Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އޭއެފްސީ ކަޕުގެ ޑްރީމް ޓީމް

އޭއެފްސީ ކަޕުގެ މޮޅު ފޯވާޑުންގެ ތެރޭގައި ދަގަނޑޭ، ވޯޓެއް ދެއްވާ!

ހުކުރު ދުވަހުގެ މެންދުރުފަހު 02:00 އާ ހަމައަށް ވޯޓު ދެވޭނެ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 28 މާރިޗު 2021 | އާދީއްތަ 10:36
ކުލަބު ވެލެންސިއާގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ)

ކުލަބު ވެލެންސިއާގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ)

އޭއެފްސީ ކަޕުގެ ޑްރީމް ޓީމެއް ހޮވުމުގެ ގޮތުން ހުޅުވާލި އޮންލައިން ވޯޓިން ޕޯލެއްގައި މުބާރާތުގެ އެންމެ މޮޅު ފޯވާޑުންގެ ތެރޭގައި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ހިމެނިއްޖެއެވެ.

އޭއެފްސީން 13 ފޯވާޑުން ޝޯޓްލިސްޓުކުރިއިރު، އޭގެ ތެރޭގައި ދަގަނޑޭ އާއި އަވައްޓެރި އިންޑިއާގެ އެންމެ މޮޅު ފޯވާޑް ސުނިލް ޗެތުރީވެސް ވަނީ ހިމެނިފައެވެ. އޭއެފްސީ ވެބްސައިޓް މެދުވެރިކޮށް ކުރިއަށްދާ މި ވޯޓުގައި އަންނަ ހުކުރު ދުވަހުގެ މެންދުރުފަހު 02:00 އާ ހަމައަށް ދަގަނޑޭއަށް ވޯޓު ދެވޭނެއެވެ. އޮންލައިން ވޯޓުން ހޮވާ ޑްރީމް ޓީމު އެކުލަވާލަނީ 3-4-3 ފޯމޭޝަނަށް ކަމަށް އޭއެފްސީން ވަނީ ބުނެފައެވެ. އެހެންކަމުން 13 ފޯވާޑުންގެ ތެރެއިން ހޮވޭނީ އެންމެ ގިނަ ވޯޓު ލިބޭ ތިން ފޯވާޑުންނެވެ.

އޭއެފްސީ ކަޕުގެ މޮޅު ފޯވާޑުންގެ ތެރޭގައި ދަގަނޑޭ ހިމެނުނުއިރު، މީގެ ކުރިން އޭއެފްސީން އެކުލަވާލީ މުބާރާތުގެ އެންމެ މޮޅު ޑިފެންޑަރުންގެ ތެރޭގައި ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ޣަނީ (އަކޫ) ވެސް ވަނީ ހިމެނިފައެވެ. އެކަމަކު އޮންލައިން ވޯޓު މަދުވުމާއެކު ޑްރީމް ޓީމުގައި އޭނާ ހިމެނިފައެއް ނުވެއެވެ.

އޭއެފްސީ ކަޕުގެ މޮޅު ފޯވާޑުންގެ ތެރޭގައި ދަގަނޑޭ ހިމެނުނުއިރު، އޭނާ އެންމެ ފުރަތަމަ އޭއެފްސީ ކަޕުގައި ކުޅެފައިވަނީ އުމުރުން އެންމެ 18 އަހަރުގައި، 2004 ވަނަ އަހަރެވެ. އަދި އޭގެ ފަހުން މިހާތަނަށް އޭއެފްސީ ކަޕުގެ 10 މުބާރާތެއްގައި ދަގަނޑޭ ކުޅެފައިވާއިރު، މި ކޮންމެ މުބާރާތެއްގައިވެސް އޭނާ ވަނީ ލަނޑު ޖަހާފައެވެ. އެގޮތުން މިހާތަނަށް އޭއެފްސީ ކަޕުގައި ދަގަނޑޭ 29 ލަނޑު ޖަހާފައިވާއިރު، ދައޭނާއަކީ އޭއެފްސީ ކަޕުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓުގެ ހަތްވަނައިގައި އޮތް ކުޅުންތެރިޔާއެވެ.

މީގެ އިތުރުން 2005 ވަނަ އަހަރު ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުން އޭއެފްސީ ކަޕުގެ ސެމީ ފައިނަލުގައި ކުޅުނުއިރު، އެ ޓީމުގައި ދަގަނޑޭ ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ. އަދި ނިއު ރޭޑިއަންޓުގެ އިތުރުން ކުލަބު ވެލެންސިއާ އާއި، ވީބީ އައްޑޫ އެފްސީ އަދި ޓީސީ ސްޕޯޓްސް ކުލަބާއެކުވެސް ދަގަނޑޭ ވަނީ އޭއެފްސީ ކަޕުގައި ވާދަކޮށްފައެވެ.

އޭއެފްސީ ކަޕުގެ މޮޅު ފޯވާޑުންގެ ތެރޭގައި ދަގަނޑޭ ހިމެނުނުއިރު، ދާދި ފަހުން އޭނާ ވަނީ އޭއެފްސީ ކަޕުގައި ޖަހާފައިވާ ފާހަގަކޮށްލެވޭ ލަނޑުތަކުގެ މެދުގައި ކުރިއަށްގެންދިޔަ އޭއެފްސީ ބްރެކެޓް ޗެލެންޖުވެސް ކާމިޔާބުކޮށްފައެވެ. އަދި އާންމުން ވޯޓު ދީގެން ހޮވި އޭއެފްސީ ކަޕްގެ އެންމެ މޮޅު ސޯލޯ ލަނޑަކަށްވެސް ދަގަނޑޭގެ ލަނޑު ވަނީ ހޮވިފައެވެ. އެ ލަނޑަކީ އޭއެފްސީ ކަޕުގައި 2013 ވަނަ އަހަރު ނިއު ރޭޑިއަންޓުން އިންޑޮނޭޝިއާގެ ޕާސިބޯގެ މައްޗަށް 0-7 ގެ ނަތީޖާއަކުން ކުރިހޯދި މެޗުގައި ދަގަނޑޭ ޖަހައިދިން ރީތި ހިތްގައިމު ސޯލޯ ލަނޑެވެ.

އޭއެފްސީ ކަޕްއަލީ އަޝްފާގު (ދަގަނޑޭ)

ކޮމެންޓް

އިތުރަށް ކިޔާލަން

އަޝްފާޤުގެ ކަކުލު އޮޕަރޭޝަނެއް ކޮށްފި

އަޝްފާޤުގެ ކަކުލު އޮޕަރޭޝަނެއް ކޮށްފި

21 ސެޕްޓެމްބަރު 2024
ދަގަނޑޭގެ މައިލޯ ސިޓީއަށް ފަސް ލަނޑުގެ މޮޅެއް

ދަގަނޑޭގެ މައިލޯ ސިޓީއަށް ފަސް ލަނޑުގެ މޮޅެއް

03 މެއި 2024
ބިދޭސީ ކުޅުންތެރިންނާއި ކޯޗު ނުލައި މޯހަން ބަގާން މާލެ އަށް

ބިދޭސީ ކުޅުންތެރިންނާއި ކޯޗު ނުލައި މޯހަން ބަގާން މާލެ އަށް

10 ޑިސެމްބަރު 2023
މޯހަން ބަގާންއާއި ބަޝުންދުރަ އެއްވަރު، އެއްވަނައިގައި މޯހަން ބަގާން

މޯހަން ބަގާންއާއި ބަޝުންދުރަ އެއްވަރު، އެއްވަނައިގައި މޯހަން ބަގާން

25 އޮކްޓޯބަރު 2023
މާޒިޔާ ބަލިވެ، މިވަގުތު ރާއްޖޭގެ ފުޓްބޯޅައަށް އޮތް ހަމައެކަނި އުންމީދުވެސް ފަނޑު ވެއްޖެ

މާޒިޔާ ބަލިވެ، މިވަގުތު ރާއްޖޭގެ ފުޓްބޯޅައަށް އޮތް ހަމައެކަނި އުންމީދުވެސް ފަނޑު ވެއްޖެ

24 އޮކްޓޯބަރު 2023

އަހަރުތަކުން މިއަދު

28 މާރިޗު
މިއަހަރުގެ ފިތުރު އީދު ދުވަހާ ގުޅިގެން ބޮޑު ބަހުސްއެއް
20251 އަހަރު ކުރިން
ރާއްޖެ

މިއަހަރުގެ ފިތުރު އީދު ދުވަހާ ގުޅިގެން ބޮޑު ބަހުސްއެއް

މަގޫދޫގެ އެއާޕޯޓް މަސައްކަތް ހުއްޓާލުމުން ރަށު ރައްޔިތުން މުޒާހަރާ އަށް
20242 އަހަރު ކުރިން
ރާއްޖެ

މަގޫދޫގެ އެއާޕޯޓް މަސައްކަތް ހުއްޓާލުމުން ރަށު ރައްޔިތުން މުޒާހަރާ އަށް

ދަގަނޑޭ އަލުން އަނބުރާ ނިއު ރޭޑިއަންޓަށް
20233 އަހަރު ކުރިން
ކުޅިވަރު

ދަގަނޑޭ އަލުން އަނބުރާ ނިއު ރޭޑިއަންޓަށް

މަރަން ޙުކުމް ކޮށްފައިވާ ނަޒީފަށް މިރުޒާގެ ވާރިސުން މައާފް ދީފި
20224 އަހަރު ކުރިން
ރާއްޖެ

މަރަން ޙުކުމް ކޮށްފައިވާ ނަޒީފަށް މިރުޒާގެ ވާރިސުން މައާފް ދީފި

ހެކި ނެތި ދަޢުވާއުފުލުމަކީ އަނބު ނެތް ގަހަކަށް ގާއުކުން، ޕީޖީގެ ނިންމެވުން ރަނގަޅު: ނިޝާން
20215 އަހަރު ކުރިން
ރާއްޖެ

ހެކި ނެތި ދަޢުވާއުފުލުމަކީ އަނބު ނެތް ގަހަކަށް ގާއުކުން، ޕީޖީގެ ނިންމެވުން ރަނގަޅު: ނިޝާން

ބިމުގެ ދަތިކަން ހައްލުކުރުމަށް 17 ރަށެއްގެ ބިން ހިއްކަނީ
20197 އަހަރު ކުރިން
ރާއްޖެ

ބިމުގެ ދަތިކަން ހައްލުކުރުމަށް 17 ރަށެއްގެ ބިން ހިއްކަނީ

ކަނޑުއަޑީގައި ކުރެހުންތައް ކުރެހި މަންޒަރު ދުށިންތަ؟
20188 އަހަރު ކުރިން
ރިޕޯޓު

ކަނޑުއަޑީގައި ކުރެހުންތައް ކުރެހި މަންޒަރު ދުށިންތަ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު