Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާގައި ވެކްސިން ޖެހުން

ބައިޑެންގެ ސަރުކާރުން 100 މިލިޔަން ޑޯޒް ވެކްސިން ޖެހުމުގެ އަމާޒު ހާސިލުކޮށްފި

100 މިލިޔަން ޑޯޒް ޖަހާފައިވަނީ 85 ދުވަހުގެ ތެރޭގައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 20 މާރިޗު 2021 | ހޮނިހިރު 17:29
އެމެރިކާ - 85 ދުވަސްތެރޭގައި 100 މިލިޔަން ޑޯޒް ވަނީ ދީފައި

އެމެރިކާ - 85 ދުވަސްތެރޭގައި 100 މިލިޔަން ޑޯޒް ވަނީ ދީފައި

އެމެރިކާގެ އައު ރައީސް ޖޯ ބައިޑެންގެ ސަރުކާރުން ކޮވިޑް-19 ގެ ވެކްސިން ޖެހުމަށް އަމާޒުހިފި މިންވަރަކަށް ވެކްސިން ޖަހައިފިއެވެ.

ވައިޓް ހައުސްއިން އާންމުކޮށްފައިވާ މައުލޫމާތުތައް ދައްކާ ގޮތުން، ބައިޑެންގެ ސަރުކާރުން އިސްނަގައިގެން ވެކްސިން ޖެހުމުގެ މަސައްކަތް ފަށާ ހުކުރު ދުވަހު ވަނީ 100 މިލިޔަން ޑޯޒުގެ ވެކްސިން ޖަހާފައެވެ. މިކަން އިއުލާންކުރައްވަމުން ވައިޓް ހައުސްގެ ކޮރޯނާވައިރަސް ރެސްޕޯންސް ކޯޑިނޭޓަރ ޖެފް ޒިއެންޓްސް ވިދާޅުވީ 100 މިލިޔަން ޑޯޒް ޖަހާފައިވަނީ 58 ދުވަހުން ކަމަށެވެ. އަދި މިއީ އަމާޒަށްވުރެ އަވަހަށް ކުރެވުނު މަސައްކަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ހުކުރު ދުވަހު ރަޔާން ހެލްތު ސެންޓަރުގައި ވަރޗުއަލްކޮށް ބޭއްވި ބައްދަލުވުމުގައި ޖެފް ވިދާޅުވީ މިކަމުން ދޭހަވަނީ ޕެންޑަމިކް ނިމުމަކަށް ގެނައުމަށްޓަކައި ސަރުކާރުން ކުރަމުންދާ ހަރުދަނާ މަސައްކަތްތައް ކަމަށެވެ. އަދި އެމެރިކާގެ ރެސްކިއު ޕްލޭނާ އެއްގޮތަށް މަސައްކަތް ކުރެވިއްޖެނަމަ މިކަމުން އަރައިގަނެވިދާނެ ކަމަށް ބުނެފައިވެއެވެ.

އެމެރިކާގެ ސީޑީސީން ނެރިފައިވާ ޑާޓާތައް ދައްކާގޮތުން، 115 މިލިޔަނަށްވުރެ ގިނަ ވެކްސިން ޑޯޒް މިހާތަނަށް ވަނީ ޖަހާފައެވެ. އަދި މީގެ ތެރެއިން 75 މިލިޔަނަށްވުރެ ގިނަ މީހުން ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައެވެ.

މިިދިޔަ މަހު ސީޑީސީން ނެރުނު ރިޕޯޓެއްގައި ބުނެފައިަވަނީ އެމެރިކާގައި ދުވާލެއްގެ މައްޗަށް ކޮވިޑް ޖެހޭ މީހުންގެ އަދަދު ދަށްވެފައިވީ ނަމަވެސް، އަދި ހާލަތު ރަނގަޅުނުވާ ކަމަށާއި، އެއީ ހަމައެކަނި މި ވަގުތަށް ދަށަށްގޮސްފައިވާ އަދަދުތަކަކަށްވުން އެކަށީގެންވާ ކަމަށެވެ.

ސީޑީސީގެ ހެޑް ވިދާޅުވީ އެހެންކަމުން ވައިރަހުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތަކަށް އަދިވެސް ސަމާލުކަން ދޭންޖެހޭނެ ކަމަށެވެ. އެގޮތުން ސީޑީސީގެ ހެޑް ޑރ. ރިޝަލް ވެލަންސްކީ ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ވިދާޅުވީ ފާއިތުވި ހަފުތާތަކާ އަޅާކިޔާއިރު، މިދިޔަ ތިން ދުވަހު ކޭސްތައް ފެންނަމިންވަރު އިތުރުވެފައިވާ ކަމަށެވެ. އަދި ވައިރަސް ޖެހިގެން ހޮސްޕިޓަލުތަކުގައި އެޑްމިޓްކުރާ މީހުންނާއި މަރުވަމުންދާ މީހުންގެ ރޭޓް ދަށަށްދަނީ މާ ބޮޑުތަނުން ނޫންކަމަށް ރިޝަލް ވިދާޅުވިއެވެ.

ހާލަތު އަދިވެސް ރަނގަޅުނޫން ކަމަށް ވިދާޅުވެ ރިޝަލް ވިދާޅުވީ މިއީ ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދޭންވީ ވަގުތު ނޫން ކަމަށެވެ. އަދި ހޮސްޕިޓަލްތަކުގައި އެޑްމިޓްކުރާ މީހުންގެ އަދަދާއި، މަރުވަމުންދާ މީހުންގެ އަދަދުތައް އަދިވެސް ހުރީ ވަރަށް މަތީގައި ކަމަށާއި، އެހެންކަމުން ފިޔަވަޅުތަކަށް ލުއިދޭންވާނީ ވަރަށް ވިސްނާފައިކަމަށް ރިޝަލް ވިދާޅުވިއެވެ.

އެމެރިކާ

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި

13 ޑިސެމްބަރު 2025
އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި
11 ޑިސެމްބަރު 2025

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ
07 ޑިސެމްބަރު 2025

އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

07 ޑިސެމްބަރު 2025
އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް
03 ޑިސެމްބަރު 2025

އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ

03 ޑިސެމްބަރު 2025
އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ
03 ޑިސެމްބަރު 2025

ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި

03 ޑިސެމްބަރު 2025
ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު