Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުށ.މިލަންދޫ

މިލަންދޫގައި ކުރީ ސަރުކާރުން ފެށި ފުޓްސަލް ދަނޑާއި ވޮލީ ކޯޓުގެ މަސައްކަތް ނިންމާލައިފި

މަޚްލޫފް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، މިލަންދޫގައި ރައީސް ޞާލިޙުގެ ސަރުކާރުން ތަރައްޤީ ކޮށްފައިވާ ބޮޑު ފުޓުބޯޅަ ދަނޑާއި އިންވެގެން، އެ ސަރުކާރުން މަސައްކަތް ފެށި ފުޓްސަލް ދަނޑު އަދި އައުޓްޑޯ ވޮލީ ކޯޓުގެ މަސައްކަތް ނިމިފައިވާތީ އުފާ ކުރައްވާ ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 21 ޖުލައި 2025 | ހޯމަ 04:04
މިލަންދޫގައި ޤާއިމު ކޮށްފައިވާ އައުޓްޑޯ ވޮލީ ކޯޓު

މިލަންދޫގައި ޤާއިމު ކޮށްފައިވާ އައުޓްޑޯ ވޮލީ ކޯޓު

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގައި ށ.މިލަންދޫގައި ޤާއިމު ކުރަން ފެށި ފުޓްސަލް ދަނޑާއި، އައުޓްޑޯ ވޮލީ ކޯޓުގެ މަސައްކަތް ނިންމާލައިފި އެވެ.

މިލަންދޫ އައުޓްޑޯ ވޮލީ ކޯޓުގެ މަސައްކަތް ނިމިފައިވާކަން ހާމަކޮށް ކުޅިވަރާއި ހަށި ހެޔޮަކަމާ ބެހޭ ވުޒާރާ އިން ވަނީ ސޯޝަލް މީޑިއާގައި އެކަން ހިއްސާކޮށްފަ އެވެ. އެކަން އެ ވުޒާރާގެ ސޯޝަލް މީޑިއާގައި ހާމަކޮށްފައި ވަނީ ޖުލައި މަހުގެ 16 ވަނަ ދުވަހު އެވެ.

އެކަމާ ގުޅިގެން ރައީސް ޞާލިޙު ސަރުކާރުގެ ކުޅިވަރު ވަޒީރު އަޙުމަދު މަޚްލޫފް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، މިލަންދޫގައި ރައީސް ޞާލިޙުގެ ސަރުކާރުން ތަރައްޤީ ކޮށްފައިވާ ބޮޑު ފުޓުބޯޅަ ދަނޑާއި އިންވެގެން، އެ ސަރުކާރުން މަސައްކަތް ފެށި ފުޓްސަލް ދަނޑު އަދި އައުޓްޑޯ ވޮލީ ކޯޓުގެ މަސައްކަތް ނިމިފައިވާތީ އުފާ ކުރައްވާ ކަމަށެވެ.

އެ ޕޯސްޓުގައި މަޚްލޫފް ވިދާޅުވީ އުންމީދަކީ އެ ދަނޑުތަކުގެ ސަބަބުން ހުނަރުވެރި ޒުވާނުންތަކެއް އެކު ކުޅިވަރު ތަކުން ފެނިގެން ދިޔުން ކަމަށެވެ. އަދި ކުރީ ސަރުކާރުން އެ މަސައްކަތް ކުރުމުގައި މިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ރިޒާ ދެއްވި އެއްބާރުލުމާއި، ކުރެއްވި މަސައްކަތް ފާހަގަ ކުރާ ކަމަށް ވެސް މަޚްލޫފް ވަނީ ވިދާޅުވެފަ އެވެ.

މިލަންދޫ ފުޓްސަލް ދަނޑު ޤާއިމު ކުރުމުގެ މަސައްކަތް ކުރީ ސަރުކާރުން ހަވާލު ކޮށްފައި ވަނީ އިކޯން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ އެވެ. އެ މަސައްކަތުގެ ޖުމުލަ އަގަކީ 3،100،453.03 (ތިން މިލިއަން އެއް ލައްކަ ހަތަރު ސަތޭކަ ފަންސާސް ތިން ރުފިޔާ، ތިން ލާރި) އެވެ.

މީގެ އިތުރުން މިލަންދޫ އައުޓްޑޯ ވޮލީ ކޯޓުގެ މަސައްކަތް ވެސް ހަވާލު ކޮށްފައި ވަނީ އިކޯން މޯލްްޑިވްސް ޕްރައިވެޓް ލިމިޓެޑާ އެވެ. އެ އެ ކުންފުންޏާ އެ މަސައްކަތް ހަވާލު ކޮށްފައި ވަނީ 1،897،739.28 (އެއް މިލިއަން އަށް ލައްކަ ނުވަދިހަ ހަތް ހާސް ހަތް ސަތޭކަ ތިރީސް ނުވަ ރުފިޔާ، އަށާވީސް ލާރި) އަށެވެ.

ރައީސް ޞާލިޙުގެ ސަރުކާރުން ވަނީ ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ބޮޑު ފުޓުބޯޅަ ދަނޑުގެ އިތުރުން، އައުޓްޑޯ ވޮލީ ކޯޓު އަދި ފުޓްސަލް ދަނޑުތައް ޤާއިމު ކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފަ އެވެ. އޭގެ ތެރެއިން ގިނަ ދަނޑުތަކެއްގެ މަސައްކަތް ނިންމައި ރަސްމީކޮށް ހުޅުވާފައިވާއިރު، ސަރުކާރު ބަދަލުވީއިރު ގިނަ ދަނޑުތަކެއްގެ މަސައްކަތް ދިޔައީ ކުރިއަށެވެ.

މި ސަރުކާރުގެ ކުޅިވަރު ވުޒާރާ އިން އަންނަނީ ހުއްޓިފައިވާ ކުޅިވަރު މަޝްރޫއުތައް ނިންމުމުގެ މަޝްރޫއުގެ ދަށުން، އެ ދަނޑުތަކުގެ މަސައްކަތް ނިމުމުން ރަސްމީކޮށް ހުޅުވަމުންނެވެ.

އިތުރަށް ކިޔާލަން

09 އެޕްރީލު 2017

ޕޮލިސް އަންހެން ފުޓްސަލް ޓީމުގެ ކޯޗަކަށް ޑަކޭ

09 އެޕްރީލު 2017
ޕޮލިސް އަންހެން ފުޓްސަލް ޓީމުގެ ކޯޗަކަށް ޑަކޭ
05 އެޕްރީލު 2017

ރިސޯޓް ފުޓްސަލް މުބާރާތުގެ ކުޅުން ފިހާޅޮހީގައި ފަށައިފި

05 އެޕްރީލު 2017
ރިސޯޓް ފުޓްސަލް މުބާރާތުގެ ކުޅުން ފިހާޅޮހީގައި ފަށައިފި
05 އެޕްރީލު 2017

އަންހެން ކުޅުންތެރިންނަށް އަމާޒުކޮށް އެފްއޭއެމުން ފުޓްސަލް މުބާރާތެއް ބާއްވަނީ

05 އެޕްރީލު 2017
އަންހެން ކުޅުންތެރިންނަށް އަމާޒުކޮށް އެފްއޭއެމުން ފުޓްސަލް މުބާރާތެއް ބާއްވަނީ
02 އެޕްރީލު 2017

ރިސޯޓް ފުޓްސަލް ލީގުގެ ކުޅުން ބުދަ ދުވަހު ފަށަނީ

02 އެޕްރީލު 2017
ރިސޯޓް ފުޓްސަލް ލީގުގެ ކުޅުން ބުދަ ދުވަހު ފަށަނީ
19 މާރިޗު 2017

ކޭމްޕުގައި މަސައްކަތްކުރީ ޓީމެއްގެ ގޮތުގައި، އެކަތި ގަނޑެއްގެ ގޮތުގައި: ޝަރަފް

19 މާރިޗު 2017
ކޭމްޕުގައި މަސައްކަތްކުރީ ޓީމެއްގެ ގޮތުގައި، އެކަތި ގަނޑެއްގެ ގޮތުގައި: ޝަރަފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު