Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއަފްޣާނިސްތާނުން އެމެރިކާ ސިފައިން ބޭލުން

އަފްޣާނިސްތާނުން އެމެރިކާ ސިފައިން ބޭލުމުގައި ގޮތް ނިންމާނީ ބައިޑެން

23 މާރިޗު 2021 | އަންގާރަ 02:11

އެއްބަސްވުމާއި އެއްގޮތަށް އެމެރިކާ ސިފައިން އަފްޣާނިސްތާނުން ބޭލުން ވާނީ ދަތި ކަމަކަށް - ބައިޑެން

އަތޫފް އާތިފް
އަތޫފް އާތިފް | 23 މާރިޗު 2021 | އަންގާރަ 02:11
އެމެރިކާގެ ދިފާއީ ވަޒީރު ލުއިޑް އޮސްޓިން

އެމެރިކާގެ ދިފާއީ ވަޒީރު ލުއިޑް އޮސްޓިން

ޠާލިބާނުންނާއެކު އެމެރިކާއިން ސޮއިކޮށްފައިވާ 'އަފްޣާނިސްތާނަށް ސުލަހް ގެނައުމާއި ބެހޭ އެއްބަސްވުން" އާއި އެއްގޮތަށް އެމެރިކާ ސިފައިން އަފްޣާނިސްތާނުން ބޭލުމުގައި ގޮތް ނިންމާނީ އެމެރިކާގެ ރައީސް ޖޯ ބައިޑެން ކަމަށް އެމެރިކާގެ ދިފާއީ ވަޒީރު ލުއިޑް އޮސްޓިން ވިދާޅުވެއްޖެއެވެ.

އޮސްޓިން އަފްޣާނިސްތާނަށް ކުރެއްވި ދަތުރުފުޅަށްފަހު ނެރުއްވި ބަޔާނެއްގައި ބުނީ އަފްޣާނިސްތާނަށް ސުލްހަ ގެނައުމަށް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ވެފައިވާ އެއްބަސްވުމަށް މިހާރުގެ ސަރުކާރުން ފުރިހަމައަށް އިހުތިރާމް ކުރާ ކަމަށެވެ. އެކަމަކު އެ އެއްބަސްވުމުގައި ވާގޮތައް އެމެރިކާގެ ސިފައިން އަފްޣާނިސްތާނުން ބޭލުމަށް މިހާރުގެ ސަރުކާރުން އަދި މިހާތަނަށް ގޮތެއް ނިންމާފައިނުވާ ކަމަށް އޮސްޓިން ވިދާޅުވިއެވެ. އޮސްޓިން ވިދާޅުވީ އަފްޣާނުން ސިފައިން ބޭލުމުގައި ގޮތް ނިންމޭނެ ހަމައެކަނި ބޭފުޅަކީ މިހާރުގެ ރައީސް ޖޯ ބައިޑެން ކަމަށެވެ.

ތާލިބާނުންނާއެކު އެމެރިކާއިން ހެދި އެއްބަސްވުމުގައި ވާގޮތުން އަފްޣާނުގައި ތިބި އެމެރިކާގެ 13،000 ސިފައިންގެ ތެރެއިން 10،000 ސިފައިން އަންނަ މެއި މަހުގެ އެއްވަނަ ދުވަހުގެ ކުރިން އެގައުމުން ބާލަން ޖެހޭނެއެވެ. އަދި ބާކީ ތިބި ސިފައިން ބާލާނެ ދުވަހެއް އެމެރިކާއިން އިއުލާން ކުރަން ޖެހެއެވެ.

އެކަމަކު މީގެ ކުރިން އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވީ އަފްޣާނުގައި ތިބި އެމެރިކާގެ ސިފައިންގެ ތެރެއިން 10،000 ސިފައިން މެއި މަހުގެ އެއްވަނަ ދުވަހު އެގައުމުން ބޭލުން އެއީ އުނދަގޫ ކަމެއް ކަމަށް ވިދާޅުވެފައެވެ. އެއާއެކު ތާލިބާނުން ވަނީ ބައިޑެންގެ ވާހަކަތަކަށް ވަރުގަދަ ރައްދެއް ދީފައެވެ. ތާލިބާނުން ބުނީ އެއްބަސްވުމާ އެއްގޮތަށް އަފްޣާނުގައި ތިބި އެމެރިކާ ސިފައިން އެގައުމުން ނުބާލައިފިނަމަ ގަދަކަމުން އެމެރިކާ ސިފައިން އެގައުމުން ބޭރުކުރުމަށް ހަނގުރާމަ ފަށަން ޖެހިދާނެ ކަމަށެވެ.

މީގެ 21 އަހަރުކުރިން ތާލިބާނުންނާއި ދެކޮޅަށް އެމެރިކާއިން ފެށި ހަނގުރާމައިގައި އެމެރިކާއަށް މިހާތަނަށް ކާމިޔާބުވެފައެއް ނުވެއެވެ. އެއާއިއެކު ތާލިބާނުން ވަނީ އެމެރިކާ އަސްކަރިއްޔާއަކީ އާދައިގެ އަސްކަރިއްޔާއެއް ކަމަށް ސިފަ ކޮށްފައެވެ.  

އެމެރިކާއަފްޣާނިސްތާން

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ
07 ޑިސެމްބަރު 2025

އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

07 ޑިސެމްބަރު 2025
އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް
03 ޑިސެމްބަރު 2025

އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ

03 ޑިސެމްބަރު 2025
އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ
03 ޑިސެމްބަރު 2025

ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި

03 ޑިސެމްބަރު 2025
ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި
28 ނޮވެމްބަރު 2025

ތިން ވަނަ ދުނިޔޭގެ ޤައުމު ތަކުގެ މީހުން އެމެރިކާ އަށް ވަނުން ދާއިމީ ގޮތެއްގައި ހުއްޓުވަން ޓްރަމްޕް ނިންމަވައިފި

28 ނޮވެމްބަރު 2025
ތިން ވަނަ ދުނިޔޭގެ ޤައުމު ތަކުގެ މީހުން އެމެރިކާ އަށް ވަނުން ދާއިމީ ގޮތެއްގައި ހުއްޓުވަން ޓްރަމްޕް ނިންމަވައިފި
18 ނޮވެމްބަރު 2025

ސައުދީ އަރަބިއްޔާ އަށް އެފް-35 މަރުކާގެ މަތިންދާބޯޓު ވިއްކަން ޓްރަމްޕް އެއްބަސްވެއްޖެ

18 ނޮވެމްބަރު 2025
ސައުދީ އަރަބިއްޔާ އަށް އެފް-35 މަރުކާގެ މަތިންދާބޯޓު ވިއްކަން ޓްރަމްޕް އެއްބަސްވެއްޖެ
11 ނޮވެމްބަރު 2025

ޗައިނާގެ ޑިޕްލޮމެޓަކާމެދު ޖަޕާނުން ނުރުހިއްޖެ

11 ނޮވެމްބަރު 2025
ޗައިނާގެ ޑިޕްލޮމެޓަކާމެދު ޖަޕާނުން ނުރުހިއްޖެ
06 ނޮވެމްބަރު 2025

އިންތިޚާބުގައި ބަލިވީ އަމިއްލަ ނަން ވޯޓު ކަރުދާހުގައި ނެތުމާއި، ސަރުކާރު ހުއްޓިފަައި އޮތުމުން ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

06 ނޮވެމްބަރު 2025
އިންތިޚާބުގައި ބަލިވީ އަމިއްލަ ނަން ވޯޓު ކަރުދާހުގައި ނެތުމާއި، ސަރުކާރު ހުއްޓިފަައި އޮތުމުން ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
06 ނޮވެމްބަރު 2025

ޑިމޮކްރަޓިކް ޕާޓީ އިން ހޯދި ކާމިޔާބާ އެކު، އޮބާާމާގެ ވަރުގަދަ މެސެޖެއް

06 ނޮވެމްބަރު 2025
ޑިމޮކްރަޓިކް ޕާޓީ އިން ހޯދި ކާމިޔާބާ އެކު، އޮބާާމާގެ ވަރުގަދަ މެސެޖެއް
05 ނޮވެމްބަރު 2025

"ރިޔާސީ ރޭހުން ބައިޑަން ވަކިވެ، ކަމަލާ ވާދަ ކުރެއްވުމަކީ ގޯހެއް!"

05 ނޮވެމްބަރު 2025
"ރިޔާސީ ރޭހުން ބައިޑަން ވަކިވެ، ކަމަލާ ވާދަ ކުރެއްވުމަކީ ގޯހެއް!"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް