Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމަޚްލޫފާއި ބައްސާމް ކަސިއަސްއާ ބައްދަލުކުރުން

ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުމަށް ކަސިއަސްއާއެކު މަޝްވަރާކޮށްފި

ރާއްޖެ އާއި މި ސަރަޙައްދުގެ ފުޓްބޯޅަ ކުރިއެރުވުމަށް މަޝްވަރާކުރި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 29 މާރިޗު 2021 | ހޯމަ 17:10
އިކާ ކަސިއަސްއާއެކު މަޚްލޫފާއި ބައްސާމް މަޝްވަރާކުރުން

އިކާ ކަސިއަސްއާއެކު މަޚްލޫފާއި ބައްސާމް މަޝްވަރާކުރުން

ރާއްޖޭގެ ފުޓްބޯޅަ ކުރިއރުވުމާ ގުޅޭގޮތުން ސްޕެއިން އަދި ރެއާލް މެޑްރިޑުގެ ލެޖެންޑް އިކާ ކަސިއަސްއާއެކު މަޝްވަރާކޮށްފިއެވެ.

ދުނިޔޭގައި އުފެދުނު އެންމެ މޮޅު ގޯލްކީޕަރުންގެ ތެރޭގައި ހިމެނޭ ކަސިއަސްއާ ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފާއި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލް ބައްދަލުކުރެއްވީ ދުބާއީއަށް ކުރައްވަމުން ގެންދަވާ ނުރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. މި ބައްދަލުވުމުގައި ސްޕެއިނުގެ ރެއާލް މެޑްރިޑަށް ކުޅެފައިވާ ޑިފެންޑަރު މިޝޭލް ސަލްގާޑޯވެސް ވަނީ ބައިވެރިވެފައެވެ.

މި ބައްދަލުވުމަށްފަހު ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެ އާއި މި ސަރަޙައްދުގެ ފުޓްބޯޅަ ކުރިއެރުވުމަށްޓަކައި ޝައުގުވެރި މަޝްވަރާތަކެއް ކަސިއަސްއާއެކު ކުރެވުނު ކަމަށެވެ. އަދި މި ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަންކަން، ޙަޤީޤަތަކަށް ވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް މަޚްލޫފް ވިދާޅުވިއެވެ.

ކަސިއަސްއާއެކު މަޚްލޫފާއި ބައްސާމް މަޝްވަރާކުރެއްވިއިރު، ސަރުކާރުގެ ޚަރަދުގައި ހުޅުމާލޭގައި އަޅާފައިވާ ފުޓްބޯޅަ ސްކޫލް (ބައިނަލްއަގުވާމީ ފެންވަރުގެ ހައި ޕާފޯމަންސް ސެންޓަރު) ގައި އެންމެ އިސްކޮށް ހުންނާނީ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ ލެޖެންޑެއް ކަމަށް އެފްއޭއެމުން މީގެ ކުރިން ވަނީ ބުނެފައެވެ. އަދި އެ ނިންމުން އެފްއޭއެމުން ނިންމާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ބައްސާމާއި، އެ އިދާރާގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) ޔޫއޭއީއަށް ކުރެއްވި ދަތުރުގެ ތެރެއިން، ސަލްގާޑޯއާއެކު ބައްދަލުވުމެއް ބޭއްވުމަށްފަހުއެވެ.

ބައްސާމް އަދީލް ޖަލީލްއަހުމަދު މަޚްލޫފްއިކާ ކަސިއަސް

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
20 ނޮވެމްބަރު 2025

ގޯލްޑް ކްރެޑިޓް ކާޑަށް ބައްސާމް ފައިސާ ނުދައްކައިގެން ކުރި ދައުވާ, ފައިސާ ދެއްކުމުން އަނބުރާ ގެންގޮސްފި

20 ނޮވެމްބަރު 2025
ގޯލްޑް ކްރެޑިޓް ކާޑަށް ބައްސާމް ފައިސާ ނުދައްކައިގެން ކުރި ދައުވާ, ފައިސާ ދެއްކުމުން އަނބުރާ ގެންގޮސްފި
16 ނޮވެމްބަރު 2025

ޖަލު ހެދުމުގައި ޝަރީއަތަށް ދާން ދެކޮޅުހެދުމުން ބައްސާމް ކޯޓަށް ހާޒިރު ކުރީ ކުލަ ހެދުމުގަ

16 ނޮވެމްބަރު 2025
ޖަލު ހެދުމުގައި ޝަރީއަތަށް ދާން ދެކޮޅުހެދުމުން ބައްސާމް ކޯޓަށް ހާޒިރު ކުރީ ކުލަ ހެދުމުގަ
30 އޮކްޓޯބަރު 2025

މަނީ ލޯންޑަރިންގެ މައްސަލައިގައި ދައުލަތުން އެދުނު ގޮތާއި ހިލާފަށް ބައްސާމަށް އިއްވީ 15 އަހަރުގެ ބަދަލުގައި 5 އަހަރުގެ ޖަލު ހުކުމެއް

30 އޮކްޓޯބަރު 2025
މަނީ ލޯންޑަރިންގެ މައްސަލައިގައި ދައުލަތުން އެދުނު ގޮތާއި ހިލާފަށް ބައްސާމަށް އިއްވީ 15 އަހަރުގެ ބަދަލުގައި 5 އަހަރުގެ ޖަލު ހުކުމެއް
21 އޮކްޓޯބަރު 2025

އެފްއޭއެމްގެ ފައިސާ އިން އަމީން އެވެނިއުގެ އެޕާޓްމަންޓު ގަތް މައްސަލައިގައި ބައްސާމަށް ކުރާ ދައުވާގެ އަދަބު ބޮޑުވާ އިސްލާހެއް ބަލައިގެންފި

21 އޮކްޓޯބަރު 2025
އެފްއޭއެމްގެ ފައިސާ އިން އަމީން އެވެނިއުގެ އެޕާޓްމަންޓު ގަތް މައްސަލައިގައި ބައްސާމަށް ކުރާ ދައުވާގެ އަދަބު ބޮޑުވާ އިސްލާހެއް ބަލައިގެންފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު