Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ވެލެންސިއާ އާއި ގްރީން ސްޓްރީޓްސްގެ މެޗު

ބޭރު ދެ ކުޅުންތެރިންނާއެކު ވެލެންސިއާ އިތުރަށް ވަރުގަދަވެއްޖެ: އާތީ

ވެލެންސިއާ އާއި ގްރީން ސްޓްރީޓްސް ބައްދަލުކުރާ މެޗުން ފަށާނީ ހޯމަ ދުވަހުގެރޭ 21:00 ގައި

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 28 މާރިޗު 2021 | އާދީއްތަ 14:15
ކުލަބު ވެލެންިސއާގެ ކޯޗު މުޙައްމަދު އާތިފް (އާތީ)

ކުލަބު ވެލެންިސއާގެ ކޯޗު މުޙައްމަދު އާތިފް (އާތީ)

ނިމިގެންދިޔަ ޓްރާންސްފާ ބާޒާރުގައި އަލަށް ގުޅުނު ބިދޭސީ ދެ ކުޅުންތެރިންނާއެކު، ކުލަބު ވެލެންސިއާއާ އިތުރަށް ވަރުގަދަވެގެން ގޮސްފައިވާ އެ ޓީމުގެ ކޯޗު މުޙައްމަދު އާތިފް (އާތީ) ބުނެފިއެވެ.

މި ފަހަރުގެ ޓްރާންސްފާގައި ވެލެންސިއާއިން ވަނީ ބްރެޒިލުގައި 2014 ވަނަ އަހަރު ބޭއްވި ފީފާ ވޯލްޑް ކަޕުގައި އީރާނުގެ ޤައުމީ ފުޓްބޯޅަ ޓީމަށް ކުޅުނު ޑިފެންޑަރު މެހެރްދާދް ޕޫލާދީ އާއި ސްޕެއިނުގެ ގިނަ ކުލަބުތަކާއި ފިންލެންޑް ފުރަތަމަ ޑިވިޝަނުގައި ކުޅެފައިވާ މިޑްފީލްޑަރު ބޯހަސް މާޓިންގެ ސޮއި ހޯދާފައެވެ. މީގެ ތެރެއިން މާޓިން މީގެ ކުރިންވެސް އައީ ވެލެންސިއާގެ ފަރިތަކުރުންތަކުގައި ބައިވެރިވަމުންނެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ހޯމަ ދުވަހުގެރޭ ކުލަބު ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ނުކުތުމުގެ ކުރިން އާދީއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން އާތީ ބުނީ ލީގުގައި ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ވެލެންސިއާ ނުކުންނައިރު، ޓީމަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ބިދޭސީ ދެ ކުޅުންތެރިންނާއެކު ސްކޮޑް ވަރުގަދަވުން ކަމަށެވެ.

އެގޮތުން ވެލެންސިއާއާ ގުޅުނު އީރާނު ޑިފެންޑަރަކީ ތަޖުރިބާކާރު ކުޅުންތެރިއެއް ކަމަށާއި އެކަމުގެ ބޭނުން އޭނާ ހިފާނެ ކަމަށްވެސް އާތީ ބުންޏެވެ. ދެން އެ ޓީމަށް ގުޅުނު މާޓިންއާއެކު، ވެލެންސިއާގެ މެދުތެރެ ވަރުގަދަވެފައިވާ ކަމަށާއި, އެގޮތުން މާޓިންގެ ބޭނުން މެދުތެރޭގެ އިތުރުން އިތުރުން ފޯވާޑް ލައިނުގައިވެސް ހިފޭނެ ކަމަށް އާތި ވަނީ ބުނެފައެވެ.

ލީގުގައި ހޯމަ ދުވަހުގެރޭ ވެލެންސިއާ އާއި ގްރީން ސްޓްރީޓްސް ބައްދަލުކުރާއިރު، ވެލެންސިއާ އޮތީ ތާވަލުގެ ދެވަނައިގައި ކުޅުނު ނުވަ މެޗުން ލިބުނު 15 ޕޮއިންޓާއެކުގައެވެ. އަދި ލީގު ތާވަލުގެ ހަތަރުވަނައިގައި އޮތް ގްރީން ސްޓްރީޓްސްއަށް ކުޅުނު ނުވަ މެޗުން ވަނީ 14 ޕޮއިންޓް ލިބިފައެވެ.

ވެލެންސިއާ މެޗުގެ ކުރިން ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ނިސްތާރު މުޙައްމަދު ބުނީ މި މެޗަށް ނުކުންނައިރު، ގްރީން ސްޓްރީޓްސްއަށް ދިމާވާނެ އެންމެ ބޮޑު މައްސަލައަކީ ކުޅުންތެރިންގެ ވަރުބަލިކަން ކަމަށެވެ. އެގޮތުން ގްރީން ސްޓްރީޓްސްގެގެ ސްކޮޑުގައި ހުނަރުވެރި ކުޅުންތެރިން ތިބި ނަމަވެސް، ދެ ދުވަސް ކޮށްފައި މެޗެއް ކުޅެން ޖެހުމުން ޓީމު ރޮޓޭޓް ކުރަން ޖެހޭ ކަމަށްވެސް ނިސްތާރު ވަނީ ބުނެފައެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ވެލެންސިއާ އާއި ގްރީން ސްޓްރީޓްސް ބައްދަލުކުރާ މެޗުން ފަށާނީ ހޯމަ ދުވަހުގެރޭ 21:00 ގައެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުކުލަބު ވެލެންސިއާކުލަބް ގްރީން ސްޓްރީޓްސް

ކޮމެންޓް

އިތުރަށް ކިޔާލަން

ޔޫވީ އިން ގްރީން ބަލިކޮށްފި

ޔޫވީ އިން ގްރީން ބަލިކޮށްފި

01 ޑިސެމްބަރު 2025
ފަހަތުން އަރައި ބުރުން ވެލެންސިއާ ބަލިކޮށްފި

ފަހަތުން އަރައި ބުރުން ވެލެންސިއާ ބަލިކޮށްފި

30 ނޮވެމްބަރު 2025
ޓީސީ ބަލިކޮށް އޮޑި ދެ ވަނަ އަށް

ޓީސީ ބަލިކޮށް އޮޑި ދެ ވަނަ އަށް

30 ނޮވެމްބަރު 2025
ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ

ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ

29 ނޮވެމްބަރު 2025
ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް

ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް

29 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

27 މާރިޗު
ކްރީމް ޗީޒް އެންޑް ޕީނަޓް ބަޓަރ ސްޓްރޯބެރީ ސޭންޑްވިޗް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމް ޗީޒް އެންޑް ޕީނަޓް ބަޓަރ ސްޓްރޯބެރީ ސޭންޑްވިޗް

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ދިޔަ އުމްރާވެރިން މައްކާގައި މަގުމަތިވެފައި
20242 އަހަރު ކުރިން
ރާއްޖެ

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ދިޔަ އުމްރާވެރިން މައްކާގައި މަގުމަތިވެފައި

އޮސްޓްރޭލިޔާގެ ރައްޔިތަކަށް 160،000 ޑޮލަރުގެ އަގުހުރި ރަން އެކުލެވޭ ގަލެއް ހޮވިއްޖެ
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮސްޓްރޭލިޔާގެ ރައްޔިތަކަށް 160،000 ޑޮލަރުގެ އަގުހުރި ރަން އެކުލެވޭ ގަލެއް ހޮވިއްޖެ

ރާފިލް ޓްރެއިނިންގއަށް ގެންގޮސްފައިވަނީ މެޑިކަލް ޓެސްޓުން ފެއިލްވެފައި ވަނިކޮށް
20224 އަހަރު ކުރިން
ރާއްޖެ

ރާފިލް ޓްރެއިނިންގއަށް ގެންގޮސްފައިވަނީ މެޑިކަލް ޓެސްޓުން ފެއިލްވެފައި ވަނިކޮށް

ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!

ނުކުތީ ގޮނޑި ބޭނުން ވެގެނެއް ނޫން، ރައްޔިތުންގެ މުދާ ހިމާޔަތް ކުރަން: ޔައުގޫބު
20197 އަހަރު ކުރިން
ރާއްޖެ

ނުކުތީ ގޮނޑި ބޭނުން ވެގެނެއް ނޫން، ރައްޔިތުންގެ މުދާ ހިމާޔަތް ކުރަން: ޔައުގޫބު

90ގެ ޓްރެންޑެއް ކަމަށްވާ \'ތޮންގް ހީލްސް\' އަނބުރާ އައީ؟
20188 އަހަރު ކުރިން
ތަފާތު ޚަބަރު

90ގެ ޓްރެންޑެއް ކަމަށްވާ \'ތޮންގް ހީލްސް\' އަނބުރާ އައީ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު