Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދިރާގު ދިވެހި ޕްރިމިއާ ލީގު

ޔޫވީ އަތުން ގްރީން ސްޓްރީޓްސްއަށް މުހިންމު މޮޅެއް

26 މާރިޗު 2021 | ހުކުރު 20:12

ތާވަލުގެ ހަތަރުވަނައިގައި ގްރީން ސްޓްރީޓްސް އޮތީ 14 ޕޮއިންޓާއެކު

އަތޫފް އާތިފް
އަތޫފް އާތިފް | 26 މާރިޗު 2021 | ހުކުރު 20:12
ގްރީން ސްޓްރީޓްސް އާއި ޔޫވީ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ގްރީން ސްޓްރީޓްސް މޮޅުވީ 1-0 ން

ގްރީން ސްޓްރީޓްސް އާއި ޔޫވީ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ގްރީން ސްޓްރީޓްސް މޮޅުވީ 1-0 ން

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ހުކުރު ދުވަހުގެރޭ ކުޅުނު މެޗުން ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަތުން ކުލަބު ގްރީން ސްޓްރީޓްސް މޮޅުވެއްޖެއެވެ.

ޤައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުން ގްރީން ސްޓްރީޓްސް މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ.

މި މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުން ކުރެ ޓީމަކަށް ގޯލާ އަމާޒުކޮށް ނުރައްކާތެރި ހަމަލާއެއް އުފެއްދިފައެއް ނުވެއެވެ. އެކަމަކު މެޗުގެ ދެވަނަ ހާފުގައި ގްރީން ސްޓްރީޓްސްއިން ވަނީ އެ ޓީމުގެ ކުޅުން ރަނގަޅުކޮށް، ޔޫވީގެ ގޯލަށް ނުރައްކާ ކޮށްފައެވެ. އެގޮތުން ދެވަނަ ހާފު ފަށައިގެން ހަތަރުވަނަ މިނެޓުގައި ގްރީން ސްޓްރީޓްސްގެ ހަސަން ނަޒީމް (ޗޯޓު) ފޮނުވާލި ހަމަލާއެއް ވަނީ ގޯލުގެ ދަނޑިއަށް އަމާޒުވެފައެވެ.

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ގްރީން ސްޓްރީޓްސްއިން ކާމިޔާބުކުރީ މެޗުގެ 60 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޗޯޓުއެވެ. އަދި އޭގެ ފަހުންވެސް ގްރީން ސްޓްރީޓްސްއަށް ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

މި މެޗަށްފަހު ވާހަކަދައްކަމުން ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ނިސްތާރު މުޙައްމަދު ބުނީ މެޗަށް ނުކުތީ ތިން ޕޮއިންޓް ހޯދަން ކަމަށާއި، އެކަން ހާސިލުވުމުން ހިތްހަމަޖެހޭ ކަމަށެވެ. އަދި ލީގު މެދު ކަނޑާލުމާއެކު މި މެޗަށް ވަރަށް ބޮޑަށް ތައްޔާރުވި ކަމަށާއި، އަދި ޔޫވީ އަތުން ލިބުނު ތިން ޕޮއިންޓަކީ ލީގުގައި ކުރިއަށްދިޔުމަށް ލިބުނު މުހިންމު ތިން ޕޮއިންޓް ކަމަށްވެސް ވަނީ ބުނެފައެވެ.

ޔޫވީގެ ކޯޗު އިހުސާން އަބްދުލް ޣަނީ (ސާންތި) ބުނީ މި މެޗުގައި އެ ޓީމުގެ ކެޕްޓަން މުޙައްމަދު އާރިފް (ބަކާ) ނެތްތަން ދެއްކި ކަމަށެވެ. އަދި ޔޫވީއަށް މިހާރު ބޭނުންވަނީ މޮޅެއް ކަމަށާއި، އެކަމަކު މި މެޗުގައި ޔޫވީގެ ފަރާތުން ފެނުނު ކުޅުމާ މެދު ހިތްހަމަޖެހޭ ކަމަށްވެސް ސާންތި ބުންޏެވެ.

މި މެޗުން މޮޅުވުމުން ގްރީން ސްޓްރީޓްސްއަށް ވަނީ ތާވަލުގެ ހަތަރުވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ލިބިފައެވެ. އެގޮތުން ގްރީން ސްޓްރީޓްސްއަށް ނުވަ މެޗުން 14 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް ދަ ގްރާންޑޭ ސްޕޯޓްސް ކުލަބާއި، ދެވަނައިގައި އޮތް ވެލެންސިއާއަށް ނުވަ މެޗުން ވަނީ 15 ޕޮއިންޓް ލިބިފައެވެ. އަދި މިހާތަނަށް މެޗަކުން މޮޅުވެފައި ނުވާއިރު، ޔޫވީ އޮތީ ތާވަލުގެ ފުލުގައި ތިން ޕޮއިންޓާއެކުއެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުކުލަބް ގްރީން ސްޓްރީޓްސްޔުނައިޓެޑް ވިކްޓަރީ (ޔޫވީ)

އިތުރަށް ކިޔާލަން

01 ޑިސެމްބަރު 2025

ޔޫވީ އިން ގްރީން ބަލިކޮށްފި

01 ޑިސެމްބަރު 2025
ޔޫވީ އިން ގްރީން ބަލިކޮށްފި
30 ނޮވެމްބަރު 2025

ފަހަތުން އަރައި ބުރުން ވެލެންސިއާ ބަލިކޮށްފި

30 ނޮވެމްބަރު 2025
ފަހަތުން އަރައި ބުރުން ވެލެންސިއާ ބަލިކޮށްފި
30 ނޮވެމްބަރު 2025

ޓީސީ ބަލިކޮށް އޮޑި ދެ ވަނަ އަށް

30 ނޮވެމްބަރު 2025
ޓީސީ ބަލިކޮށް އޮޑި ދެ ވަނަ އަށް
29 ނޮވެމްބަރު 2025

ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ

29 ނޮވެމްބަރު 2025
ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ
29 ނޮވެމްބަރު 2025

ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް

29 ނޮވެމްބަރު 2025
ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް
25 ނޮވެމްބަރު 2025

ބުރުން ޔޫވީ ބަލިކޮށްފި

25 ނޮވެމްބަރު 2025
ބުރުން ޔޫވީ ބަލިކޮށްފި
22 ނޮވެމްބަރު 2025

ވިކްޓަރީ ބަލިކޮށް މާޒިޔާ އިން ރެކޯޑް ދަމަހައްޓައިފި

22 ނޮވެމްބަރު 2025
 ވިކްޓަރީ ބަލިކޮށް މާޒިޔާ އިން ރެކޯޑް ދަމަހައްޓައިފި
09 ނޮވެމްބަރު 2025

ފުލުގައި އޮތް ގްރީން ސްޓްރީޓްސް އިން ނިއު ހިފަހައްޓައިފި

09 ނޮވެމްބަރު 2025
ފުލުގައި އޮތް ގްރީން ސްޓްރީޓްސް އިން ނިއު ހިފަހައްޓައިފި
08 ނޮވެމްބަރު 2025

އިތުރު ވަގުތުގައި ހަމްޕު ޖެހި ގޯލުން، މާޒިޔާ އިން ރެކޯޑް ދަމަހައްޓައިފި

08 ނޮވެމްބަރު 2025
އިތުރު ވަގުތުގައި ހަމްޕު ޖެހި ގޯލުން، މާޒިޔާ އިން ރެކޯޑް ދަމަހައްޓައިފި
03 ނޮވެމްބަރު 2025

ބެންޖޯގެ އިރުޝާދުގެ ދަށުން އީގަލްސް އަށް ފުރަތަމަ މޮޅު

03 ނޮވެމްބަރު 2025
ބެންޖޯގެ އިރުޝާދުގެ ދަށުން އީގަލްސް އަށް ފުރަތަމަ މޮޅު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް