Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިންޑިއާ-ޕާކިސްތާން ހަމަނުޖެހުން

ޑްރޯން އުފެއްދުމަށް ހިތްވަރު ދިނުމަށް އިންޑިއާ އިން 230 މިލިއަން ޑޮލަރު ގެ ޕްރޮގްރާމެއް ފަށަނީ

ނިއުކްލިއަރ ހަތިޔާރު ގެންގުޅޭ ދެ އަވައްޓެރިންގެ ކަމުަގައިވާ އިންޑިއާ އާއި ޕާކިސްތާނާ ދެމެދުގައި ވާދަވެރި ޑްރޯން ރޭހެއް މިހާރު މިވަނީ ފެށިފައި ކަމަށް ރިޕޯޓުތައް ބުނޭ

ރާއްޖެ އެމްވީ | 4 ޖުލައި 2025 | ހުކުރު 09:29
ސަރވޭލަންސް މިޝަންތަކުގެ އިތުރުން، ދުޝްމަނުންގެ ވައިގެ ދިފާޢީ ނިޒާމުތައް ނައްތާލުމުގެ އިތުރުން، ކޮމްބަޓް ސަރޗް އެންޑް ރެސްކިއު ފަދަ އެހެން މަސައްކަތްތައް ތަންފީޒުކުރުމުގައި އަސްކަރީ ޑްރޯންތައް ހަރަކާތްތެރިވޭ

ސަރވޭލަންސް މިޝަންތަކުގެ އިތުރުން، ދުޝްމަނުންގެ ވައިގެ ދިފާޢީ ނިޒާމުތައް ނައްތާލުމުގެ އިތުރުން، ކޮމްބަޓް ސަރޗް އެންޑް ރެސްކިއު ފަދަ އެހެން މަސައްކަތްތައް ތަންފީޒުކުރުމުގައި އަސްކަރީ ޑްރޯންތައް ހަރަކާތްތެރިވޭ

އަސްކަރީ އަދި މަދަނީ ޑްރޯން އުފެއްދުމަށް ހިތްވަރު ދިނުމަށް އިންޑިއާ އިން 234 މިލިއަން ޑޮލަރުގެ އިންސެންޓިވް ޕްރޮގްރާމެއް ފަށަން ޕްލޭން ކޮށްފައިވާ ކަމަށް ރޮއިޓާސް އިން ބުނެފިއެވެ.

ސިވިލް އަދި މިލިޓަރީ ޑްރޯން އުފައްދާ ފަރާތްތަކަށް އެހީތެރިވުމަށް އިންޑިއާ އިން މި ޕްރޮގްރާމް ފަށަން ރާވާފައިވާ ކަމަށް ތިން މަސްދަރަކުން މަޢުލޫމާތު ދީފައިވާ ކަމަށް ރޮއިޓާސް އިން ބުނެފައިވެއެވެ. މި ޕްރޮގްރާމުގެ މަޤްޞަދަކީ އިމްޕޯޓްކުރާ ޑްރޯން ގެ ބައިތަކަށް ބަރޯސާވާ މިންވަރު ކުޑަކުރުމާއި، ޗައިނާ އަދި ތުރުކީގެ އެހީތެރި ކަމާއެކު ޕާކިސްތާނުން ކުރިއަށްގެންދާ ޑްރޯން ޕްރޮގްރާމަށް ވާދަ ކުރުމެވެ.

އިންޑިއާ އިން އެގައުމުގައި އުފައްދާ ޑްރޯންތައް އިތުރު ކުރުމަށް މަސައްކަތް ކުރާ އިރު މޭ މަހު ޕާކިސްތާނާއެކު ހިނގި ހަތަރު ދުވަހުގެ ހަނގުރާމައިގައި ދެ ގައުމުން ވެސް ފުޅާ ދާއިރާއެއްގައި ޑްރޯން ބޭނުން ކޮށްފައި ވެއެވެ. މިއީ ނިއު ދިއްލީ އާއި އިސްލާމާބާދުން އެއްބަޔަކު އަނެއް ބަޔަކާ ދެކޮޅަށް ހަމަލާ ދިނުމުގައި ޑްރޯން ބޭނުންކުރި ފުރަތަމަ ފަހަރެވެ.

މިއާ އެކު ނިއުކްލިއަރ ހަތިޔާރު ގެންގުޅޭ ދެ އަވައްޓެރިންގެ މެދުގައި ވާދަވެރި ޑްރޯން ރޭހެއް މިހާރު މިވަނީ ފެށިފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

ރޮއިޓާސް އިން ބުނާގޮތުގައި ނިއު ދިއްލީން 20 ބިލިއަން އިންޑިއަން ރުޕީސް (234 މިލިއަން ޑޮލަރު) ގެ ޑްރޯން ޕްރޮގްރާމެއް ތިން އަހަރުގެ މުއްދަތައް ތަޢާރަފު ކުރާނެއެވެ. މި ޕްރޮގްރާމުގެ ދަށުން ޑްރޯން އާއި އޭގެ ބައިތަކާއި، ސޮފްޓްވެއަރ، ކައުންޓަރ ޑްރޯން ސިސްޓަމްތައް އުފެއްދުމަށް އެހީތެރިވެ ދިނުން ހިމެނޭނެ ކަމަށް ނަން ހާމަކުރަން ބޭނުންނުވާ ސަރުކާރު ދެ މަސްދަރަކާއި އިންޑަސްޓްރީ މަސްދަރަކުން ރޮއިޓާސް އަށް މަޢުލޫމާތު ދީފައިވެއެވެ.

މި ޕްރޮގްރާމުގެ ތަފްޞީލުތައް ކުރިން ހާމަކޮށްފައެއް ނުވެއެވެ. އަދި 2021 ގައި ނިއު ދިއްލީން ތަޢާރަފުކުރި 1.2 ބިލިއަން ރުޕީސްގެ ޕްރޮޑަކްޝަން-ލިންކްޑް އިންސެންޓިވް ސްކީމަށްވުރެ މި ޕްރޮގްރާމަށް ކަނޑައަޅާފައިވާ ރައުސުލްމާލް މާ ބޮޑެވެ. ކުރީގެ ސްކީމަކީ ރައުސުމާލު ހޯދުމަށާއި ދިރާސާތަކުގައި އިންވެސްޓް ކުރުމަށް ދަތިވެފައިވާ ޑްރޯން ސްޓާޓްއަޕްތައް ކުރިއެރުވުމަށް ތަޢާރަފުކުރި ސްކީމެކެވެ.

އިންޑިއާ އިން މައިގަނޑު ގޮތެއްގައި މީގެ ކުރިން އަސްކަރީ ގްރޭޑްގެ ޑްރޯން އެތެރެ ކުރަނީ އެ ޤައުމުގެ ތިންވަނަ އަށް އެންމެ ބޮޑު ހަތިޔާރު ސަޕްލައިކުރާ ފަރާތް ކަމުގައިވާ އިސްރާއީލުންނެވެ. ނަމަވެސް ފަހަކަށް އައިސް އިންޑިއާގެ އަލަށް އުފެދެމުންދާ ޑްރޯން އިންޑަސްޓްރީން ވަނީ އަގުހެޔޮ އުފެއްދުންތައް ތަޢާރަފުކޮށް، މިލިޓަރީ އަށް ވެސް އެ އުފެއްދުންތައް ފޯރުކޮށްދޭން ފަށާފައެވެ. އެހެން ނަމަވެސް މޯޓަރު، ސެންސަރު އަދި އިމޭޖިންގ ސިސްޓަމްތައް ފަދަ ވަކި ބައިތަކަށް އަދިވެސް ޗައިނާއަށް ބަރޯސާވާން ޖެހެއެވެ.

އިންސެންޓިވްތައް މެދުވެރިކޮށް، އިންޑިއާއިން މަސައްކަތްކުރަނީ 2028 ވަނަ އަހަރުގެ ބަޖެޓު އަހަރު (އޭޕްރީލް-މާރޗް) ނިމޭއިރު މުހިންމު ޑްރޯން ބައިތަކުގެ މަދުވެގެން 40 އިންސައްތަ އެ ޤައުމުގައި އުފެއްދުމަށެވެ.

"(އިންޑިއާ-ޕާކިސްތާން) ހަނގުރާމައިގައި ދެ ފަރާތުން ވެސް ޑްރޯންތަކާއި، ލޮއިޓަރިންގ މިއުނިޝަންސް އަދި ކަމިކާޒޭ ޑްރޯންތައް ވަރަށް ގިނައިން ބިން ބޭނުންކުރިއެވެ،" އިންޑިއާގެ ޑިފެންސް ސެކްރެޓަރީ ރާޖޭޝް ކުމާރު ސިންގ ދާދި ފަހުން ވިދާޅުވިއެވެ. "އަޅުގަނޑުމެންނަށް ލިބުނު ފިލާވަޅަކީ އަޅުގަނޑުމެން އެތެރޭގައި އުފެއްދުމުގެ މަސައްކަތްތައް އިތުރަށް ފުޅާކުރަން ޖެހޭކަމެވެ. އެއީ ބޮޑު، ހަރުދަނާ މިލިޓަރީ ޑްރޯން އުފެއްދުމުގެ އިކޯސިސްޓަމެއް ބިނާ ކުރުމަށްޓަކައެވެ."

އިންޑިއާ އިން އާންމު ގޮތެއްގައި ޑްރޯން އިމްޕޯޓްކުރުން މަނާކޮށްފައިވީ ނަމަވެސް، އޭގެ ބައިތައް އިމްޕޯޓްކުރުން މަނާކޮށްފައެއް ނުވެއެވެ. އަދި ސަރުކާރުން ވަނީ ޤައުމުގެ އެތެރެއިން ބައިތައް ހޯދައިގެން ޑްރޯން އުފެއްދުންތެރިންނަށް އިތުރު އިންސެންޓިވްތަކެއް ދިނުމަށް ރާވާފައެވެ.

ސަރުކާރުން ހިންގާ ސްމޯލް އިންޑަސްޓްރީޒް ޑިވެލޮޕްމަންޓް ބޭންކް އޮފް އިންޑިއާ އިން ވެސް މި އިންސެންޓިވް ޕްރޮގްރާމަށް އެހީތެރިވެދޭނެއެވެ. އެގޮތުން ކުންފުނިތަކަށް ވަރކިންގ ކެޕިޓަލް، ރިސަރޗް އެންޑް ޑިވެލޮޕްމަންޓް ބޭނުންތަކަށް އަގުހެޔޮ ލޯނުތައް ފޯރުކޮށްދޭނެއެވެ.

މިހާރު އިންޑިއާގައި 600 އަށްވުރެ ގިނަ ޑްރޯން އުފެއްދުމާއި އެއާ ގުޅުންހުރި ކުންފުނިތައް ހުރި ކަމަށް އަންދާޒާކުރެވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕާކްގެ މައްޗަށް ދައުވާކޮށްދިނުމަށް ގޮވާލާ ދެކުނުކޮރެާގައި މުޒާހަރާ ކުރަނީ

ޕާކްގެ މައްޗަށް ދައުވާކޮށްދިނުމަށް ގޮވާލާ ދެކުނުކޮރެާގައި މުޒާހަރާ ކުރަނީ

12 މާރިޗު 2017
އިންޑިއާގެ ސްޓޭޓް ތަކުގެ އިންތިޚާބުގައި ބީޖޭޕީ ކުރީގައި

އިންޑިއާގެ ސްޓޭޓް ތަކުގެ އިންތިޚާބުގައި ބީޖޭޕީ ކުރީގައި

11 މާރިޗު 2017
ދެހާސްފަހެއްގައި އިންޑިއާގައި ދެވުނު ބޮން ގޮއްވުމުގެ ހާދިސާތަކުގައި ހައްޔަރު ކުރެވުނު ތިން މީހުން ދޫކޮށްލައިފި

ދެހާސްފަހެއްގައި އިންޑިއާގައި ދެވުނު ބޮން ގޮއްވުމުގެ ހާދިސާތަކުގައި ހައްޔަރު ކުރެވުނު ތިން މީހުން ދޫކޮށްލައިފި

18 ފެބުރުއަރީ 2017
އެއްފަހަރާ އެންމެ ގިނަ ސެޓްލައިޓް ލޯންޗްކުރުމުގެ ރެކޯޑް އިންޑިއާ އަށް

އެއްފަހަރާ އެންމެ ގިނަ ސެޓްލައިޓް ލޯންޗްކުރުމުގެ ރެކޯޑް އިންޑިއާ އަށް

15 ފެބުރުއަރީ 2017
ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް

ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް

06 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

15 މެއި
ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު
20251 އަހަރު ކުރިން
ރާއްޖެ

ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު
20233 އަހަރު ކުރިން
މީހުން

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް
20224 އަހަރު ކުރިން
ރާއްޖެ

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ

ވަޅޯމަސް ފްރައިޑް ރައިސް
20197 އަހަރު ކުރިން
ލައިފް ސްޓައިލް

ވަޅޯމަސް ފްރައިޑް ރައިސް

ތަރާވީޙް ނަމާދު
20188 އަހަރު ކުރިން
އިސްލާމް

ތަރާވީޙް ނަމާދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު