Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޕާކިސްތާން

ހައިވޭ މަތީ އަންހެނަކު ރޭޕްކުރި ދެ މީހުން މަރަން ހުކުމްކޮށްފި

21 މާރިޗު 2021 | އާދީއްތަ 16:45

މި ދެމީހުންގެ މައްޗަށް މަރުގެ ހުކުމްގެ އިތުރުން އުމުރު ދުވަހަށް ޖަލަށްލުމާއި، ޖޫރިމަނާ ކުރުމުގެ އިތުރުން އެމީހުންގެ މުދާތައް އަތުލުމަށް ވަނީ ހުކުމް ކޮށްފައި

އަތޫފް އާތިފް
އަތޫފް އާތިފް | 21 މާރިޗު 2021 | އާދީއްތަ 16:45
ރޭޕާއި ދެކޮޅަށް ޕާކިސްތާނުގައި ކުރި މުޒާހަރާތަކުގެ ތެރެއިން

ރޭޕާއި ދެކޮޅަށް ޕާކިސްތާނުގައި ކުރި މުޒާހަރާތަކުގެ ތެރެއިން

ޕާކިސްތާނުގައި މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ހައިވޭއެއް މަތީ އަންހެނަކު ރޭޕްކުރި ދެ މީހުން މަރަން އެގައުމުގެ ލާހޯރު ކޯޓުން ހުކުމް ކޮށްފިއެވެ.

ލާހޯރު ކޯޓުން އިއްވި ހުކުމުގައި ބުނެފައިވަނީ އަނީދު މަލްހީ އަދި ޝަފްގަތު އަލީގެ މައްޗަށް ގޭންގު ރޭޕާއި ރަހީނުކުރުމާއި ވައްކަން ކުރުމާއި ޓެރެރިޒަމްގެ އަމަލު ހިންގި ކަމުގެ ކުށް ސާބިތުވާ ކަމަށެވެ. އަދި މި ދެމީހުންގެ މައްޗަށް މަރުގެ ހުކުމްގެ އިތުރުން އުމުރު ދުވަހަށް ޖަލަށް ލުމާއި، ޖޫރިމަނާ ކުރުމުގެ އިތުރުން އެމީހުންގެ މުދާތައް އަތުލުމަށް ވަނީ ހުކުމް ކޮށްފައެވެ.

މިކުށްތައް ސާބިތުވި މަލްހީއާއި އަލީގެ ވަކީލުން ވަނީ ކޯޓުން ކުރި ހުކުމް ބަލައި ނުގަންނަ ކަމަށާއި، މިއީ އިންސާފުވެރިކޮށް ދިޔަ ޝަރީއަތެއް ނޫން ކަމަށް ބުނެފައެވެ. އަދި މި ހުކުމް އިސްތިއުނާފު ކުރާނެ ކަމަށް ވަކީލު ވަނީ ބުނެފައެވެ.

މިދިޔަ ސެޕްޓެމްބަރު މަހު، ޕާކިސްތާނާއި، ފްރާންސްގެ ރަށްވެހިކަން އޮންނަ އަންހެނަކު ލާހޯރު ކައިރީ ހައިވޭއަކުން ކާރުގައި ދަތުރު ކުރަމުން ދަނިކޮށް ބަޔަކު ވަނީ ހަމަލާދީ ކާރު ހުއްޓުވައި އެ އަންހެން މީހާގެ ގަހަނާއާ މުދާތައް ފޭރިގަނެފައެވެ. އަދި އެއަށްފަހު އޭނާ ރޭޕްކޮށްފައިވާކަމަށް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

މި ހާދިސާއާ ގުޅިގެން ޕާކިސްތާނުގައި ވަނީ ރޭޕާއި ދެކޮޅަށް މުޒާހަރާ ކޮށްފައެވެ. އެއާއިއެކު އެގައުމުގެ ގާނޫނަށް ބަދަލުގެނެސް ރޭޕްކުރާ މީހުނަށް ހަރުކަށި އަދަބު ދިނުމަށް ގާނޫނެއް ވަނީ ހަދައިފައެވެ. އެ ގާނޫނުގައި ބުނެފައިވަނީ ރޭޕްގެ ކުށްތައް ބަލަން ވަކި ކޯޓެއް ހަދައި ކުށްކުރާ މީހުންގެ މައްސަލަތައް އަވަހަށް ބަލާ ނިންމުމަށެވެ. އަދި ރޭޕްގެ ކުށް ތަކުރާރު ކުރާނަމަ ބޭސްދީގެން ޖިންސީ އެދުންވެރިކަން ކަނޑުވާލުމުގެ އަދަބު ދިނުމަށް ވަނީ އަންގާފައެވެ.

ޕާކިސްތާން

އިތުރަށް ކިޔާލަން

03 ޑިސެމްބަރު 2025

އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި

03 ޑިސެމްބަރު 2025
އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި
02 ޑިސެމްބަރު 2025

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި
24 ނޮވެމްބަރު 2025

ބަޑި ހިފައިގެން ތިބި ބަޔަކު ޕާކިސްތާނުގެ އަސްކަރީ މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމް ކޮށްލައިފި

24 ނޮވެމްބަރު 2025
ބަޑި ހިފައިގެން ތިބި ބަޔަކު ޕާކިސްތާނުގެ އަސްކަރީ މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމް ކޮށްލައިފި
21 ނޮވެމްބަރު 2025

ޕާކިސްތާނު ގައި ތެރަސް ހަދާ ކާރުޚާނާ އެއް ގޮވައި، މަދުވެގެން 16 މީހުން މަރު ވެއްޖެ

21 ނޮވެމްބަރު 2025
ޕާކިސްތާނު ގައި ތެރަސް ހަދާ ކާރުޚާނާ އެއް ގޮވައި، މަދުވެގެން 16 މީހުން މަރު ވެއްޖެ
11 ނޮވެމްބަރު 2025

ޕާކިސްތާނުގެ އިސްލާމްއާބާދު ގައި ކާރު ބޮމެއް ގޮއްވާލައިފި، 12 މީހުން މަރުވެއްޖެ

11 ނޮވެމްބަރު 2025
ޕާކިސްތާނުގެ އިސްލާމްއާބާދު ގައި ކާރު ބޮމެއް ގޮއްވާލައިފި، 12 މީހުން މަރުވެއްޖެ
29 އޮކްޓޯބަރު 2025

ޕާކިސްތާން އާއި އަފްޣާނިސްތާންގެ ސުލްޙައިގެ މަޝްވަރާތައް ފެއިލްވެއްޖެ

29 އޮކްޓޯބަރު 2025
ޕާކިސްތާން އާއި އަފްޣާނިސްތާންގެ ސުލްޙައިގެ މަޝްވަރާތައް ފެއިލްވެއްޖެ
27 އޮކްޓޯބަރު 2025

އަފްޣާނިސްތާން އާއި ޕާކިސްތާންގެ ހަމަނުޖެހުން ވަރަށް އަވަހަށް ޙައްލު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

27 އޮކްޓޯބަރު 2025
އަފްޣާނިސްތާން އާއި ޕާކިސްތާންގެ ހަމަނުޖެހުން ވަރަށް އަވަހަށް ޙައްލު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
19 އޮކްޓޯބަރު 2025

ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ސުލްޙަ ޤާއިމު ކުރުމުގެ މަޝްވަރާތައް ދޯހާގައި ފަށައިފި

19 އޮކްޓޯބަރު 2025
ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ސުލްޙަ ޤާއިމު ކުރުމުގެ މަޝްވަރާތައް ދޯހާގައި ފަށައިފި
12 ސެޕްޓެމްބަރު 2025

ސެކިއުރިޓީ ކައުންސިލްގެ ޖަލްސާއެއްގައި ޕާކިސްތާނުން އިސްރާއީލަށް ކުރުދޮށިން ދީފި

12 ސެޕްޓެމްބަރު 2025
ސެކިއުރިޓީ ކައުންސިލްގެ ޖަލްސާއެއްގައި ޕާކިސްތާނުން އިސްރާއީލަށް ކުރުދޮށިން ދީފި
18 ޖުލައި 2025

ޕާކިސްތާނަށް ކުރަމުންދާ ވިއްސާރައިގައި އެއް ދުވަސް ތެރޭ 63 މަރު

18 ޖުލައި 2025
ޕާކިސްތާނަށް ކުރަމުންދާ ވިއްސާރައިގައި އެއް ދުވަސް ތެރޭ 63 މަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް