2025
ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް
25 ނޮވެމްބަރު 2025

ބުރުން ޔޫވީ ބަލިކޮށްފި

25 ނޮވެމްބަރު 2025
ބުރުން ޔޫވީ ބަލިކޮށްފި
22 ނޮވެމްބަރު 2025

ވިކްޓަރީ ބަލިކޮށް މާޒިޔާ އިން ރެކޯޑް ދަމަހައްޓައިފި

22 ނޮވެމްބަރު 2025
 ވިކްޓަރީ ބަލިކޮށް މާޒިޔާ އިން ރެކޯޑް ދަމަހައްޓައިފި
09 ނޮވެމްބަރު 2025

ފުލުގައި އޮތް ގްރީން ސްޓްރީޓްސް އިން ނިއު ހިފަހައްޓައިފި

09 ނޮވެމްބަރު 2025
ފުލުގައި އޮތް ގްރީން ސްޓްރީޓްސް އިން ނިއު ހިފަހައްޓައިފި
08 ނޮވެމްބަރު 2025

އިތުރު ވަގުތުގައި ހަމްޕު ޖެހި ގޯލުން، މާޒިޔާ އިން ރެކޯޑް ދަމަހައްޓައިފި

08 ނޮވެމްބަރު 2025
އިތުރު ވަގުތުގައި ހަމްޕު ޖެހި ގޯލުން، މާޒިޔާ އިން ރެކޯޑް ދަމަހައްޓައިފި
03 ނޮވެމްބަރު 2025

ބެންޖޯގެ އިރުޝާދުގެ ދަށުން އީގަލްސް އަށް ފުރަތަމަ މޮޅު

03 ނޮވެމްބަރު 2025
ބެންޖޯގެ އިރުޝާދުގެ ދަށުން އީގަލްސް އަށް ފުރަތަމަ މޮޅު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު