Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފްއޭއެމްގެ ހިޔާނާތުގެ މައްސަލަ

އެފްއޭއެމް އިން ދިން ފައިސާއަށް ކްލަބްތަކުގެ އިސްވެރިން ހިޔާނާތްތެރިވި މައްސަލަ ބަލަނީ

11 ޖޫން 2025 | ބުދަ 04:57

އެފްއޭއެމްއަށް ބޭރުގެ ފަރާތްތަކުން ލިބޭ އެހީގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށް، މަނީ ލޯންޑްރިންގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގު މިހާރު ވެސް ކުރިއަށްދޭ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 11 ޖޫން 2025 | ބުދަ 04:57
އެފްއޭއެމްގެ ހައުސް: ހިޔާނާތުގެ ގިނަ މައްސަލަތަކެއް ފެންމަތިވެ، އެ މައްސަލަތައް ފުލުހުން ދަނީ ބަލަމުން

އެފްއޭއެމްގެ ހައުސް: ހިޔާނާތުގެ ގިނަ މައްސަލަތަކެއް ފެންމަތިވެ، އެ މައްސަލަތައް ފުލުހުން ދަނީ ބަލަމުން

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން ކްލަބްތަކަށް ދިން ސަބްސިޑީސް އެ ކްލަބްތަކުގެ އިސްވެރިންގެ އަމިއްލަ އެކައުންޓުތަކަށާއި އެ ފަރާތްތައް ހިއްސާވާ ކުންފުނިތަކަށް ޖަމާކޮށް، އެ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

މިކަން ހާމަކުރީ ފުލުހުން އަންގާރަ ދުވަހު މީޑިއާތަކަށް ހިއްސާކުރި މެސެޖެއްގައެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ، އެފްއޭއެމްއަށް ބޭރުގެ ފަރާތްތަކުން ލިބޭ އެހީގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށް، މަނީ ލޯންޑްރިންގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގު މިހާރު ވެސް ކުރިއަށްދާކަމަށެވެ.

މީގެތެރޭގައި، އެފްއޭއެމްގެ ކުރީގެ ރައީސް، ބައްސާމު އަދީލް ޖަލީލް ހިއްސާވާ ކުންފުންޏަކަށާއި، އެފްއޭއެމްގައި އޭރު މަސައްކަތްކުރި ފަރާތްތަކުގެ އެކައުންޓުތަކަށް އެ އެސޯސިއޭޝަންގެ ފައިސާ ޖަމާކޮށް، އެ ފައިސާއަށް ހިޔާނާތްތެރި ވެފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލަ ވެސް ހިމެނޭކަމަށް ފުލުހުން މީޑިއާތަކަށް ހިއްސާކުރި މެސެޖުގައި ވެއެވެ.

މީގެ އިތުރުން އެ މެސެޖުގައި ވަނީ، ކްލަބްތަކަށް ސަބްސިޑީސް ގެ ގޮތުގައި ދިން ފައިސާއަށް ކްލަބްތަކުގެ ވެރިން ޚިޔާތްނާތްތެރިވި މައްސަލަ ފާހަގަކުރެވުމުން، އެކަން ވެސް ތަހުގީގުކުރަން ފަށާފައިވާކަމަށެވެ.

އެފް.އޭ.އެމްއިން ކްލަބުތަކަށް ދެމުންދާ ސަބްސިޑީސް، އެ ކްލަބުތަކުގެ އިސްވެރިންގެ އަމިއްލަ އެކައުންޓުތަކަށާއި އެ ފަރާތްތައް ހިއްސާވާ ކުންފުނިތަކަށް ޖަމާކޮށް، އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާކަން ފާހަގަކުރެވި، އެ މައްސަލައިގެ ތަހުގީގުވެސް ކުރިއަށްދާކަން މި ފުރުސަތުގައި ފާހަގަކުރަމެވެ.
ޕޮލިސް މީޑިއާ މެސެޖް

ބައްސާމްއަށް ކޮށްފައިވާ ދައުވާތަކުގެ އިތުރުން ޕީޖީ އޮފީހުން ވަނީ ބައްސާމް ހިންގި ހިޔާނާތާ ގުޅިގެން އެފްއޭއެމްއަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ޖުމްލަ 1.2 މިލިއަން އެމެރިކާ ޑޮލަރު ބައްސާމުގެ އަތުން ނަގައިދިނުމަށް ވެސް އެދިފަ އެވެ.

އެފްއޭއެމްގެ ޚިޔާނާތުގެ މައްސަލައިގައި އެ އެސޯސިއޭޝަނުގެ ކުރީގެ ރައީސް، ބައްސާމަށް ދައުވާ ކޮށްދިނުމަށް ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ)ކުރިން އެދުނެވެ.

އެފްއޭއެމްއިން ކްލަބްތަކަށް ސަބްސިޑީސް ގެ ގޮތުގައި ފައިސާދޭން ފެށީ ކްލަބްތަކުގެ މާލީ ހާލަތު ރަނގަޅުކުރުމުގެ ނަމުގައެވެ. އެފްއޭއެމްއިން މި ސަބްސިޑީސް ދޫކުރަން ފެށީ ސަރުކާރުން ކްލަބްތަކަށް ފައިސާދިނުން ހުއްޓާލިފަހުންނެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

3

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

13 ފެބުރުއަރީ 2017

އެފްއޭއެމްގެ ހަރަކާތްތަކުގައި އެހީތެރިވުމަށް ފުލުހުންނާއެކު އެއްބަސްވުމަކަށް

13 ފެބުރުއަރީ 2017
އެފްއޭއެމްގެ ހަރަކާތްތަކުގައި އެހީތެރިވުމަށް ފުލުހުންނާއެކު އެއްބަސްވުމަކަށް
11 ފެބުރުއަރީ 2017

ޓީޓީއަށް ކުޑަކުދިން އަހުލުވެރި ކުރުމަށް ކޭމްޕެއް ބާއްވައިފި

11 ފެބުރުއަރީ 2017
ޓީޓީއަށް ކުޑަކުދިން އަހުލުވެރި ކުރުމަށް ކޭމްޕެއް ބާއްވައިފި
31 ޖެނުއަރީ 2017

އޮފީސް ހޭންޑްބޯޅަ މުބާރާތް ހުޅުވާދޭނީ އަޑު އިވުމުން މަހުރޫމުވެފައިވާ ކުދިން

31 ޖެނުއަރީ 2017
އޮފީސް ހޭންޑްބޯޅަ މުބާރާތް ހުޅުވާދޭނީ އަޑު އިވުމުން މަހުރޫމުވެފައިވާ ކުދިން
31 ޖެނުއަރީ 2017

ދަނޑުގައި ގޮނޑި ޖެހުމަށް އަންނަ ހަފްތާގެ ތެރޭގައި ހަވާލުކުރެވޭނެ: އެފްއޭއެމް

31 ޖެނުއަރީ 2017
ދަނޑުގައި ގޮނޑި ޖެހުމަށް އަންނަ ހަފްތާގެ ތެރޭގައި ހަވާލުކުރެވޭނެ: އެފްއޭއެމް
31 ޖެނުއަރީ 2017

ގައުމީ ޓީމުގެ ކަންތައް ބަލަހައްޓާ ކޮމިޓީ ވަނީ އެކުލަވާލެވިފައި: އެފްއޭއެމް

31 ޖެނުއަރީ 2017
ގައުމީ ޓީމުގެ ކަންތައް ބަލަހައްޓާ ކޮމިޓީ ވަނީ އެކުލަވާލެވިފައި: އެފްއޭއެމް
22 ޖެނުއަރީ 2017

ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް

22 ޖެނުއަރީ 2017
ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް
17 ޖެނުއަރީ 2017

އެފްއޭއެމް އެވޯޑު ދީފައި ވަނީ ވަރަށް ރަނގަޅު ސިސްޓަމެއްގެ ތެރެއިން: ފެސްކޯ

17 ޖެނުއަރީ 2017
އެފްއޭއެމް އެވޯޑު ދީފައި ވަނީ ވަރަށް ރަނގަޅު ސިސްޓަމެއްގެ ތެރެއިން: ފެސްކޯ
07 ޖެނުއަރީ 2017

އެފްއޭއެމްގެ ނައިބު ރައީސް އިސްތިއުފާ ދެއްވައިފި

07 ޖެނުއަރީ 2017
އެފްއޭއެމްގެ ނައިބު ރައީސް އިސްތިއުފާ ދެއްވައިފި
06 ޖެނުއަރީ 2017

އެފްއޭއެމްގެ ނައިބު ރައީސް ކަމަށް ޑޮކް ހަމަޖައްސައިފި

06 ޖެނުއަރީ 2017
އެފްއޭއެމްގެ ނައިބު ރައީސް ކަމަށް ޑޮކް ހަމަޖައްސައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް