Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބައިޑްން އަށް ހަޖޫޖެހުން

ރައީސް ބައިޑްން އަށް އޭނާގެ ނައިބަކީ ޓްރަމްޕް ކަމަށާއި، ޔޫކްރެއިންގެ ރައީސް އަކީ ޕޫޓިން ކަމަށް ވިދާޅުވެވިއްޖެ

ބައިޑްން އަށް އެއްފަހަރާ މާ ގިނަ ގޯސް ހެއްދެވުމުން އިންޓަރނެޓް ގައި އެކަމާ ހަޖޫޖެހުން ވަނީ އިތުރުވެފައި

ރާއްޖެ އެމްވީ | 12 ޖުލައި 2024 | ހުކުރު 05:24
އެމެރިކާގެ ރައީސް ޖޯ ބައިޑްން

އެމެރިކާގެ ރައީސް ޖޯ ބައިޑްން

އުމުރުފުޅުގެ ސަބަބުން އެމެރިކާގެ ރައީސް ޖޯ ބައިޑްންގެ ރިޔާސީ ކެންޑިޑެސީ އާ މެދު ބައިޑްންގެ ސަޕޯޓަރުންނާއި އޭނާގެ ޕާޓީގެ އިސްފަރާތްތަކުގެ މެދުގައި ނުތަނަވަސްކަން އުފެދިފައިވަނިކޮށް ބުރާސްފަތި ދުވަހު ވިދާޅުވި ވާހަކަ ތަކެއްގައި ޖެހިޖެހިގެން ވަރަށް ގިނަ ގޯސްތަކެއް ހެއްދެވިއްޖެއެވެ.

ހުސްވި މަހު އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާ އެކު ބައިޑްން ކުރެއްވި ބަހުސްގައި ބައިޑްންގެ ޕާފޯމަންސާ މެދު ފާޑު ކިޔުން އިތުރުވެފައިވާ ދަނޑިވަޅެއްގައި، އުމުރުފުޅުން 81 އަހަރުގެ ބައިޑްން އަށް ވިދާޅުވެވުނު މި ވާހަކަ ތަކާއެކު ޑިމޮކްރަޓިކް ޕާޓީއަށް ނިސްބަތްވާ ބައެއް ސެނެޓަރުން ވަނީ ބައިޑްން އަށް ރިޔާސީ ރޭސް މި ހިސާބުން ނިންމާލައްވަން ގޮވާލާފައެވެ.

ވޮޝިންގޓަން ގައި ބުރާސްފަތި ދުވަހު ނޭޓޯ ސަމިޓްގައި ބައިވެރިވެ ވަޑައިގެންނެވި ގައުމުތަކުގެ ވެރިންނާ އެކު ބޭއްވެވި ނޫސް ކޮންފަރެންސްގައި، ޔޫކްރެއިންގެ ރައީސް ވުލެޑިމިއަރ ޒެލެންސްކީ ތައާރުފް ކޮށްދެވުމުގެ ގޮތުން ޒެލެންސްކީގެ ބަދަލުގައި ބައިޑްން އަށް ވިދާޅުވެވުނީ ޕުޓިން އެވެ.

ބައިޑްން އަށް މި ވިދާޅުވެވުނީ ގޯސް ނަމެއްގައި ވިސްނިވަޑައިގެން އެކަން ރަނގަޅު ކޮށްލެވުމަށް ޒެލެންސްކީގެ ނަން ވިދާޅުވުމަށް ފަހު ވިދާޅުވީ، ރައީސް ޕުޓިން ބަލި ކުރައްވަން އެނާ އަށް މާ ބޮޑަށް ފޯކަސް ކުރެއްވެނީ ކަމަށެވެ.

މިކަން މިހެން ހިނގާފައި ވަނިކޮށް ބުރާސްފަތި ދުވަހުގެ ހަވީރު ބައިޑްން ވަކިން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އޭނާގެ ނައިބު ރައީސް ކަމަލާ ހެރިސް ގެ ނަން ވިދާޅުވުމުގެ ބަދަލުގައި ނައިބު ރައީސް ކަމަށް ވިދާޅުވެވުނީ އިންތިޚާބުގައި ބައިޑްން އާ ވާދަވެރި ފަރާތް ކަމުގައިވާ ޓްރަމްޕްގެ ނަމެވެ.

ހަމަ އެ ނޫސްކޮންފަރެންސް ގައި ޗީފް އޮފް ސްޓާފް ވިދާޅުވާން ވަރަށް އުނދަގުލުގައި ބައިޑްން އުޅުއްވި މަންޒަރު ފެނުނެވެ.

އެންމެ ފަހުން ޗީފް އޮފް ސްޓާފް ވިދާޅުވާން އުޅެ ބައިޑްން އަށް ވިދާޅުވެވުނީ ކޮމާންޑަރ އިން ޗީފް އެވެ. ކޮމާންޑަރ އިން ޗީފް އަކީ ޚުދު ރައީސް ބައިޑްންކަން އޮޅި ވަޑައިގެން އޭނާ އަށް ވިދާޅުވެވުނީ އެމެރިކާގެ އަސްކަރިއްޔާ އިން ގެންދަނީ އޭނާގެ ކޮމާންޑަރ އިން ޗީފްގެ ލަފާ ހޯދަމުން ކަމުގައެވެ.

އިތުރަށް ކިޔާލަން

13 މާރިޗު 2017

ދެވީގެ އުނދަގޫ ބޮޑުވެގެން ބްރެޒިލްގެ ރައީސް ރަސްމީ ގަނޑުވަރުން ނުކުންނަވައިފި

13 މާރިޗު 2017
ދެވީގެ އުނދަގޫ ބޮޑުވެގެން ބްރެޒިލްގެ ރައީސް ރަސްމީ ގަނޑުވަރުން ނުކުންނަވައިފި
02 މާރިޗު 2017

އާލިއާ ބަޓާއި އޭނާގެ ބައްޕައަށް މަރުގެ އިންޒާރު

02 މާރިޗު 2017
އާލިއާ ބަޓާއި އޭނާގެ ބައްޕައަށް މަރުގެ އިންޒާރު
01 މާރިޗު 2017

އާލިޔާ ބަޓް އޭނާގެ ބައްޕައަކީ ދޮގު ހަދާ މީހެކޭ ބުނަނީ ކީއްވެ؟

01 މާރިޗު 2017
އާލިޔާ ބަޓް އޭނާގެ ބައްޕައަކީ ދޮގު ހަދާ މީހެކޭ ބުނަނީ ކީއްވެ؟
27 ފެބުރުއަރީ 2017

ޓްރަމްޕްގެ އިމިގްރޭޝަން ގަރާރާއި ދެކޮޅަށް އިހްތިޖާޖްކުރި އިރާންގެ ފިލްމު ޑިރެކްޓަރަށް އޮސްކާ އެވޯޑް ލިބިއްޖެ

27 ފެބުރުއަރީ 2017
ޓްރަމްޕްގެ އިމިގްރޭޝަން ގަރާރާއި ދެކޮޅަށް އިހްތިޖާޖްކުރި އިރާންގެ ފިލްމު ޑިރެކްޓަރަށް އޮސްކާ އެވޯޑް ލިބިއްޖެ
23 ފެބުރުއަރީ 2017

އަނުޝްކާ އޭނާގެ ފިލްމީ ކެރިއަރާ މެދު ދެކެނީ ކިހިނެއް

23 ފެބުރުއަރީ 2017
އަނުޝްކާ އޭނާގެ ފިލްމީ ކެރިއަރާ މެދު ދެކެނީ ކިހިނެއް
08 ފެބުރުއަރީ 2017

"ރައީސް" އަށް ހުއްދަ ދެވެން ނެތް ކަމަށް ޕާކިސްތާނުން ބުނެފި

08 ފެބުރުއަރީ 2017
"ރައީސް" އަށް ހުއްދަ ދެވެން ނެތް ކަމަށް ޕާކިސްތާނުން ބުނެފި
02 ފެބުރުއަރީ 2017

ހަފްތާއެއްގެ ތެރޭގައި "ރައީސް" އަށް 215 ކްރޯޑް ރުޕީސް ލިބިއްޖެ

02 ފެބުރުއަރީ 2017
ހަފްތާއެއްގެ ތެރޭގައި "ރައީސް" އަށް 215 ކްރޯޑް ރުޕީސް ލިބިއްޖެ
31 ޖެނުއަރީ 2017

"ރައީސް" އަށް އާދީއްތަ ދުވަހު އެކަނި ވެސް 17 ކްރޯޑް އަށްވުރެ ގިނަ ރުޕީސް ލިބިއްޖެ

31 ޖެނުއަރީ 2017
"ރައީސް" އަށް އާދީއްތަ ދުވަހު އެކަނި ވެސް 17 ކްރޯޑް އަށްވުރެ ގިނަ ރުޕީސް ލިބިއްޖެ
24 ޖެނުއަރީ 2017

ރައީސް ޕްރޮމޯޝަން މަސައްކަތްތަކުގައި ބައިވެރިނުވެވުމުން ހިތާމަ ކުރަން: މާހިރާ ޚާން

24 ޖެނުއަރީ 2017
ރައީސް ޕްރޮމޯޝަން މަސައްކަތްތަކުގައި ބައިވެރިނުވެވުމުން ހިތާމަ ކުރަން: މާހިރާ ޚާން
20 ޖެނުއަރީ 2017

ރައީސްގައި ހިމެނޭ ލަވަތައް ލަވަ ޗާޓުތަކުގެ ކުރީގައި

20 ޖެނުއަރީ 2017
ރައީސްގައި ހިމެނޭ ލަވަތައް ލަވަ ޗާޓުތަކުގެ ކުރީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް