Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބާސާގައި ގްރީޒްމަނުގެ ކުރިމަގު

ގްރީޒްމަން ބޭނުންވަނީ ބާސާގައި މަޑުކުރަން

މީގެ ކުރިން ގްރީޒްމަން ވިއްކާލަން ބާސާއިން މަސައްކަތްކުރި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 25 މާރިޗު 2021 | ބުރާސްފަތި 17:56
ބާސާއަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް އެންޓޮއިން ގްރީޒްމަން

ބާސާއަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް އެންޓޮއިން ގްރީޒްމަން

ކުރިއަތް އޮތް ހޫނު މޫސުމުގައި ބާސެލޯނާ ދޫކޮށްލުމުގެ ބަދަލުގައި، އެ ޓީމުގައި މަޑުކުރަން ފްރާންސްގެ ފޯވާޑް އެންޓޮއިން ގްރީޒްމަން ބޭނުންވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އުމުރުން 30 އަހަރުގެ ގްރީޒްމަން ބާސާއަށް ބަދަލުވީ 2019 އަހަރުގެ ހޫނު މޫސުމުގައި، އޭނާ ކުރީގެ ކުލަބު އެތުލެޓިކޯ މެޑްރިޑާއެކު ހަދާފައިވާ އެއްބަސްވުން އުވާލަން ދައްކަންޖެހޭ 120 މިލިއަން ޔޫރޯ ބާސާއިން ދެއްކުމުންނެވެ. ބާސާއާއެކު ގްރީޒްމަން ފަސް އަހަރުގެ މުއްދަތަކަށް ސޮއިކުރިއިރު، އެ އެއްބަސްވުން ހަމަވާނީ 2024 ވަނަ އަހަރުގެ ޖޫން މަހުއެވެ.

އެކަމަކު ބާސާއަށް ބަދަލުވުމަށްފަހު މީގެ ކުރިން ގްރީޒްމަނަށް އެންމެ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. އެހެންކަމުން ބާސާ ދޫކޮށްލަން ގްރީޒްމަން ބޭނުންވާ ކަމަށް މީގެ ކުރިން ސްޕެއިނުގެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ. އަދި މީގެ ކުރިން ގްރީޒްމަން ވިއްކާލަން ބާސާއިން މަސައްކަތްކުރި ކަމަށްވެސް ބައެއް މީޑިއާތަކުން ރިޕޯޓުކުރިއެވެ. ނަމަވެސް ބާސާގެ ކޯޗުގެ މަގާމާ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި ރޮނާލްޑް ކޫމަން ހަވާލުވި ފަހުން ގްރީޒްމަނުގެ ކުޅުން ވަނީ ރަނގަޅުވެފައެވެ. އެގޮތުން މި އަހަރު އޭނާ އަންނަނީ ބާސާގައި މޮޅު ކުޅުމެއް ދައްކަމުންނެވެ.

އެއާއެކު ދާދި ފަހުން ސްޕެއިނުގެ ނޫހަކުން ވަނީ ބާސާ ދޫކޮށްލަން ގްރީޒްމަން ބޭނުންނުވާ ކަމަށް ރިޕޯޓުކޮށްފައެވެ. އެގޮތުން ގްރީޒްމަން ބާސާގައި ހުރީ ހިތްހަމަޖެހިގެން ކަމަށާއި، ބާސާއާއެކު ގިނަ ކާމިޔާބީތަކެއް ހޯދުމަށް ގްރީޒްމަން ބޭނުންވާ ކަމަށްވެސް އެ ނޫހުގައި ވަނީ ރިޕޯޓުކޮށްފައެވެ.

ގްރީޒްމަން ބާސާއަށް ބަދަލުވި ސީޒަނުގައި ބާސާއިން ހުސްއަތާ ސީޒަން ނިންމާލި ނަމަވެސް، މި ސީޒަނުގައި އެ ޓީމުން އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. އަދި މިހާތަނަށް ގްރީޒްމަން ބާސާއަށް 88 މެޗު ކުޅެދީފައިވާއިރު، އޭނާ ވަނީ ބާސާއަށް 29 ލަނޑު ޖަހައިދީފައެވެ.

އެންޓޮއިން ގްރީޒްމަންބާސެލޯނާ

ކޮމެންޓް

އިތުރަށް ކިޔާލަން

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

30 ނޮވެމްބަރު 2025
ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް

ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް

27 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

23 ޖޫން
ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން
20242 އަހަރު ކުރިން
ރާއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"
20233 އަހަރު ކުރިން
ރިޕޯޓު

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟
20224 އަހަރު ކުރިން
ރިޕޯޓު

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު