Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ދިވެހި ޕްރިމިއާ ލީގު މެދުކަނޑާލުން

އެހެން ޤައުމުތަކުން މިސާލު ނަގައި، ފުޓްބޯޅަ އަލުން ފަށަން ޖެހޭ: ޓޮމް

ވާނުވާގައި ތިބެން ޖެހުމުން ކުލަބުތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 23 މާރިޗު 2021 | އަންގާރަ 18:39
2016 ވަނަ އަހަރުގެ އެފްއޭއެމް އިންތިޚާބީ ކޮންގްރެސްގައި ޓޮމް އާއި ބައްސާމް އެކުގައި

2016 ވަނަ އަހަރުގެ އެފްއޭއެމް އިންތިޚާބީ ކޮންގްރެސްގައި ޓޮމް އާއި ބައްސާމް އެކުގައި

ދުނިޔޭގެ އެހެން ޤައުމުތަކުން މިސާލު ނަގައި، ރާއްޖޭގެ ފުޓްބޯޅަ އަލުން ފަށަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަދި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް އަޙްމަދު ޠާރިޤް (ޓޮމް) ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 ގެ ކޭސްތައް މާލެ ސިޓީގައި އިތުރުވުމާއެކު ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނެރުނު އައު އުސޫލުތަކާ ގުޅިގެން ދިރާގު ދިވެހި ޕްރިމިއާ ލީގު މެދުކަނޑާލަން ނިންމީ މިދިޔަ ފެބްރުއަރީ މަހުގެ ތިންވަނަ ދުވަހުއެވެ. އެއާއެކު މީގެ ކުރިންވެސް ފުރަތަމަ ޑިވިޝަނުގެ ހުރިހާ ކުލަބަކުން ވަނީ ލީގު މެދުކަނޑާލުމުން ކުލަބުތަކާއި ކުޅުންތެރިންނަށް ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހޭނެ ކަމަށާއި، އެހެންކަމުން ލީގު ފެށުމުގެ ހުއްދަދިނުމަށް ގޮވާލާފައެވެ.

އޭގެ ފަހުން މިދިޔަ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހު ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި އެޗްޕީއޭ ގުޅިގެން އެކުލަވާލި އައު އުސޫލުތަކުގެ ދަށުން ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކަށް ފަރިތަކުރުންތައް ފެށުމުގެ ހުއްދަ ވަނީ ދީފައެވެ. އެއާއެކު އެޗްޕީއޭ ގުޅިގެން މި މަހުގެ 20 ވަނަ ދުވަހު ލީގު އަލުން ފަށަން އެފްއޭއެމުން މަސައްކަތްކުރިއިރު، ފަހުން ވަނީ މި މަހުގެ 25 ވަނަ ދުވަހު ލީގު އަލުން ފެށޭތޯވެސް މަސައްކަތްކޮށްފައެވެ. އެކަމަކު މިހާތަނަށްވެސް ލީގު އަލުން ފެށުމުގެ ހުއްދަ އެޗްޕީއޭއިން ދީފައެއް ނުވެއެވެ.

ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކުންވެސް ވާނުވާ ނޭނގި، ކެތްތެރިކަން ކޮޅުންލާފައިވާ ދަނޑިވަޅެއްގައި، ފޭސްބުކުގައި ހިއްސާކުރެއްވި ލިޔުމެއްގައި ޤައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ފޯވާޑް ޓޮމް ވިދާޅުވީ ފުޓްބޯޅަ ކުޅުންތެރިންނާއި، ކުލަބުތަކަށް މުބާރާތް ކުޅެން ފެށުމުގެ ހުއްދަދިނުމަށް ސަރުކާރުގެ ކަމާ ބެހޭ ވެރިންނަށް ގޮވާލާ ކަމަށެވެ. އަދި ފުޓްބޯޅަ އާއި ޤައުމު ހުއްޓުވާފައި ދެން ނުބޭއްވޭނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ. އަދި ވިދާޅުވީ އެޗްޕީއޭގެ އުސޫލުތައް ހަމަނުޖެހޭކަން، އެ އިދާރާގެ ވެރިންނަށްވެސް އެނގޭނެ ކަމަށާއި، ޓެގް ޓީމެއްގެ އަތްމައްޗަށް ޤައުމު ދީފައި އޮންނަތާ އަހަރެއް ވެފައިވާ ކަމަށެވެ.

ރާއްޖޭގެ ފުޓްބޯޅަ ހަރަކާތްތައް ހުއްޓާލަން އެޗްޕީއޭއިން އަންގާފައިވާއިރު، ރާއްޖެ ހިމެނޭ ދެކުނު އޭޝިއާ ސަރަޙައްދުގައި މި ވަގުތު ފުޓްބޯޅަ ހުއްޓިފައި އޮތް ހަމައެކަނި ޤައުމަކީވެސް ރާއްޖެއެވެ.

ލީގު އަލުން ފެށުމުގެ ހުއްދައަށް އެދި ކުލަބުތަކުން އާދޭސްކުރަމުން އަންނައިރު، ވީ އެންމެ އަވަސް ފުރުޞަތެއްގައި ފުޓްބޯޅަ ކުޅުންތެރިންގެ ޙައްޤުތައް ހޯދައިދިނުމަށް ކަމާ ގުޅުންހުރި ހުރިހާ އިދާރާތަކަށް އެފްއޭއެމުގެ ރައީސް ބައްސާމް އަދީލް ޖަލީލުވެސް ވަނީ ގޮވާލައްވާފައެވެ. ލީގު އަލުން ފެށުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، މީގެ ކުރިން ކުލަބުތަކުން ވަނީ ރާއިސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙާވެސް ބައްދަލުކޮށްފައެވެ. އަދި ލީގު އަލުން ފެށުމަށް ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފާއި، ޞިއްޙަތާ ބެހޭ ވަޒީރު އަޙްމަދު ނަސީމުވެސް ވަރަށް ބޮޑަށް އެއްބާރުލުން ދެމުން އަންނަ ދަނޑިވަޅެއްގައި، އެޗްޕީއޭއިން ލީގު ފެށުމަށް ހުއްދަދީފައި ނުވާތީ ކުލަބުތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުއަޙްމަދު ޠާރިޤް

ކޮމެންޓް

އިތުރަށް ކިޔާލަން

ޔޫވީ އިން ގްރީން ބަލިކޮށްފި

ޔޫވީ އިން ގްރީން ބަލިކޮށްފި

01 ޑިސެމްބަރު 2025
ފަހަތުން އަރައި ބުރުން ވެލެންސިއާ ބަލިކޮށްފި

ފަހަތުން އަރައި ބުރުން ވެލެންސިއާ ބަލިކޮށްފި

30 ނޮވެމްބަރު 2025
ޓީސީ ބަލިކޮށް އޮޑި ދެ ވަނަ އަށް

ޓީސީ ބަލިކޮށް އޮޑި ދެ ވަނަ އަށް

30 ނޮވެމްބަރު 2025
ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ

ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ

29 ނޮވެމްބަރު 2025
ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް

ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް

29 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު