Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފަލަސްޠީނު މައްސަލަ

ފަލަސްޠީނު މައްސަލައިގެ ކޮންފަރެންސްގައި ބައިވެރިވުމަށް އެމެރިކާ އަށް ދާން ޝަހީމަށް ވިސާ ނުދިން

ކޮންފަރެންސްގައި ދިވެހި ރާއްޖެ އިން ބައިވެރިވާން ހަމަޖެއްސީ މިނިސްޓަރު ޝަހީމް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 30 ޖުލައި 2025 | ބުދަ 07:42
އިސްލާމިކް މިނިސްޓަރު ޑޮކްޓަރު މުޙައްމަދު ޝަހީމް އަލީ ސައީދު

އިސްލާމިކް މިނިސްޓަރު ޑޮކްޓަރު މުޙައްމަދު ޝަހީމް އަލީ ސައީދު

ފަލަސްޠީނުގެ މައްސަލައިގައި އދ ގައި ކުރިއަށް ދިޔަ ކޮންފަރެންސްގައި ބައިވެރިވުމަށް އެމެރިކާ އަށް ދިޔުމަށް، ރާއްޖޭގެ އިސްލާމިކް މިނިސްޓަރު ޑޮކްޓަރު މުޙައްމަދު ޝަހީމް އަލީ ސައީދު އަށް ވިސާ ހަމަޖައްސައި ނުދިންކަން ހާމަވެއްޖެ އެވެ.

ސައުދީ އަރަބިއްޔާ އާއި ފްރާންސް އިން އިސްނަގައިގެން ބޭއްވި މި ކޮންފަރެންސް، އެމެރިކާގެ ނިއު ޔޯކުގައި ހުންނަ އދ ގެ މައި މަރުކަޒުގައި ފަށާފައި ވަނީ ހޯމަ ދުވަހު އެވެ. އެ ކޮންފަރެންސްގައި ޤައުމުތަކުގެ ފޮރިން މިނިސްޓަރުން އަދި އިސްވެރިން ވަނީ ބައިވެރިވެފަ އެވެ.

Advertisement - newsAdvertisement

"ރާއްޖެ އެމްވީ" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ކޮންފަރެންސްގައި ދިވެހި ރާއްޖެ އިން ބައިވެރިވާން ހަމަޖެއްސީ މިނިސްޓަރު ޝަހީމް އެވެ. ނަމަވެސް، އެމެރިކާ އިން ވިސާ ހަމަޖައްސައި ނުދިނުމުގެ ސަބަބުން މިނިސްޓަރު ޝަހީމް އަށް އެ ކޮންފަރެންސްގައި ބައިވެރިވެވޭ ގޮތެއް ނުވި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ވިސާ ހޯދުމަށް މިނިސްޓަރު ޝަހީމް ހުށަހަޅުއްވާފައި ވަނީ ސްރީ ލަންކާ ގައި ހުންނަ އެމެރިކާގެ އެމްބަސީ އަށެވެ. ނަމަވެސް އެމްބަސީ އިން މިނިސްޓަރު ޝަހީމްގެ ހުށަހެޅުން ބަލައި ނުގަންނަން ނިންމާފައިވާ ކަމަށާއި، އެކަން މިނިސްޓަރު ޝަހީމް އަށް އަންގާފައި ނުވާ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ. އަދި ހުށަހެޅުން ބަލައި ނުގަތް ސަބަބު ވެސް އަންގާފައި ނުވާ ކަމަށް މައުލޫމާތު ލިބެ އެވެ.

އެކަމާ ގުޅިގެން މިނިސްޓަރު ޝަހީމްގެ ބައެއް ހޯދާލުމަށް ފޯނަށް ގުޅުއްވުމުން ޖަވާބު ދެއްވާފައި ނުވާތީ، މި ކަމުގައި މިނިސްޓަރު ޝަހީމްގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

އެމެރިކާގެ ވިސާ ހަމަ ނުޖެހުމުގެ ސަބަބުން މިނިސްޓަރު ޝަހީމް އަށް ކޮންފަރެންސްގައި ބައިވެރިވެވިފައި ނުވި ނަމަވެސް، ކޮންފަރެންސްގައި ދިވެހި ރާއްޖެ އިން ވަނީ ބައިވެރިވެފަ އެވެ. އެ ކޮންފަރެންސްގައި ދިވެހި ރާއްޖެ ތަމްސީލު ކޮށްފައި ވަނީ، ދިވެހި ރާއްޖެ އިން އދ އަށް ކަނޑަ އަޅާފައިވާ ދާއިމީ މަންދޫބު ޑޮކްޓަރު އަލީ ނަސީރު މުހައްމަދު އެވެ.

އިތުރަށް ކިޔާލަން

07 ފެބުރުއަރީ 2017

ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!

07 ފެބުރުއަރީ 2017
ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!
06 ފެބުރުއަރީ 2017

އޭސީސީއަށް ހުށަހެޅުނު މައްސަލައިގެ ޢަދަދު 15 އިންސައްތަ އިތުރު ވެއްޖެ

06 ފެބުރުއަރީ 2017
އޭސީސީއަށް ހުށަހެޅުނު މައްސަލައިގެ ޢަދަދު 15 އިންސައްތަ އިތުރު ވެއްޖެ
26 ޖެނުއަރީ 2017

އެމެރިކާގެ ނުވަ ވަނަ މިޝަން ސަޕޯޓް ކޮމާންޑަރު، ޑިފެންސް މިނިސްޓަރާ ބައްދަލު ކުރައްވައިފި

26 ޖެނުއަރީ 2017
އެމެރިކާގެ ނުވަ ވަނަ މިޝަން ސަޕޯޓް ކޮމާންޑަރު، ޑިފެންސް މިނިސްޓަރާ ބައްދަލު ކުރައްވައިފި
23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު