Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވެންޓިލޭޓަރުގެ ކޮރަޕްޝަން މައްސަލަ

ހެކި ނެތި ދަޢުވާއުފުލުމަކީ އަނބު ނެތް ގަހަކަށް ގާއުކުން، ޕީޖީގެ ނިންމެވުން ރަނގަޅު: ނިޝާން

28 މާރިޗު 2021 | އާދީއްތަ 19:17

ދަޢުވާ ސާބިތުނުވެ މައްސަލައިގައި ހިމެނޭ މީހުން ދޫވެގެން ދިއުމަށް މަގުފަހިވެދޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 28 މާރިޗު 2021 | އާދީއްތަ 19:17
ރާއްޖެޓީވީގެ ފަލަސުރުޙީ ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ޤާނޫނީ ވަކީލު މުޙައްމަދު ނިޝާން އިބްރާހީމް ވާހަކަ ދައްކަވަނީ

ރާއްޖެޓީވީގެ ފަލަސުރުޙީ ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ޤާނޫނީ ވަކީލު މުޙައްމަދު ނިޝާން އިބްރާހީމް ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ

ޖިނާއީ ކުށެއްގެ ދަޢުވާ ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އުފުއްލަވާއިރު، ކުށް ސާބިތުކުރެވޭ މިންވަރަށް ހެކި ނެތި ދަޢުވާ އުފުލައިފިނަމަ، ދައުލަތަށް ގެއްލިގެންދަނީ އިތުރު ޚަރަދުތަކެއް ކަމަށް ޤާނޫނީ ވަކީލު މުޙައްމަދު ނިޝާން އިބްރާހީމް ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހުގެރޭ ރާއްޖެޓީވީގެ "ފަލަސުރުޙީ" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ނިޝާން ވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ރާއްޖެ ގެންނަން މަސައްކަތް ކުރި ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ޕީޖީ އޮފީހާއި އޭސީސީއާ ދެމެދު އުފެދިފައިވާ ޙިޔާލުތަފާތުވުންތަކާ ގުޅޭގޮތުން ޤާނޫނީ ނަޒަރަކުން ވާހަކަ ދައްކަވާފައެވެ. އެގޮތުން ނިޝާން ވިދާޅުވީ، ޖިނާއީ ކުށެއްގެ ދަޢުވާ ޕީޖީ އުފުއްލަވާއިރު، ކުށް ސާބިތުކުރެވޭ މިންވަރަށް ހެކި ނެތި ދައުވާ އުފުލައިފިނަމަ، އެހިސާބުން ދައުލަތުންވެސް އެކަމަށްޓަކައި ބޭކާރު ޚަރަދުތަކެއް ކުރަންޖެހޭ ކަަމަށެވެ. އެގޮތުން މައްސަލަ ހުށަހަޅައި، ދައުޢުވާކުރަން ނިންމާ ހިސާބުން، ޕީޖީ އޮފީހުން އެކަމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރާނެކަން ފާހަގަކުރައްވައި ނިޝާން ވިދާޅުވީ، އެހިސާބުން ދައުލަތުގެ މުވައްޒަފުންނާއި ވަސީލަތްތައް އެކަމުގައި ބޭނުންކުރަންޖެހޭ ކަމަށެވެ.

Advertisement - newsAdvertisement

ނިޝާން ވިދާޅުވީ، މި މައްސަލަ ދިރާސާކުރުމަށްފަހު ދަޢުވާއެއް އުފުލުމުގެ ބޭނުމުގައި ކޯޓަށް ފޮނުވުމުން ދެ ނަތިޖާއެއް ނުކުންނަ ކަމަށެވެ. އެއް ކަމެއްގެ ގޮތުން ދަޢުވާ ސާބިތުނުވެ މައްސަލައިގައި ހިމެނޭ މީހުން ދޫވެގެން ދިއުން ނިޝާން ފާހަގަކުރެއްވިއެވެ. އަދި ދެވަނަ ކަމެއްގެ ގޮތުން ކުށުގެ އަމަލުން ދޭހަވާ އެހެންކަމެއްގެ މައްޗަށް ދަޢުވާކުރުންވެސް ޤާނޫނުއަސާސީން މަނާވެގެންދާނެ ކަމަށް ނިޝާން ވިދާޅުވިއެވެ. އަދި ވިދާޅުވީ އެގޮތަށް ވިސްނަވާއިރު، ޕީޖީގެ ނިންމެވުން އެންމެ ރަނގަޅުކަމަށް ޤަބޫލުކުރެވޭ ކަމަށެވެ.

މި މައްސަލައާ ގުޅޭގޮތުން ޕީޖީ ހުސައިން ޝަމީމް މީގެ ކުރިން ވިދާޅުވެފައިވަނީ ދަޢުވާކުރުމަށް އެކަށީގެންވާ މިންވަރަށް ހެކި ހުރުމާއި، ސާބިތުކުރެވޭ މިންވަރަށް ހެކި ހުރުމަކީ ތަފާތު ދެކަމެއް ކަމަށެވެ. އެކަށީގެންވާ މިންވަރަށް ހެކި ނެތީސް ދަޢުވާކުރުމުން އެއިން ނުކުމެދާނެ ނުރަނގަޅު ނަތީޖާތަކެއް ހުންނާނެ ކަމަށްވެސް ޝަމީމް ވިދާޅުވިއެވެ. އެގޮތުން ދަޢުވާ ކުރާނެ ހެކި ނެތީސް ދަޢުވާ ކުރާ ފަހުން، ފައިސާ ޖަމާވެފައި ހުރި އެކައުންޓެއް ތަޙުޤީޤަށް ހޯދިއްޖެނަމަ، ދެން އަލުން ދަޢުވާކުރުމުގެ ފުރުޞަތު ޤާނޫނުއަސާސީން ފަހިވެފައި ނުވާކަން ޝަމީމުވެސް ވަނީ ފާހަގަކުރައްވާފައެވެ.

ދުބާއީގެ ކުންފުންޏެއް ކަމަށްވާ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންނާއެކު 75 ވެންޓިލޭޓަރު ސަޕްލައިކޮށްދިނުމަށް އެއްބަސްވެފައިވާއިރު، މިހާތަނަށް ލިބިފައިވަނީ އެންމެ 15 ވެންޓިލޭޓަރެވެ. އެއްބަސްވުން ހެދިއިރު އެއްވެސް ގެރެންޓީއަކާ ނުލައި، އެ ކުންފުންޏަށް ވަނީ އެޑްވާންސަށް ފައިސާ ދީފައެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސްއޭސީސީ

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި

5

ނަތަންޔާހޫގެ ދަރިފުޅުގެ ފުރާނައަށް ނުރައްކާއޮތް ކަމަށް ބުނެ އެމެރިކާއިން ކުއްލިގޮތަކަށް ސިއްރުން ބޭރުކޮށްފި

އިތުރަށް ކިޔާލަން

23 އޯގަސްޓު 2026

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރު ދައްކުވައިދޭ ކޮންޓެންޓު ވިއްކި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި އަދްލާންގެ ދައުވާތައް އަނބުރާ ގެންދިޔައީ ހެކި ނެތިގެން: ޕީޖީ

23 އޯގަސްޓު 2026
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރު ދައްކުވައިދޭ ކޮންޓެންޓު ވިއްކި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި އަދްލާންގެ ދައުވާތައް އަނބުރާ ގެންދިޔައީ ހެކި ނެތިގެން: ޕީޖީ
19 އޯގަސްޓު 2026

ޕީޖީ އޮފީހުން ދައުވާ ކުރުމާ ގުޅޭ ކަންކަމުގައި އޭއައިގެ އެހީ ހޯދާ "ޕީޖީއޯ 2.0" ޕްރޮގްރާމަށް 12 މިލިއަން ރުފިޔާ!

19 އޯގަސްޓު 2026
ޕީޖީ އޮފީހުން ދައުވާ ކުރުމާ ގުޅޭ ކަންކަމުގައި އޭއައިގެ އެހީ ހޯދާ "ޕީޖީއޯ 2.0" ޕްރޮގްރާމަށް 12 މިލިއަން ރުފިޔާ!
11 އޯގަސްޓު 2026

ޕީޖީ އޮފީހުގެ ޤާނޫނީ ލިޔުންތައް ދިރާސާ ކުރުމާއި ދައުވާ ކުރުމާ ގުޅޭ ކަންކަމުގައި އޭއައިގެ އެހީ ހޯދާ ޕްރޮގްރާމް ރައީސް އިފްތިތާހު ކޮށްދެއްވައިފި

11 އޯގަސްޓު 2026
ޕީޖީ އޮފީހުގެ ޤާނޫނީ ލިޔުންތައް ދިރާސާ ކުރުމާއި ދައުވާ ކުރުމާ ގުޅޭ ކަންކަމުގައި އޭއައިގެ އެހީ ހޯދާ ޕްރޮގްރާމް ރައީސް އިފްތިތާހު ކޮށްދެއްވައިފި
03 އޯގަސްޓު 2026

ސްޓެލްކޯއިން ދިއްލަންވީ ޤައުމު، އޭސީސީން ކުރަންވީ ކަމަކީ ކޮރަޕްޝަން ތަހުގީގުކުރުން، ފުރަތަމަ އެކަންކަން ކޮށްދީ!

03 އޯގަސްޓު 2026
ސްޓެލްކޯއިން ދިއްލަންވީ ޤައުމު، އޭސީސީން ކުރަންވީ ކަމަކީ ކޮރަޕްޝަން ތަހުގީގުކުރުން، ފުރަތަމަ އެކަންކަން ކޮށްދީ!
03 އޯގަސްޓު 2026

ކޮރަޕްޝަން ހުއްޓުވަން ކުރެވޭނެ މަސައްކަތްތައް ދެނެގަންނަން އޭސީސީއާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

03 އޯގަސްޓު 2026
ކޮރަޕްޝަން ހުއްޓުވަން ކުރެވޭނެ މަސައްކަތްތައް ދެނެގަންނަން އޭސީސީއާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި
03 އޯގަސްޓު 2026

އަންހެނެއްގެ ޖަންގިޔާ ތެރެއިން ފެނުނު ޑްރަގްގެ ޒިންމާ ފިރިމީހާ ނެގުމުން އަނބިމީހާގެ ދައުވާ ޕީޖީން އަނބުރާ ގެންގޮސްފި

03 އޯގަސްޓު 2026
އަންހެނެއްގެ ޖަންގިޔާ ތެރެއިން ފެނުނު ޑްރަގްގެ ޒިންމާ ފިރިމީހާ ނެގުމުން އަނބިމީހާގެ ދައުވާ ޕީޖީން އަނބުރާ ގެންގޮސްފި
30 ޖުލައި 2026

އެމްއެމްޕީއާރުސީ މައްސަލައިގައި ހިމެނޭ އެމްއެޗްއާރް ޓްރޭޑިންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ކޮށްދޭން އެދިއްޖެ

30 ޖުލައި 2026
އެމްއެމްޕީއާރުސީ މައްސަލައިގައި ހިމެނޭ އެމްއެޗްއާރް ޓްރޭޑިންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ކޮށްދޭން އެދިއްޖެ
19 ޖުލައި 2026

ޖޫން މަހު 265 މައްސަލައެއްގައި ޕީޖީ އޮފީހުން ދައުވާ އުފުލައިފި

19 ޖުލައި 2026
ޖޫން މަހު 265 މައްސަލައެއްގައި ޕީޖީ އޮފީހުން ދައުވާ އުފުލައިފި
11 ޖުލައި 2026

ގެއެއްގެ ތިޖޫރީ ފަޅާލައި 4 މިލިއަން ރުފިޔާ ވަގަށްނެގި ބައެއްގެ މައްޗަށް ދައުވާކޮށްފި

11 ޖުލައި 2026
ގެއެއްގެ ތިޖޫރީ ފަޅާލައި 4 މިލިއަން ރުފިޔާ ވަގަށްނެގި ބައެއްގެ މައްޗަށް ދައުވާކޮށްފި
01 ޖުލައި 2026

އޭސީސީއަކީ އުފަންވީއްސުރެ ބޭކާރު ތަނެއް، މިހާތަނަށް އެކޮމިޝަނުން ބަލަމުން ދަނީ ކުރީ ސަރުކާރުތަކުގެ މައްސަލަތައް: އަލީ ހުސެއިން

01 ޖުލައި 2026
އޭސީސީއަކީ އުފަންވީއްސުރެ ބޭކާރު ތަނެއް، މިހާތަނަށް އެކޮމިޝަނުން ބަލަމުން ދަނީ ކުރީ ސަރުކާރުތަކުގެ މައްސަލަތައް: އަލީ ހުސެއިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް