Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުހަރުފަ ދަތްއެޅުން

އިންޑިއާގައި އެކަކުގެ ގައިގައި މަހެއްހާ ދުވަހުގެ ތެރޭގައި ހަ ހަރުފަ ދަތް އަޅައިފި

12 ޖުލައި 2024 | ހުކުރު 16:28

އިންޑިއާގައި އަހަރެއްގެ ތެރޭގައި ގާތްގަނޑަކަށް 50،000 މީހުން ހަރުފަ ދަތް އެޅުމުގެ ސަބަބުން މަރުވެއެވެ.

ރާއްޖެ އެމްވީ | 12 ޖުލައި 2024 | ހުކުރު 16:28
އޭނާ ގައިގައި އަބަދުވެސް ހަރުފަ ދަތް އަޅާފައިވަނީ ހޮނިހިރު ނުވަތަ އާދިއްތަ ދުވަހެއްގައި

އޭނާ ގައިގައި އަބަދުވެސް ހަރުފަ ދަތް އަޅާފައިވަނީ ހޮނިހިރު ނުވަތަ އާދިއްތަ ދުވަހެއްގައި

އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ ފިރިހެނެއްގެ ގައިގައި މަހެއްހާ ދުވަހުގެ ތެރޭގައި ހަ ހަރުފަ ދަތް އަޅައިފިއެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ އިންޑިއާ ޓުޑޭ ގައި ބުނެފައިވާ ގޮތުގައި މި މީހާ ގައިގައި ހަރުފަ އެއް ފުރަތަމަ ދަތް އެޅީ އެޅީ އޭނާގެ ގޭގައި ނިދަން އޮންނަ އެނދުން ތެދުވަން އުޅުމުގެ ތެރޭގައި ޖޫން މަހުގެ ދެވަނަ ދުވަހުއެވެ.

އެ ހާދިސާގެ ފަހުން އެކި ދުވަސް މަތިން އޭނާގެ ގައިގައި ފަސް ހަރުފަ ދަތް އަޅައިފައިވާ ކަމަށް ނޫހުގައި ވެއެވެ.

ހަތަރު ފަހަރު އޭނާގެ ގައިގައި ހަރުފަ ދަތް އެޅުމުން އުމުރުން 24 އަހަރުގެ މި މީހާ އާއިލާ މީހުންގެ އެދުމަށް ދިރިއުޅޭ ގެ ބަދަލު ކުރިއެވެ. އޭނާގެ ގައިގައި ފަސް ވަނަ ހަރުފަ ދަތް އެޅީ އާއިލާ އިން ދިން ލަފާގެ މަތިން އެހެން ސަރަހައްދެއްގައި ހުންނަ އޭނާގެ ބޮޑު ދައިތަ ގޭގައި އުޅެމުން ދަނިކޮށް ކަމަށް މި ޚަބަރުގައި ވެއެވެ.

ބޮޑު ދައިތަގެ ގޭގައި އުޅެނި ކޮށް ހަރުފަ ދަތް އެޅުމުން އޭނާގެ މައިންބަފައިން ބުނެގެން އަމިއްލަ ގެއަށް ބަދަލުވިތާ ދެތިން ދުވަސް ފަހުން ޖުލައި މަހުގެ ހަވަނަ ދުވަހު ހަވަނަ ވަނަ ހަރުފަ އޭނަގެ ގައިގައި ދަތްއެޅި ކަމަށް މި ޚަބަރުގައި ވެއެވެ.

އެއާއެކު އަވަހަށް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިނުމުން ވަނީ ރަނގަޅު ވެފައެވެ.

އަބަދުވެސް ހަރުފަ ދަތް އަޅާފައިވަނީ ހޮނިހިރު ނުވަތަ އާދިއްތަ ދުވަހެއްގައި ކަމަށް އޭނާ ބުނެފައިވެއެވެ.

މި ޚަބަރުގައި ބުނާ ގޮތުން އިންޑިއާގައި ކޮންމެ އަހަރަކު ތިން ހަތަރު މިލިއަން މީހުންގެ ގައިގައި ހަރުފަ ދަތް އަޅައެވެ. އޭގެ ތެރެއިން ގާތްގަނަޑަކަށް 50،000 މީހުން ހަރުފަ ދަތް އެޅުމުގެ ސަބަބުން މަރުވެއެވެ.

އިތުރަށް ކިޔާލަން

23 އޯގަސްޓު 2017

އޮށްގައު އުކުމުގެ ސަގާފީ ފެސްޓިވަލްގައި 400 މީހުން އިންޑިއާގައި ޒަޚަމް ވެއްޖެ

23 އޯގަސްޓު 2017
އޮށްގައު އުކުމުގެ ސަގާފީ ފެސްޓިވަލްގައި 400 މީހުން އިންޑިއާގައި ޒަޚަމް ވެއްޖެ
30 ޖޫން 2017

އިންޑިއާގައި ޖިންނި މޮޔަވެގެން ކަމަށް ބުނެ ހޮސްޕިޓަލަށް ގެނައި އަންހެނަކަށް ޑރ. ދިން "ފަރުވާ" ގެ މައްސަލަ ހޫނުވެއްޖެ!

30 ޖޫން 2017
އިންޑިއާގައި ޖިންނި މޮޔަވެގެން ކަމަށް ބުނެ ހޮސްޕިޓަލަށް ގެނައި އަންހެނަކަށް ޑރ. ދިން "ފަރުވާ" ގެ މައްސަލަ ހޫނުވެއްޖެ!
28 ޖޫން 2017

"ޚާމޯޝީ" އަކީ އެންމެ ފުރަތަމަ 8ކޭ ކެމެރާއިން އިންޑިއާގައި ހަދާ ފިލްމު

28 ޖޫން 2017
"ޚާމޯޝީ" އަކީ އެންމެ ފުރަތަމަ 8ކޭ ކެމެރާއިން އިންޑިއާގައި ހަދާ ފިލްމު
10 މެއި 2017

"މީ ލޯތްބަކީ" ބުރާސްފަތި ދުވަހުގެ ރޭ އައްޑޫގައި އަޅުވަނީ

10 މެއި 2017
"މީ ލޯތްބަކީ"  ބުރާސްފަތި ދުވަހުގެ ރޭ އައްޑޫގައި އަޅުވަނީ
09 މެއި 2017

ޝަލަބީގެ ފުރަތަމަ ވީޑިއޯލަވަ މިމަހުގެ 13 ވަނަ ދުވަހުގެރޭ ނެރެނީ

09 މެއި 2017
ޝަލަބީގެ ފުރަތަމަ ވީޑިއޯލަވަ މިމަހުގެ 13 ވަނަ ދުވަހުގެރޭ ނެރެނީ
01 މެއި 2017

"ބޭވޮޗް" އިންޑިއާގައި ޕްރިމިއާ ކުރާނެކަމެއް ނޭނގޭ: ޕްރިޔަންކާ

01 މެއި 2017
"ބޭވޮޗް" އިންޑިއާގައި ޕްރިމިއާ ކުރާނެކަމެއް ނޭނގޭ: ޕްރިޔަންކާ
29 އެޕްރީލު 2017

ކޮފީ ވަސްދުވާ ސްޓޭމްޕް އިންޑިއާގައި ނެރެފި

29 އެޕްރީލު 2017
ކޮފީ ވަސްދުވާ ސްޓޭމްޕް އިންޑިއާގައި ނެރެފި
21 މާރިޗު 2017

ހަތަރު ދުވަހުގެ ތެރޭގައި "ބިއުޓީ އެންޑް ދަ ބީސްޓް" އަށް 357.1 މިލިއަން ޑޮލަރު

21 މާރިޗު 2017
ހަތަރު ދުވަހުގެ ތެރޭގައި "ބިއުޓީ އެންޑް ދަ ބީސްޓް" އަށް 357.1 މިލިއަން ޑޮލަރު
20 މާރިޗު 2017

ވިދްޔާ ބާލަން 10 ދުވަހުގެ ތެރޭގައި ބަޑިޖަހަށް ދަސްކޮށްފި

20 މާރިޗު 2017
ވިދްޔާ ބާލަން 10 ދުވަހުގެ ތެރޭގައި ބަޑިޖަހަށް ދަސްކޮށްފި
16 މާރިޗު 2017

ވިދްޔާގެ ގައިގައި އަތްލި މީހަކު ދެކެ ރުޅި އަތުވެއްޖެ

16 މާރިޗު 2017
ވިދްޔާގެ ގައިގައި އަތްލި މީހަކު ދެކެ ރުޅި އަތުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް