Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިސްރާއީލް-އީރާން ހަނގުރާމަ

އިސްރާއީލާ ދެކޮޅަށް މުސްލިމުން އެއްބައިވުމަށް ޕާކިސްތާނުން ގޮވާލައިފި

ޕާކިސްތާނުގެ ދިފާއީ ވަޒީރު އާސިފް ވިދާޅުވީ މުސްލިމު ނޫން ފަރާތްތަކުން އިސްރާއީލުގެ ޢަމަލުތަކާ ދެކޮޅަށް ތެދުވެފައި ވާއިރު ވެސް މުސްލިމު ދުނިޔެ ގިނަ ފަހަރަށް ތިބެނީ އަޅާނުލާ ކަމުގައި

ރާއްޖެ އެމްވީ | 14 ޖޫން 2025 | ހޮނިހިރު 16:12
ޕާކިސްތާނުގެ ޑިފެންސް މިނިސްޓަރު ޚަވާޖާ އާސިފް

ޕާކިސްތާނުގެ ޑިފެންސް މިނިސްޓަރު ޚަވާޖާ އާސިފް

އީރާނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ އަނިޔާވެރިކަމާ ދެކޮޅަށް މުސްލިމު ދުނިޔެ އެއްބައިވުމަށް ޕާކިސްތާނުން ގޮވާލައިފިއެވެ.

ހޮނިހިރު ދުވަހު ބޭއްވުނު ޕާކިސްތާނުގެ ނެޝަނަލް އެސެމްބްލީގެ ޖަލްސާއެއް ގައި ދިފާޢީ ވަޒީރު ޚަވާޖާ އާސިފް ވިދާޅުވި ގޮތުގައި އީރާނާއި ޕާކިސްތާނާ ދެމެދު "އެތައް ސަތޭކަ އަހަރުތަކެއްގެ ގުޅުން" އޮތް ކަމަށާއި އިސްލާމް އާބާދުން "އީރާނުގެ ފަހަތުގައި އޮންނާނެ ކަމަށާއި، އެ ޤައުމުގެ މަސްލަހަތު ހިމާޔަތް ކުރުމަށް ބައިނަލްއަޤްވާމީ މައިދާނުގައި އެއްބާރުލުން ދޭނެ" ކަމަށެވެ.

މުސްލިމުން އެކުގައި އީރާނާ އެކުގައި ވުމަށް ގޮވާލައްވަމުން، އާސިފް ވަނީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން(އޯއައިސީ) އަށް ވަގުތުން ބައްދަލުވުމެއް ބާއްވައި، އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް އެކުގައި ސްޓްރެޓެޖީއެއް އެކުލަވާލުމަށް އެދިވަޑައިގަނެފައެވެ.

އޭނާ ވިދާޅުވި ގޮތުގައި މުސްލިމު ދުނިޔެއިން މިހާރު ފިޔަވަޅު އަޅަން ޖެހޭ ކަމަށާއި، އެހެން ނޫނީ މިފަދަ ހަމަލާތަކާ އަދިވެސް ކުރިމަތިލާން ޖެހިދާނެ ކަމަށެވެ.

"އިސްރާއީލުން ވަނީ އީރާނާއި، ޔަމަނާއި، ފަލަސްޠީނަށް ހަމަލާދީފައި،" އޭނާ ވިދާޅުވިއެވެ. "މުސްލިމު ޤައުމުތައް މިހާރު އެއްބައިނުވާ ނަމަ، ކޮންމެ ޤައުމަކަށް ވެސް މިފަދަ ހާލަތަކާ ކުރިމަތިލާން ޖެހޭނެ."

އާސިފް ވިދާޅުވީ މުސްލިމު ނޫން ފަރާތްތަކުން އިސްރާއީލުގެ ޢަމަލުތަކާ ދެކޮޅަށް ތެދުވެފައި ވާއިރު ވެސް މުސްލިމު ދުނިޔެ ގިނަ ފަހަރަށް ތިބެނީ އަޅާނުލާ ކަމުގައެވެ.

"ޕާކިސްތާނުގެ ޚާރިޖީ ވަޒީރު އިސްހާޤް ދާރު ވަނީ ހުކުރު ދުވަހު އީރާނާ ދެކޮޅަށް އިސްރާއީލުން ހިންގި އަދާވާތްތެރި ޢަމަލުތައް "އީރާނުގެ ސިޔާދަތަށް ދެކޮޅަށް ހިންގި ހަޑިމުޑުދާރު އަމަލެއް" ގެ ގޮތުގައި ވިދާޅުވެ އެކަން ކުށްވެރި ކުރައްވައި، "އީރާނުގެ ސަރުކާރާއި ރައްޔިތުންނާއެކު އެއްބައިވަންތަކަން" ފާޅުކުރައްވާފައެވެ.

އޭގެ ކުރިން، ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވެސް ވަނީ އީރާނަށް އިސްރާއީލުން ދިން ވައިގެ ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާފަ އެވެ.

އަދި ހަމައެއާއެކު، ޕާކިސްތާނުގެ ރައީސް އާސިފް ޢަލީ ޒަރްދާރީ ވަނީ ހުކުރު ދުވަހު ނެރުއްވި ބަޔާނެއްގައި އީރާނަށް އިސްރާއީލުގެ ސިފައިން ދިން ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާފަ އެވެ.

އޭނާ ބައިނަލްއަޤްވާމީ މުޖުތަމަޢު އަށާއި އދ. އަށް ގޮވާލެއްވީ ހަމަލާދިން ފަރާތް ޒިންމާދާރު ކުރުވުމަށް ވަގުތުން ފިޔަވަޅު އަޅައި، މި ހާލަތު އިތުރަށް ގޯސްވިޔަ ނުދިނުމަށް މަސައްކަތް ކުރުމަށެވެ.

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ކެނެޑާގެ މުސްލިމުން ތިބީ ބިރުގެންފައި އަދި ހިތްތައް ވަނީ ކުދިކުދި ވެފައި: ނެޝަނަލް ކައުންސިލް އޮފް ކެނޭޑިއަން މުސްލިމްސް

04 ފެބުރުއަރީ 2017
ކެނެޑާގެ މުސްލިމުން ތިބީ ބިރުގެންފައި އަދި ހިތްތައް ވަނީ ކުދިކުދި ވެފައި: ނެޝަނަލް ކައުންސިލް އޮފް ކެނޭޑިއަން މުސްލިމްސް
04 ފެބުރުއަރީ 2017

ކޯޓުން ޓްރަމްޕުގެ "ޓްރެވަލް ބޭން" އާ ދެކޮޅަށް އަމުރު ނެރުމުން ވައިޓް ހައުސް އިން އެކަމާ ދެކޮޅަށް ނިކުންނަނީ

04 ފެބުރުއަރީ 2017
ކޯޓުން ޓްރަމްޕުގެ "ޓްރެވަލް ބޭން" އާ ދެކޮޅަށް އަމުރު ނެރުމުން ވައިޓް ހައުސް އިން އެކަމާ ދެކޮޅަށް ނިކުންނަނީ
02 ފެބުރުއަރީ 2017

އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

02 ފެބުރުއަރީ 2017
އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި
31 ޖެނުއަރީ 2017

ޓްރަމްޕާ ދެކޮޅަށް އިނގިރޭސިވިލާތުގައި މުޒާހަރާތައް ކުރިއަށް ދަނީ

31 ޖެނުއަރީ 2017
ޓްރަމްޕާ ދެކޮޅަށް އިނގިރޭސިވިލާތުގައި މުޒާހަރާތައް ކުރިއަށް ދަނީ
30 ޖެނުއަރީ 2017

ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި

30 ޖެނުއަރީ 2017
ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު