Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ

މެންހެޓަންގެ އުސް އިމާރާތެއްގައި ދިން ހަމަލާއެއްގައި ހަމަލާދިން މީހާ ހިމެނޭގޮތަށް 5 މީހުން މަރުވެއްޖެ

މި ހާދިސާ ހިނގީ ފަތުރުވެރިންނާއި ވިޔަފާރިވެރިން ގިނައިން އުޅޭ، އެތައް މަޝްހޫރު އޮފީހެއް ހުރި ސަރަހައްދެއްގައި ކަމަށްވާއިރު، މިހާރު އެ ސަރަހައްދު ކޮންޓްރޯލު ކުރެވިފައިވާ ކަމަށާއި، ހަމަލާ ދިން މީހާ މަރުވެފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ރާއްޖެ އެމްވީ | 29 ޖުލައި 2025 | އަންގާރަ 04:46
މެންހަޓަންގެ އިމާރާތެއްގެ ތެރޭގައި ބަޑި ޖެހި މީހާ ރައިފަލް ހިފައިގެން އުޅޭ ސީސީޓީވީ ފޫޓޭޖް - 29 ޖުލައި 2025

މެންހަޓަންގެ އިމާރާތެއްގެ ތެރޭގައި ބަޑި ޖެހި މީހާ ރައިފަލް ހިފައިގެން އުޅޭ ސީސީޓީވީ ފޫޓޭޖް - 29 ޖުލައި 2025

އެމެރިކާ ގެ މެންހެޓަންގެ އުސް އިމާރާތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާ އެއްގައި ހަމަލާދިން މީހާ ހިމެނޭގޮތަށް 5 މީހުން މަރުވެއްޖެ އެވެ.

އެމެރިކާގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި މެންހެޓަންގެ މެދުތެރޭގައި ހުރި އުސް އިމާރާތެއްގައި ހޯމަ ދުވަހު ހިނގި ހަމަލާއެއްގައި މަރުވި މީހުންގެ ތެރޭގައި ފުލުހަކު ވެސް ހިމެނެއެވެ.

އެމެރިކާގެ އެންމެ އާބާދީ ބޮޑު ސިޓީގެ މެދުތެރޭގައި ހިނގި މި ހާދިސާ ފެށުނީ ހަވީރު 6:00 ހާއިރު ކަމަށް ރިޕޯޓުތައް ބުނެއެވެ. ބަޑި ޖަހާ އަޑުފައްގަނޑާއެކު ޕާކް އެވެނިއުގައި ހުރި މަޝްހޫރު އޮފީސް ސަރަހައްދަކަށް އެތައް ސަތޭކަ ފުލުހުން އައިސް ހަރަކާތްތެރިވާން ފެށިއެވެ. މި ސަރަހައްދަކީ ފަތުރުވެރިންނާއި ވިޔަފާރި ވެރިންނާއި ދަތުރުވެރިންގެ މެދުގައި މަޤްބޫލު ސަރަހައްދެކެވެ.

ފުލުހުން ބުނާ ގޮތުގައި މި ހާދިސާ ހިނގި ޕާކް އެވެނިއުގައި މަޝްހޫރު އެތައް އޮފީސް އިމާރާތެއް ހުރެއެވެ. އޭގެ ތެރޭގައި، ބްލެކްސްޓޯން ހެޖް ފަންޑް، އޮޑިޓަރ ކޭޕީއެމްޖީ، އަދި ނެޝަނަލް ފުޓްބޯލް ލީގުގެ އޮފީސްތައް ހުންނަ އިމާރާތް ހިމެނެއެވެ. ޙާދިސާ "ކޮންޓްރޯލްކުރެވި އަދި ހަމަލާދިން މީހާ މަރުވެފައިވާ" ކަމަށް ބުނެފައިވެއެވެ.

ފުލުހުން ބުނާ ގޮތުގައި ބަޑިޖެހި ކަމަށް ބެލޭ، 27 އަހަރުގެ ޝޭން ޑެވޮން ޓެމޫރާ ކިޔާ މީހަކު ލާސް ވޭގާސް އިން މެންހަޓަނަށް ދަތުރުކޮށްފައިވާކަމަށް ބެލެވެއެވެ. ނަމަވެސް އޭނާ މި ހަމަލާ ދިން މަޤްޞަދު އަދި ސާފު ނުވާ ކަމަށް ބުނެއެވެ. ފުލުހުން ބުނާ ގޮތުގައި، އޭނާ ހާދިސާ ހިނގި ސަރަހައްދު ބަޑިޖެހި މީހާ އަމިއްލަ އަށް މަރުވެފައި ވަނިކޮށް ވަނީ ފެނިފައެވެ. އަދި އޭނާގެ ކާރުން އިތުރު ވަޒަން ފެނިފައިވެއެވެ.

ފުލުހުން ބުނާ ގޮތުގައި، ބަޑި ހިފައިގެން އުޅުނު މީހާ ރައިފަލް އެއް ހިފައިގެން އޮފީސް އިމާރާތަށް ވަދެ، ލޮބީގައާއި މަތީ ފަންގިފިލާއެއްގައި އެ ގޮތް މިގޮތައް ބަޑިޖަހަން ފެށީއެވެ.

ޕޮލިސް ކޮމިޝަނަރ ޖެސިކާ ޓިޝް އެކްސްގައި ލިޔެފައިވަނީ، "މިވަގުތު، މި ސަރަހައްދު ކޮންޓްރޯލްކުރެވި އަދި ހަމަލާދިން މީހާ ނިއުޓްރަލައިޒްކުރެވިފައިވާ" ކަމަށެވެ.

މި ސަރަހައްދަކީ ގިނަ އަދަދެއްގެ މަޝްހޫރު ވިޔަފާރިތަކާއި، ހޮޓާތަކާއި، އެތައް ކުންފުންޏެއްގެ ހެޑްކުއާޓަރު ތަކާއި، މާލީ އިދާރާތަކާއި، ޤާނޫނީ އޮފީސްތައް ހުންނަ މަޝްހޫރު ސަރަހައްދެކެވެ.

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

09 ފެބުރުއަރީ 2017
އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި
08 ފެބުރުއަރީ 2017

އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި

08 ފެބުރުއަރީ 2017
އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި
08 ފެބުރުއަރީ 2017

އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

08 ފެބުރުއަރީ 2017
އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު
05 ފެބުރުއަރީ 2017

ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި

05 ފެބުރުއަރީ 2017
ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި
04 ފެބުރުއަރީ 2017

ކޯޓުން ޓްރަމްޕުގެ "ޓްރެވަލް ބޭން" އާ ދެކޮޅަށް އަމުރު ނެރުމުން ވައިޓް ހައުސް އިން އެކަމާ ދެކޮޅަށް ނިކުންނަނީ

04 ފެބުރުއަރީ 2017
ކޯޓުން ޓްރަމްޕުގެ "ޓްރެވަލް ބޭން" އާ ދެކޮޅަށް އަމުރު ނެރުމުން ވައިޓް ހައުސް އިން އެކަމާ ދެކޮޅަށް ނިކުންނަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު