Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޑީޕީގެ އެތެރޭގެ މައްސަލަތައް

އެމްޑީޕީ ދެ ފަޅިވެގެން ދިޔައީ ކުރީގެ ރައީސް ނަޝީދު އެމްޑީޕީގައި ހުރުމަށް ނޭދޭ ބަޔަކު އެމްޑީޕީ އަށް އައުމުން - ދޮންބިލެތް ހަލީމް

ކުރިމަގު އޮތީ އަދިވެސް އެމްޑީޕީ އާއި އެކުގައި ކަމަށް އޭނާ ވަނީ ވިދާޅުވެފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 12 ޖުލައި 2024 | ހުކުރު 04:33
މަޖިލީހުގެ ބިލެތްދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް ހަލީމް)

މަޖިލީހުގެ ބިލެތްދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް ހަލީމް)

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ދެ ފަޅިވެގެން ދިޔައީ ކުރީގެ ރައީސް ނަޝީދު އެމްޑީޕީގައި ހުރުމަށް ނޭދޭ ބަޔަކު އެމްޑީޕީ އަށް އައުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް ހަލީމް) ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

އެމްޑީޕީގައި ކުރީގެ ރައީސް ނަޝީދު ހުންނަން ނޭދޭ ބަޔަކު އެމްޑީޕީ އަށް އައުމަށް ފަހު އެ މީހުންގެ މަސައްކަތަކަށް ވީ އެމްޑީޕީން އެމަނިކުފާނު ދުރުކުރުން ކަމަށް ހަލީމް ވިދާޅުވިއެވެ. އެފަދަ މީހުންގެ ތެރޭގައި އެމްޑީޕީ މެދުވެރިކޮށް ރައީސްކަމަށް ކުރިމަތިލާން ބޭނުންވާ މީހުން ތިބި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ކުރީގެ ރައީސް ނަޝީދު އެމްޑީޕީގައި ހުރި ނަމަ އެކަން ވެގެންދާނީ ކުރަން އުނދަނގޫ ކަމަކަށް ކަމަށާއި އެ މަނިކުފާނު ޕާޓީން ދުރުކުރަން ބަޔަކު ބޭނުންވި ސަބަބަކީ އެއީ ކަމަށް ހަލީމް ވަނީ ވިދާޅުވެފައެވެ. އެެހެންކަމުން އެމްޑީޕީ ދެ ބަައިވީ ކުރީގެ ރައީސް ނަޝީދުގެ އެކަނި ރޭވުމަކުން ކަމަށް ބުނެވެން ނެތް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އާއި ކުރީގެ ރައީސް ނަޝީދާއި ދެ ބޭފުޅުންނަކީ ވަރަށް ކުޑަ އިރުން ފެށިގެން އެއްކޮށް އުޅުއްވި ބޭފުޅުން ކަމަށާއި، ސިޔާސީ މަސައްކަތުގައި ވެސް ދެ ބޭފުޅުން އުޅުއްވީ އެކުގައި ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެ ދެ ބޭފުޅުންގެ ގާތްކަން ސިފަކުރައްވާ ހަލީމް ވިދާޅުވީ ވަލެއްގެ އެއްކޮޅުގައި ކުރީގެ ރައީސް ނަޝީދު ހިއްޕެވިއްޔާ އަނެއްކޮޅުގައި ކުރީގެ ރައީސް ޞާލިހު ހިއްޕަވާނެ ކަމަށެވެ. އެހާވެސް އެ ދެބޭފުޅުންނަކީ އެކުވެރި ދެ ބޭފުޅުން ކަމަށް ހަލީމް ވަނީ ސިފަކުރައްވާފައެވެ. އަދި ވެރިކަމަށް ކުރީގެ ރައީސް ޞާލިހު ގެންނެވުމުގައި ވެސް ކުރީގެ ރައީސް ނަޝީދުގެ ދައުރު ވަރަށް ފުޅާކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީ އަކީ އަލަށް އަންނަ މީހުންނަށް ވެސް ފުރުސަތު ބޮޑު ޕާޓީއެއް ކަމަށާއި އެމްޑީޕީގެ ޚާއްސަ ކަމަކީ ވެސް އެއީ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް އެކަން އެހެން އޮތުމުން އެމްޑީޕީގެ އާއިލާގައި ނުހިމެނޭ، އެމްޑީޕީ އުފެއްދުމުގެ މަސައްކަތުގައި ނޫޅޭ ޕާޓީގެ ވިސްނުމާއި ދުރު މީހުންނަށް ކުރީގެ ރައީސް ޞާލިހުގެ އަރިހުގައި ޕާތީ ބައިވި އިރު ތިބެން ފުރުސަތު ލިބުނު ކަމަށް އޭނާ ވިދާޅުވިއެވެ. ހަލީމް އެހެން ވިދާޅުވި ނަމަވެސް އެއީ ކޮން ބައެއްކަން ފާހަގައެއްް ނުކުރައްވައެވެ. އޭނާ ވަނީ އެމްޑީޕީގެ ކުރިމަގާއި މެދުގައި ވެސް ވާހަކަދައްކަވާފައެެވެ. ޕާޓީ އާއި މެދު ހިތްހަމަޖެހިވަޑައިނުގެން އެމްޑީޕީ ދޫކޮށް ދިޔަ ލީޑަރޝިޕްގެ ބޭފުޅުންނާއި، ޕާޓީގެ ނަގާކީ މީހުން އަނބުރާ ޕާޓީ އަށް އަންނަން ޖެހޭ ކަމަށާއި ކުރިމަގު އޮތީ އަދިވެސް އެމްޑީޕީ އާއި އެކުގައި ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ

އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

1 މެއި
ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ
20251 އަހަރު ކުރިން
ރާއްޖެ

ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް
20242 އަހަރު ކުރިން
ރިޕޯޓު

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"
20233 އަހަރު ކުރިން
ރިޕޯޓު

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި
20224 އަހަރު ކުރިން
ރާއްޖެ

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟
20215 އަހަރު ކުރިން
ފިލްމާއި މިޔުޒިކް

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު
20197 އަހަރު ކުރިން
ރިޕޯޓު

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!
20188 އަހަރު ކުރިން
ރާއްޖެ

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު