Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިސްރާއީލް-އީރާން ހަނގުރާމަ

އެމެރިކާ އިން މަސައްކަތް ކުރަނީ މުސްލިމު ގައުމުތަކުގެ ވަސީތްތައް ފޭރެން: ރައީސް ޕެޒެޝްކިއާން

އީރާނުން ސުލްހަ ބޭނުންވޭ އެހެން ނަމަވެސް އީރާނާ ދެކޮޅަށް ހިންގި އުދުވާނާ ދެކޮޅަށް އީރާނުން ބަދަލު ހިފާނެ ކަމަށް އީރާނުގެ ރައީސް ވިދާޅުވޭ

ރާއްޖެ އެމްވީ | 23 ޖޫން 2025 | ހޯމަ 09:35
އީރާނުގެ ރައީސް މަސޫދު ޕެޒެޝްކިއަން އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ޖަލްސާއެއްގައި - ޖޫން 16، 2025

އީރާނުގެ ރައީސް މަސޫދު ޕެޒެޝްކިއަން އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ޖަލްސާއެއްގައި - ޖޫން 16، 2025

އީރާނުން ބޭނުން ވަނީ ސުލްހަ ކަމުގައިވީ ނަމަވެސް، އިސްރާއީލާއި އެމެރިކާ އަށް އިޝާރާތް ކުރައްވައި، އަދުއްވުންގެ އަމަލުތަކަށް ބަދަލު ހިފުމުގެ ފިޔަވަޅު އީރާނުން އަޅާނެ ކަމަށް އީރާނުގެ ރައީސް މަސްޢޫދު ޕެޒެޝްކިއާން ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހު ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފާއެކު ފޯނުން ދެއްކެވި ވާހަކަފުޅުގައި، ޕެޒެޝްކިއާން ވަނީ އިސްފަހާން، ނަތަންޒް އަދި ފޮރްދޯ ގައި ހުރި އީރާނުގެ ނިއުކްލިއަރ ވަސީލަތްތަކަށް އެމެރިކާ އިން އެންމެ ފަހުން ދިން އަސްކަރީ ހަމަލާ ކުށްވެރި ކުރައްވައި، މި އުދުވާނީ ޢަމަލާ ދެކޮޅަށް ބަދަލުހިފުމުގެ ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށް ވިދާޅުވެއިންޒާރު ދެއްވާފައެވެ.

މި ވާހަކަފުޅުގައި އީރާނުގެ ރައީސް، އީރާނާއި އެމެރިކާއާ ދެމެދު ނުސީދާކޮށް ކުރިއަށްދިޔަ ނިއުކްލިއަރ މަޝްވަރާ ތަކަށް ވެސް އިޝާރާތް ކުރެއްވިއެވެ. އެމެރިކާ އިން ފުރަތަމަ ބުނެފައި ވަނީ އެމީހުންގެ ހަމައެކަނި މަޤްޞަދަކީ ތެހެރާންގެ ނިއުކްލިއަރ ޕްރޮގްރާމަކީ ސުލްހަވެރި ބޭނުންތަކަށް ކުރިއަށް ދާ ޕްރޮގްރާމެއް ކަން ޔަޤީން ކުރުން ކަމަށެވެ. އަދި އީރާނުން އެ މަޤްޞަދަށް މަރުޙަބާ ކިޔައި، މަޝްވަރާ ތަކަށް ހާޒިރު ވެފައިވާ ކަން އީރާނުގެ ރައީސް ފާހަގަ ކުރެއްވިއެވެ.

"ނަމަވެސް، ވަގުތު ފާއިތުވަމުން ދިޔަވަރަކަށް، އެމެރިކާ އިން ޢަމަލު ކުރަމުން ދިޔައީ ޒަޔަނިސްޓް ވެރިކަމާ ފުރިހަމަ އަށް ބައިވެރިވެ، ވިލަރެސް ކުރުމާއެކު... އީރާނަކީ މަޝްވަރާތަކައް ދެކޮޅުހަދާ ފަރާތެއްގެ ގޮތުގައި ދައްކުވައި ދިނުމަށް ކަން ސާފުވެގެން ދިޔައެވެ،" އޭނާ ވިދާޅުވިއެވެ.

ޕެޒެޝްކިއާން ވިދާޅުވީ އިސްރާއީލުގެ ވެރިކަމުން، އެމެރިކާގެ އެހީތެރިކަމާއި، ހުއްދައާ އެކު، ޖޫން 13 ގައި އީރާނަށް ޙަމަލާދީ، އާންމު ރައްޔިތުންނާއި، ސިފައިންގެ ވެރިންނާއި ނިއުކްލިއަރ ސައިންޓިސްޓުން ހިމެނޭ ގޮތަށް އެތައް ސަތޭކަ މީހުން މަރާލާފައިވާ ކަމަށެވެ.

"އީރާނުން ހަނގުރާމަ އެއް ބޭނުމެއް ނުވެއެވެ. އަދި އެފަދަ ކަމެއް ދުވަހަކު ވެސް އިސްވެ ނުކުރާނެ އެވެ. އިސްރާއީލުން ހިންގާ އުދުވާނީ ޢަމަލު ތަކުން ސަރަޙައްދީ ސަލާމަތަށް ނުރައްކާ ވަނީ އެވެ،" ޕެޒެޝްކިއާން އިތުރުކުރެއްވިއެވެ.

"އެމެރިކާ އިން މަސައްކަތް ކުރަނީ ސަރަޙައްދު ހަމަނުޖެހި އޮތުމަށާއި، މުސްލިމް ޤައުމުތަކުގެ މެދުގައި ބައިބައިވުން އުފެއްދުމަށާއި، އިސްލާމީ ޤައުމުތަކުގެ މުއްސަނދި ވަސީލަތްތައް ފޭރުމަށާއި، ތަރައްޤީ އަށް އެހީތެރި ވުމުގެ ބަދަލުގައި ސަރަޙައްދު ހަތިޔާރާއި ހަނގުރާމައިގެ ސާމާނުން ފުރުމަށެވެ."

ޕެޒެޝްކިއާން އިތުރަށް ވިދާޅުވީ އެމެރިކާ އާ ބައެއް ޔޫރަޕުގެ ޤައުމުތަކުން މަސައްކަތް ކުރަނީ އޮޅުވާލައިގެން މުސްލިމުންގެ ސިފަ ހުތުރުކޮށް ދައްކުވައިދޭން ކަމަށެވެ. އެހެން ނަމަވެސް އެމީހުން އަމިއްލަ އަށް ޓެރަރިސްޓް ޖަމާޢަތްތަކަށް އެހީތެރިވެ، މުޖުރިމު އިސްރާއީލު ގެ ސަރުކާރަށް ބާރުދީފައިވާ ކަމަށެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ޝަރީފް، ވިދާޅުވީ އީރާނުގެ ނިއުކްލިއަރ ވަސީލަތްތަކަށް އެމެރިކާ އިން ދިން ޣައިރު ޤާނޫނީ ޙަމަލާ އިން ޕާކިސްތާނު ވަނީ "ފުން ހައިރާން ކަމެއް" ގައި ކަމަށެވެ.

މި ޙަމަލާ އަކީ ބައިނަލްއަޤްވާމީ މުޢާހަދާތަކާއި އިންޓަރނޭޝަނަލް އެޓޮމިކް އެނަރޖީ އޭޖެންސީ (އައިއޭއީއޭ) ގެ ސޭފްގާޑްސް އެއްބަސްވުމާ ސާފުކޮށް ޚިލާފު ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

"ޕާކިސްތާނުން ބައިނަލްއަޤްވާމީ މަސްރަހުގައި އީރާނަށް ވަރުގަދަ އަށް ތާއީދުކޮށް، އެ ސިޔާސަތު އަމަލީ ގޮތުން ތަންފީޒުކުރާނެ" ކަމަށް އޭނާ ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ

23 ޖެނުއަރީ 2017
ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ
23 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

23 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!
22 ޖެނުއަރީ 2017

އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

22 ޖެނުއަރީ 2017
އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ
17 ޖެނުއަރީ 2017

އެމްއެޗް 370 ހޯދުމުގެ މަސައްކަތް ހުއްޓާލައިފި

17 ޖެނުއަރީ 2017
އެމްއެޗް 370 ހޯދުމުގެ މަސައްކަތް ހުއްޓާލައިފި
14 ޖެނުއަރީ 2017

ކިއުބާގެ ރައްޔިތުންނަށް ވިސާއާ ނުލައި އެމެރިކާގައި ތިބެވޭ ތިބުން ނިމުމަކަށް

14 ޖެނުއަރީ 2017
ކިއުބާގެ ރައްޔިތުންނަށް ވިސާއާ ނުލައި އެމެރިކާގައި ތިބެވޭ ތިބުން ނިމުމަކަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު